ޓްރީޓޮޕާ ގުޅިގެން ދިއްގަރުގައި ހެލްތު ކޭމްޕެއް ބާއްވަނީ

ޓްރީޓޮޕް ހޮސްޕިޓަލާއި މ. ދިއްގަރު ހެލްތު ސެންޓަރު ގުޅިގެން އެ ރަށުގައި، އަންނަ ބުރާސްފަތި ދުވަހު ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.


ދިއްގަރުގައި ކުރިއަށް ގެންދާ މި ހެލްތު ކޭމްޕުގައި މޯލްޑިވްސް ސޮސައިޓީ އޮފް ޑާމަޓޮލޮޖީ (އެމްއެސްޑީ) ވެސް ބައިވެރިވެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑޮކްޓަރު ފަރްޒީން ނާސިރާއި އެމްއެސްޑީގެ ޑޮކްޓަރު ހަނާ ސޯލިހު މި ކޭމްޕުގައި ބައިވެރިވެ ވަޑައިގަންނަވާނާ އެވެ. އެ ދެ ޑޮކްޓަރުންނަށް ދައްކަން ބޭނުން މީހުން ދިއްގަރު ހެލްތު ސެންޓަރުގައި ނަން ނޯޓުކުރަން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ. ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ މާދަމާ މެންދުރު 12:00 ގެ ނިޔަލަށެވެ.

މި ކޭމްޕުގެ ހިދުމަތް ދެނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެނެވެ. އެއީ ހެނދުނު 10:00 އިން މެންދުރު 1:00 އަށް އަދި މެންދުރު ފަހު 1:30 އިން 4:00 އަށެވެ. އަދި ހަވީރު 5:00 އާއި ރޭގަނޑު 8:00 ގައި ވެސް ޑޮކްޓަރުން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

މި ހެލްތު ކޭމްޕުގައި އާސަންދައިގެ ހިދުމަތް ލިބޭނެ އެވެ.