ޚަބަރު / ބިދޭސީން

ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މަންނާން މިއާ: އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވެ ގެސްޓު ހައުސްއެއް ހިންގި މައްސަލައިގައި.

މާލޭގައި ގަވާއިދާ ޚިލާފަށް ގެސްޓު ހައުސްއެއް ހިންގައި އެތަނުގައި 100 އަށް ވުރެން ގިނަ ބިދޭސީން ތޮއްޖައްސައިގެން ގެންގުޅުނު މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ މަންނާން މިއާ، 29، ހައްޔަރުކުރީ މިދިޔަ މަހުގެ 21 ގައި ފުލުހުންނާ އެކު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އިމިގްރޭޝަންގެ ގާނޫނާ ޚިލާފު އަމަލުތަކެއް އޭނާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ އެ އޮޕަރޭޝަންގެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ހިންގި ގެސްޓު ހައުސްއަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެކެވެ. އިމާރާތުގެ ބޮޑު ބައި ހަދާފައި ހުރީ ޓިނު ޖަހައިގެންނެވެ.

އޮޕަރޭޝަނާ ގުޅޭ ގޮތުން އިމިގްރޭޝަނުން އާއްމުކޮށްފައިވާ ވީޑިއޯ.

އެތަނުގެ ތެރޭގައި 90 އަކަފޫޓުގެ 11 ކޮޓަރި ހުރި އިރު، ހުރިހާ ތަނެއްގައި ވެސް ވަނީ ބިދޭސީން ނިދަން އަށިތައް ހަދައިފަ އެވެ. މިތަންތަން ހަދާފައި ހުރީ ދަގަނޑު ހޮޅި އާއި ލަކުޑި ބޭނުންކޮށްގެންނެވެ. އެތަނުގައި ސާފުތާހިރުކަން ކުޑަ އިރު، ވައިދައުރުވާ ގޮތެއް ވެސް ނެތެވެ. ފާޚާނާތަކުގެ ހާލަތު ދަށެވެ.

އިމިގްރޭޝަނުން މި އޮޕަރޭޝަންގައި އަތުލައިގަތީ އެންމެ މީހެކެވެ. މިފަދަ ގިނަ ގެސްޓު ހައުސްތައް ބިދޭސީން މާލޭގައި ހިންގަ އެވެ. ބައެއް ތަންތަނުގައި ބިދޭސީން ނިދަނީ، ދަންފަޅި ބަހައިގެންނެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި ގަވާއިދާ ޚިލާފަށް ހިންގި ގެސްޓް ހައުސްގައި ތިބި އެންމެން ގާނޫނީ އިމުގެ ތެރެއަށް ވަންނަން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.

29 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 25%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗސދޗފ

02 December 2019

ކޮބާ ގޭގެ ވެރިމީހާ؟ ކިހާ ވަރަކަށް ކުއްޔަށް ދިނީ؟

The name is already taken The name is available. Register?

ވަހީދު

02 December 2019

އެއޮތް މީހުން ގިނަ އިންޑިއާގައި ވެސް ބިދޭސް އުޅޭ ނޫޅޭގޮތް ދެނެގަނެވޭ.

The name is already taken The name is available. Register?

އައިޖޭ

02 December 2019

ތިޔަ ތަނުގަ 100 މީހުން ބޭތިއްބީ ގަދަކަމުންތަ؟ ތިޔަ ތަން ކުއްޔަސް ހިފައިގެން އުޅެނީ ހަމ ތިޔަ ބަންގްްލަދޭޝް މީހަ؟ ދިވެއްސެއްގެ އަތެއް ނެތް؟ ތިޔަ ތަނުގެ ވެރިފަރާތެއްވެސް އުޅޭނ ެދޯ

The name is already taken The name is available. Register?

އަހައްމަދޫ

02 December 2019

ތިކަހަލަ ކިތައް ތަން. އަޅާލާނޭ މުއައްސަސާއެއްނެތް. މިކަހަލަ އެންމެތަނެއްގެ ވާހަކަ ނޫހަށް އަރުވާލީމަ އެމައްސަލަ ހައްލުވީ.

The name is already taken The name is available. Register?

އަބްލީ

02 December 2019

މަންނާނު ކިޔާފިއްޔާ ނުވާނެ ރަނގަޅެއް.

The name is already taken The name is available. Register?

ހިއުމަންޓްރެފިކް

02 December 2019

ކަރަންކާ މަގު ކިލިސްފަރުގެޔާ ބުރަކި ގެޔާ ވައިޓްސްޓްރީމާ ސްނޯޑްރޮޕާ އަދިވެސް ބައެއް ގޭގޭގަ އެބަ އުޅޭ 1000 ވަރަކަށް މީހުން. މި ދައްކަނީ 10 ފޫޓު ފުޅާ 100 ފޫޓު ދިގު ކުޑަ މަގެއްގެ ވާހަކަ. މި މަގުން ހިނގާފަ ދާއިރު ތަންތަނުން ދުވާ ވަހުން އިނގޭ އެމީހުން އުޅޭ ހާލު.

The name is already taken The name is available. Register?

ސަހަރު

02 December 2019

ކުދިން ބަހައްޓާ ގޭގެވެސް މި ގޮތަށް ހިންގާ. ޖެންޑާ މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް

The name is already taken The name is available. Register?

ސިމްޕަލް

02 December 2019

ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ފާހަގަ ކުރާ މިންގަޑެއް ރާއްޖޭގައި އޮވޭބާ؟ ބައެއް ގައުމު ތަކުގައި ހުރޭ އަކަ ފޫޓުން ކަޑައަޅައި އެތަނެއްގައި އެންމެ ގިނައިން ނިދޭނެ މީހުންގެ އަދަދާއި، އެތަނުގައި ހުންނަން ޖެހޭ ފާޚާނާގެ އަދަދާއި، ވައި ދައުރުވާނެ ނިޒާމް ހުންނަން ޖެހޭނެ ގޮތް ކިޔައިދީފައި.

The name is already taken The name is available. Register?

ބަނާނާ

02 December 2019

މިކަހަލަ އެތައް ސަތޭކަ ތަ ނެއް ފާޅުގައި ހި ންގާކަ ން ނޭގެ ނީ އިމިގްރޭޝަ ން އާ މިކަ ން ބަލަ ން ޖެހޭމީހު ން ނަށް އެކަ ނި.

The name is already taken The name is available. Register?

ދޮންމަނިކެ

02 December 2019

ލަދުކޮބާ އަހަރެމެން ދިވެހީންގެ ގެރިބަކަރިހެން ގިއްކިޔާފަ މަސައްކަތްކޮށް މި ދިވެހި ބިން އާރާސްތު އެކޮށްދެނީ އެމީހުން ދިވެއްސަކު މިހާރު ނުހުންނާނެ ކުޑަމިނުން އެޅިގަލެއް އުފުއްލާލަން ކެރޭ ބާޒާރުކޮށްލަން ކެރޭ.. މިއީ ހަގީގަތް

The name is already taken The name is available. Register?

ނެކްސްޓް

02 December 2019

ގަވާއިދާ ހިލާފަށް އުޅެ ބަންގާޅީން ގިނަ ވީމަ ތިކަން ހައްލުވާނެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454