ދިރާގު ރޯޑް ރޭހުން 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ދިރާގުގެ މި އަހަރުގެ ރޯޑް ރޭހުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


މިދިޔަ މަހުގެ 20 ގައި ހުޅުމާލޭގައި ބޭއްވި ރޯޑް ރޭހުގައި ބައިވެރިވި 11 ޖަމިއްޔާ އަކަށް އެ ފައިސާ ވަނީ އިއްޔެ ހަދިޔާކޮށްފަ އެވެ. މި ފަހަރުގެ ރޯޑް ރޭހުގައި 4،000 ދުވުންތެރިން ބައިވެރިވި އެވެ.

ރޭހުގެ ރަޖިސްޓްރޭޝަނަށް ކޮންމެ ބައިވެރިއަކު ދެއްކާ 100ރ. އާއި ޑޮނޭޝަންގެ ގޮތުގައި އިތުރަށް ދިން ފައިސާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ދިނުމަށް ދިރާގުން އޮތީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ރޯޑް ރޭހުގައި ލިބުނު ފައިސާގެ ތެރެއިން ދިރާގުން ވަނީ 10 ޖަމިއްޔާ އަކަށް 600،000ރ. ހަދިޔާކޮށްފަ އެވެ.

ދިރާގުގެގެ މި އަހަރުގެ ރޯޑް ރޭހުން ލިބުނު ފައިސާ ޖަމިއްޔާތަކަށް ދިނުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން.

މި އަހަރުގެ ރޭހުގެ ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ މި އަހަރުގެ ރޭހުގައި ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުން ދެ ވަގުތެއްގައި އޮތެވެ.