އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

ސ. ހިތަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.


ފުލުހުން މިރޭ ބުނީ ހިތަދޫގެ ގާޒީމަގުގައި ހިނގި އެކްސިޑެންޓުގައި 64 އަހަރުގެ ފިރިހެނެއްގެ ފައި ބިނދުމުގެ އިތުރުން ނިތްކުރި މަށައިގެން ގޮސްފައިވާ ކަމަށެވެ. އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓް ހިނގީ 64 އަހަރުގެ މީހާ އެ ރަށުގެ ގާޒީ މަގުގެ ދެކުނުން އުތުރަށް ސައިކަލް އަނބުރާލަން އުޅެނިކޮށް، އަނެއް ކޮޅުން ދުއްވާފައި ދިޔަ 25 އަހަރުގެ ޒުވާނެއްގެ ސައިކަލުގައި ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.