ދާންދޫއަށް މިއަދު ފަތިހު ވެހުނު ވާރޭގައި އެ ރަށުގައި ފެންބޮޑުވެފައި -- ފޮޓޯ: ފުލުހުން
ގއ. ދާންދޫ އަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި، 30 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.
ދާންދޫ ކައުންސިލް މެމްބަރު ޝަމްހީދު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ، ފަތިހު 4:30 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. ވާރޭ ވެހުމުން މީގެ ކުރިން ވެސް ފެންބޮޑުވާ ކަމަށާއި އެކަމަކު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން، ކުރިން ފެންބޮޑުވާ ވަރަށް ވުރެ ބޮޑަށް ފެން ހެދުނު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"ކަރަންޓު ސާމާނަށާއި ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވި،" ޝަމްހީދު ވިދާޅުވި އެވެ.
ވާރޭ ވެހުމުން އާންމުކޮށް ފެން ވަންނަނީ އެ ރަށުގައި ދެތިން ގެއަކަށް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް މިއަދު ތިން ސަރަހައްދެއްގައި ދެ ފޫޓަށް ފެން ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.
Raajje' ah kuramundhaa vissaaraigai rey fathihu GA.Dhaandhoogai fenboduve 10 geyakah fen vadhefaivey. Rashun fen hindhumah #DhaandhooPolice, council adhi rayyithun gulhigen Dhaandhoogai pump jahaigen fen hindhumaai adhi velibasthaa jehumuge masakkaiy dhanee kuramun. pic.twitter.com/R9Si2MecGV
— Maldives Police (@PoliceMv) December 15, 2019
ފުލުހުން މިއަދު ކުރި ޓްވީޓެއް
ފެންބޮޑުވުމުގެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.
ޝަމްހީދު ވިދާޅުވީ ދާންދޫގައި ތިބޭ ފުލުހުންނާއި އެ އަތޮޅު ވިލިނގިލި ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަށުގައި ފެންބޮޑުވާން ފެށީ އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގުމުގެ ފަހުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާންދޫއިން ފެންހިންދުމުގެ މަސައްކަތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ފުލުހުން
"އެކަން ކުރަނީ [ބިން ހިއްކަނީ] އެކަމުގެ ސަބަބުން ކުރާނެ ގެއްލުމަށް ވިސްނާފައެއް ނޫން. އެކަމާ މެދު ވިސްނާލުމަށް ފަހު، އެކަށީގެންވާ ފިޔަވަޅާ އެކު އެ މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޝަމްހީދު ވިދާޅުވި އެވެ.
ދާންދޫގައި 2050 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް އެންމެ ފުރަތަމަ ހިންގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފިލާވަޅު
16 December 2019
ސަރުކާރުަގ ފައިސާ އެބަހުރިކަމައް ވަނީ ޢާއްމު ފަރުދުން ތިޔކަންކަން ހައްލުކުރުމައް ޕްރޮޕޮޒަލް ހުށައެޅުމުން ބުނަނީ މިހެން. ހިތައް އަރާ ކީއްވެގެންބާ އޭ ތިޔަކަމާ ނޫޅޭނީ ތިޔަވަރުގެ އަނިޔާ ދެނީ ކީއްވެބާއޭ
ކައުންސިލް
16 December 2019
އެހެންވީމަ ދެން ބިން ނުހިއްކާ ފެން ހިއްކާ ގޮތަށް ބަޖެޓްގަ ޖަހާފަ އޮތް ބައި ދެން ބަދަލުކުރަންވީ،
ވިސާމު
16 December 2019
ލާމަރުކަޒީ ކޮށްލާފައި، ސަރުކާރުން ދެން ތި ކަމަކާ އަޅައެއް ނުލާނެ. ހަމައެކަނި މާލޭގެ ކަންކަން ކޮށްލަން ތިބޭނީ އެމީހުން.
ބަދަލުދޭސަރުކާރު
15 December 2019
ބަދަލުދޭސަރުކާރު