ސައްހަ ނޫން ވޯކް ވިސާތަކެއް އެތެރެ ކުރަނިކޮށް ބިދޭސީއަކު ހިފަހައްޓައިފި

ނަކަލު ކޮށްފައިވާ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.


އެކަމަކު އޭނާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.

އިމިގްރޭޝަންގެ ޓްވީޓް

ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއް އެތެރެ ކުރަން އުޅުނު ބިދޭސީއަކު ހިފެހެއްޓިއިރު، ޝަހްސު އޮޅުވާލައިގެން އެކި ނަން ނަމުގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ވެސް އިމިގްރޭޝަނުން ދާދިފަހުން ހިފެހެއްޓި އެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މަތީ ފެންވަރުގެ ޓާސްކް ފޯހެއް އުފައްދައި، ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.