އިމާރާތުން ވެއްޓުނު ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން

ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ޒަހަމްވި ކުޑަ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ހ. ވައިޖެހޭމަގުގައި ހުރި ގެއަކުން ވެއްޓުނީ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މި ހާދިސާ ހިނގީ އިއްޔެ މެންދުރު 2:30 ހާ އިރު އެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.