ގދ. ތިނަދޫގައި ހަދާފައިވާ ފްލެޓްތައް ހަވާލުކޮށްފި

ގދ. ތިނަދޫގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުންނާ އެތަންތަން ހަވާލުކޮށްފި އެވެ.


ހައުސިން މިނިސްޓްރީން ބުނީ ތިނަދޫގައި ހަދާފައިވާ 120 ފްލެޓް ހަވާލުކުރަން އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިިދިޔަ ހޯމަ ދުވަހު ދިޔަ ކަމަށެވެ. އަދި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމައިފަ ކަމަށް ވެސް އެތަނުން ބުންޏެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ރަށު ކައުންސިލްގަ އެވެ.

ލ. ފޮނަދޫގައި ހަދާފައިވާ ހައުސިން ޔުނިޓުތައް ވެސް ހައުސިން މިނިސްޓްރީން ވަނީ މި މަހު ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މި ސަރުކާރުން 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖައްސައި 600 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިި ވަނީ ހިމަނައިފަ އެވެ.