ޚަބަރު / ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް މިރޭ ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ. މިއީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރު.---ފޮޓޯ: ހެލްތު މިނިސްޓްރީ

މިއީ، ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލުން 74 ބަލި މީހުން މާލެ ފޮނުވަން ޖެހުނެވެ. މީގެތެރެއިން ގިނަ މީހުން ފޮނުވާލަން ޖެހުނީ ޗާޓަރު ނުވަތަ ޝެޑިއުލްޑް ފްލައިޓެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ގައި މިރޭ އަލަށް ތައާރަފު ކުރި ޚިދުމަތްތައް ހެލްތު މިނިސްޓަރު އަމީން ބައްލަވައިލައްވަނީ.

އެ މިނިސްޓްރީން ބުނީ ފަރުވާ އަށް އެހެން ހޮސްޕިޓަލަކަށް ޗާޓަރު ފްލައިޓެއްގައި މިގޮތަށް ފޮނުވާލާ ބަލި މީހަކަށް 125،600 ރުފިޔާ ޚަރަދުވާ ކަމަށެވެ. ޝެޑިއުލްޑް ފްލައިޓެއްގައި ފޮނުވާލަން 14،966 ރުފިޔާ ހޭދަވެ އެވެ.

ފްލައިޓު ދަތުރުގެ އިތުރުން ބަލިމީހާ އާއި އާއިލާގެ އަތުން އެތައް ޚަރަދުތަކެއް، ހުރުމާއި ކެއުން ފަދަ ކަންކަމަށް ކުރަން ޖެހެ އެވެ. އެހެންކަމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް ލިބުމަކީ ރެފަރަލް ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

އެ މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް 64،000 މީހުންނަށް ލިބޭނެ ކަމަށެވެ.

ހެލްތުން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދުވާލަކު އެވްރެޖްކޮށް 305 ބަލި މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. އަދި ހޮނިހިރު ދުވަހު އެ އަދަދު 650 އަށް އަރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް މިރޭ ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު އޮޅުން ފިލުއްވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުންނާއި 78 ނަރުހުންގެ އިތުރުން 16 މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ. އުތުރުގައި ގާއިމްކުރާ އެފަދަ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ.

41 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮށިސިޓީ

13 October 2019

މިސަރުކާރަ އް ކަމެ އްކުރަން ނޭނގޭކަން އަހަރުވާ އިރު ޓުވެރިޒަމާ ބެހޭ 5 އަހަރުގެ މާސްޓަރޕުލޭންގަ ހދ އަތޮޅުގެ ރަށެ އް ބީލަމަ އް ލެވިފަނުވާކަން ދަތުރުކުރެވޭނެ ފަސޭހަ ނިޒާމު ޔާމިން ވަނީ ގާ އިމް ކޮ އްދެ އްވާފަ ގަ އުމި އްޔަތުގެ ކުނޑިފަށެ އް ނެތް ބަ އެއއ އް މިސަރުކާރަކީ

The name is already taken The name is available. Register?

ބަލިމީހާ

13 October 2019

ކިތަންމެ މޮޅު އެއްޗިއްސެއް ގެނެޔަސްފެންވަރުގެ ޑޮކްޓަރުން ނެތިސް ކީއްކުރާހާ އެއްޗިއްސެއް

The name is already taken The name is available. Register?

ޒަފަރު

13 October 2019

ބްރިޖްގެ ރިބަން ޔާމީން ކެނޑިޔަސް އެއީ މާކުރިން ޕްލޭންކުރެވި ސޮއިކުރެވި ނިންމާފަ އޮތް ކަމެއް. ފޯނުގެ ފައިސާ ދައްކަނީ މިސަރުކާރުން

The name is already taken The name is available. Register?

ާައާން

12 October 2019

ހެލްތު މިނިސްތޓަރ ރިބަންކަޑާލީމަ ވާނެތަ މިސަރުކާރުން ކޮއްދިން ކަމަކަށް.ތިޔާމީންގެ ބުރަނމަސަތްކަތޭ.އޯކޭދޯ މިވަރު ނުކުރާކަންތަކުގެ އެވޯޑް ޙޯދަން މިވަރެައް ނަތް.

The name is already taken The name is available. Register?

މަންޑޭލާ

12 October 2019

އޮޅުވާލަން ނޫޅޭ މީ ޔާމިންގެ ދައުރުގާ ކުރަމުންދިޔަކަމެއް. ށުކުރިއްޔާ ރައިސް ޔާމިން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

12 October 2019

ތިފެންނަނީ ޔާމިން ކޮއްފަހުރި މަސައްކަތުގެ ނަތީޖާ.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

12 October 2019

ޔަގީން ތިވާނީ ރައިސްޔާމީންގެ ކުރެއްވި މަސައްކަތްޕުޅުން ސިއްޙީ ދާއިރާއަށް އިތުރުވެގެންދިއަ ހިދްމަތުގެ ސިލްސިލާބޮޅުތަކަކުން އިތުރުވި ބޮޅެއްކަން ޝުކުރިއްޔާރައިސްޔާމީން

The name is already taken The name is available. Register?

ދޮން ކުޑޭ

12 October 2019

ހެލްތު މިނިސްޓަރ ނާޠިމް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަކަށް ޓާރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި، އެކަންކުރަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށެވެ. މިގޮތުން ހޮސްޕިޓަލުގައި ބަހައްޓާ އެމް.އާރު.އައި މެޝިނާއި ސީ.ޓީ.ސީ މެޝިން ބެހެއްޓުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ނިމުކަމާއި ގާތްވެފައިވާކަމަށް މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ. 18 ޖުލައި 2018 ttps://psmnews.mv/36437

The name is already taken The name is available. Register?

ހޮޓްކިންގ

12 October 2019

ތީ މިސަރުކާރުން ކޮށްދިން ކަމެއްނޫން. ކުޅުދުައްފުށީ މީހުންނަށްވެސް އެނގޭނެ ޔާމީނުގެ ސަރުކާރުން ގެނެސްފައި ހުރި އެއްޗެއްކަމާ އިންސްޓޯލް ކުރުމުގެ ކުރިން ވެރިކަން ބަދަލުވީކަން. ދެން ރިބަން ކަނޑާފައި މެޑެލްޖަހަން ދައްކާވާހަކަ ގަބޫލު ކުރާނީ ވާނުވާ ނޭނގޭމީހުން. އަހަރެމެންނަށް އޮޅުވާނުލެވޭނެ.

The name is already taken The name is available. Register?

767676

12 October 2019

މި ތަނަށް ރިބަން ކަނޑަން މާލެ އިން ދިޔަ ސިޔާސީ ވަފުދަށް ދިޔަ ޚަރަދުން ހދ. ގެ ދެން ހުރި އަތޮޅުތަކުގެ ހެލްތު ކަންކަން ހައްލު ކުރެވޭނެ. ބައްޔެއްނު. ކެމްޕޭން ބޭކާރު ކުކުޅު ކާ ދަތުރު ކުރަން ރައްޔިތުްނގެ ފައިސާއިން ދިއުްނ ހުއްޓުވާ! އަވަރ ގުރާނަ ފަތި އަނގައިގައި އެބައެޮތް. ނުކިޔަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!