ބަނގުރާ ބޮއެ ޕާޓީކުރި ކަމުގެ ތުހުމަތަށް 12 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ހޮޓަލެއްގައި ބަނގުރާ ބޮއެ ޕާޓީކުރަމުން ދިޔަ މައްސަލައެއްގައި 12 މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މި ތުހުމަތަށް ހައްޔަރުކުރީ 11 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. ހުޅުމާލޭގެ ފުލުހުންނާއި އެސްއޯ ފުލުހުން އެ އޮޕަރޭޝަން ހިންގީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ހޮޓެލް 78 ގެ ރެސްޓޯރެންޓް ތެރެއިންނެވެ.

ބަނގުރާ ބޮއެ ޕާޓީ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.