ކޮމިޓީގެ ބައްދަލުވުމެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަތް މައްޗަށް ހިއްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވި މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން މިއަދު ބޭރުކޮށްފި އެވެ.
މިއީ އާ މަޖިލީހުގައި، އެމްޑީޕީގެ މެމްބަރެއްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ނުކުތުމަށް އެންގި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕުކަން ކުރައްވާ ރޮޒެއިނާ ނިޒާމީ މައްސަލައެއް ނަންގަވަން މަސައްކަތް ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ގެންދެވި ދަނޑިވަޅެއްގަ އެވެ. އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ފުރުސަތު ރޮޒެއިނާ އަށް ދެއްވާފައެއް ނުވެ އެވެ.
އެންމެ ފަހުން، ރޮޒެއިނާ ވަނީ ކޮޅަށް ހުންނަވައިގެން އަޑުގަދަ ކުރައްވައިފަ އެވެ. އަދި ނިޒާމީ މައްސަލަ ނުދެއްވައިފި ނަމަ، ގޮނޑީގައި އިށީނދެވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރޮޒެއިނާގެ ނަން އިއްވީ މަޖިލިހުގެ ގަވައިދަށް ނަސޭހަތްތެރިކޮށް ހިތުމަށް ދެ ފަހަރެއްގެ މަތިން ނަޝީދު ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަން އިއްވަން ޖެހޭނީ ތިން މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ. އެންމެ ފުރަތަމަ ނަސޭހަތްދޭން ޖެހޭނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އެގޮތަށް ކިޔަމަން ނުވެއްޖެ ނަމަ، ނަން އިއްވަން ޖެހިދާނެ ކަމަށް ބުނެ، އިންޒާރު ދޭން ޖެހެ އެވެ. ނަން އިއްވައި، މަޖިލިސް ދޫކޮށް ނުކުންނަން އަންގާނީ އޭގެ ފަހުންނެވެ.
ނަޝީދު ވިދާޅުވީ މަޖިލިހުގެ ނިޒާމު ގެއްލުނީމަ، އެމަނިކުފާނަށް ވެސް ސާފުވެވަޑައިގަންނަވާނެ ކަމަށެވެ.
"އެމްޑީޕީގެ ލީޑަރު ވިޔަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ވިޔަސް، އެމްޑީއޭގެ ލީޑަރު ވިޔަސް، ކޮންގްރެސްގެ ލީޑަރު ވިޔަސް އަޅުގަނޑުމެން ސިޔާސީ ޕާޓީތަކަށް އިހުތިރާމް ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަން ވާނީ ތަރައްގީވެފައިވާ ގައުމުތަކުގައި މަޖިލިސް ހިނގާ ގޮތަށެވެ. ސަރުކާރުން ބަޖެޓު ހުށަހެޅީމަ، އެއަށް ވާދަވެރިން ރައްދުދޭން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާނީ މި މަޖިލިސް ވެސް އަދި އަޅުގަނޑު ޝާމިލްވާ އެހެން ހުރިހާ ކަމެއް ވެސް މި ދެންނެވި ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭތޯ،" ނަޝީދު ވިދާޅުވި އެވެ.
މީގެކުރިން އިދިކޮޅު ގިނަ މެންބަރުންތަކެއް ނަން އިއްވައި ތަޅުމުން ބޭރަށް ނެރެފައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކަށިކެޔޮ
16 November 2019
ނަށީދު ބޭނުން ވަނީ ރައީސް އިބޫ ސޯލިހް ގެ ބަލިކަން ދައްކަން. އަހްރެން ވޯޓު ދިނީ އިބޫ އަށް. ނަށީދުގެ ވަނީ ސިޔާސީ ގޮތުން އިތުބާރު ގެއްލިފައި.
އަޒާން
15 November 2019
މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު އިބޫ އަށް ފުރައްސާރަ ކުރަން ފެށުމުން އެ މެމްބަރަކަށް ނަޝީދު ހިތްވަރު ދޭކަން ވަރަށް ސާފު. އަތުގެ އިޝާރާތުން ހިތްވަތު ދޭކަން ގިނަ މެމްބަރުން ފާހަގަ ކުރޭ.
ެލޯލް
14 November 2019
ކިތަންމެ ފޮރުވަންއުޅުނަސް ހިފޭއްޓޭނީ ވަކި ވަރަކަށް! މިހާރު ތިއޮތީ، ކުރިން ތުންތުންމަތިންކީ، މަޖިލީހުގައި އޮންނަނީ އެމްޑީޕީގެ އަންނި ފެކްޝަންއާ އިބޫގެ ފެކްޝަންކަން ރައްޔިތުންނަށް ފަޅާ އަރާފައި! ތިދާ ރޭޓުންވިއްޔާ އަދި ތިޔައެތި ފަޅައިގެން ދާނެ ތޯއްޗެއް! އެދުވަހަކުން ހާދަ ފޯރި ހުންނާތާއެވެ!
ޢާތިފާ
14 November 2019
ރައިސް ނަޝީދު މިހާރު ބޭނުންވަނީ ވީހާވެސް ގިނަބައެއް ލައްވާ ސަރުކާރަށާ ރައިސް އިބޫ އަށް އެއްޗެހި ކިއުއްވަން. ޢެހެންވީމަ އޭނަ ރޮޒައިނާ މެންނަކަށް ފުރުސަތެއް ނުދޭނެ. ޖާބިރުމެން ޝިޔާމް މެން މިހާރު މާ މުހިއްމު.
ގޫޝް
14 November 2019
މަސީހު ނަންވާނީ، ކޮބާ ފެނޭތަ؟
ނެތީމޭ
14 November 2019
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ...
ދިޔާ
14 November 2019
އަންނިގެ ޑުރާމާ އާއި އަންނިގެ ޕޮލިޓިކުސް ދިވެހިންގެ ގިނަބަޔަކަށް އދިވެސް ނޭގޭނެ. ނިކަން ބައްލަވާ މަޖިލީސް ރައީސްކަން ހޯދަވަން އެމްޑީޕީ ތެރޭގަ ކުޅުއްވި ޑުރާމާ. ވިދާޅުވީ ތިމަނަ ނޫޅެމޭ މަޖިލީސް ރައީސްކަން ބޭނުން ވެގެނެއް. ތާއީދު ކުރަނީ އަސްލަމަށޭ. ދެން އެމްޑީޕީ މެމްބަރުންގެ ތެރޭގައި ދެބޯގެރިދުއްވައި ، އަނބުރާލި ގޭސްގަނޑުން ދާދި ކުޑަހިނދުކޮޅެއްގެތެރޭ މަޖިލީސް ރައީސްކަން ހޯއްދަވައި ތާރީޚީ ރިކޯޑު މުގުރާލައްވައިފި.
ކޮރަލް
14 November 2019
ނުލަފާކަން ދައްކަަލީ އެވެ.
ޠައިލް
14 November 2019
ސަރުކާރު ދިފާއު ކުރަން މަސައްކަތް ކުރީ މަ ބޭރު ކޮށްލީ.
އާދަމް ބާއީ
14 November 2019
ޕުރިންސިޕަލް އޮބި.