ޕްރިޒަންސް ކޮމިޝަނަރު މުނާޒް ޓުވީޓަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަނީ

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.


އޭނާ އަށް ޗިޓް ފޮނުވާފައި އޮތީ މެންދުރު 1 ޖަހާއިރަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށެވެ.

އެ ޗިޓުގައިވާ ގޮތުން އޭނާ ހާޒިރުކުރަނީ، ކުރެއްވި ޓުވީޓެއްގައި ކޯޓާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް ކުރެވިފައިވާތީ އެކަމުގެ ހަގީގަތް ބެލުމަށެވެ. މުނާޒް ފޯނަށް ޖަވާބު ނުދެއްވާތީ އެއީ ކޮން ޓުވީޓެއް ކަމެއް ސާފެއް ނުވެ އެވެ.

މުނާޒް ވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. ޕްރިޒަންސް ކޮމިޝަނަރަކަށް ވެވަޑައިގަތީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.