މާލޭގެ މަގެއްގައި މިއަދު ފެންބޮޑުވެފައި ވަނިކޮށް ކޮތަޅު ކޯޓެއް ލައިގެން މީހަކު (ވ) ސައިކަލު ދުއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކޮތަޅު ކޯޓު ލައިގެން ސިނަމާލެ ބްރިޖާއި ހައިވޭގައި ނުދުއްވަން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެފަދަ ކޯޓަކީ ފަސޭހައިން ވީދައިގެންދާ ކޯޓަކަށް ވާތީ، އެ ކޯޓު އަޅައިގެން ސައިކަލު ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެތަނުން ބުންޏެވެ. ކޯޓު ވީދައިގެން ދިއުމުން ކައިރިން ދާ އެހެން އުޅަނދުތަކުގައި އަޅައިގެން ގޮސް، އެކްސިޑެންޓް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
Samaalukamah:
— Maldives Police (@PoliceMv) December 19, 2019
Kothalhu coat laigen Bridge Highwaymathy dhuvvumaky rakkatheri kameh noon! Sababaky vayaa efadha rain coat thah veedhigen gos kairin anna vehicle thakugai elhi accident vumah magufahivaathy. Veema, huriha beyfulhunves rakkaatherikamuge fiyavalhu elhuvvumah
ފުލުހުން މިއަދު ކުރި ޓްވީޓެއް
އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެ ފަދަ ކޯޓު ބޭނުންނުކުރަން ފުލުހުން ވަނީ އެދިފަ އެވެ. މިފަދަ ކޯޓު ބޭނުން ނުކުރަން މީގެ ކުރިން ވެސް އެތަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެ އަށް ރެ އާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި އެކި ރަށްރަށަށް ވަނީ ގިނަ ގެއްލުންތަކެއް ވެފަ އެވެ. މާދަމާ ވިއްސާރަ އަލިވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އެކަމަކު ހޮނިހިރި ދުވަހުން ފެށިގެން އަނެއްކާ ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަލި
21 December 2019
ސްޕީޑް ބްރޭކް ތަކުގަ ދަވާދުލުން، ހައިވޭގެ ޑިވައިޑަރ ތަކުގައި ރިފެކްޓަރގަ ދަވާދުލުން، މިކަންކަމަށް ކީއްވެބާ އިލްތިމާސް ނުކުރަނީ. ޑިވައިޑަރ ތަކުގައި ދަވާދު ނެތީމަ ރޭގަނޑު ވަރަށް ނުރައްކާތެރި. ސަރުކާރުން ކުރަންޖެހޭ ކަންކަންވެސް ކޮށްފަ އިލްތިމާސްތައް ކުރަންވާނީ.
ރައްކާވެތިބޭ
21 December 2019
ވަރަށް ރަނގަޅު އިލްތިމާސެއް. މި ކަމުގެ ނުރައްކާ އެހެންމީހަކަށް ކުރުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް. ބޭނުން ކުރާ މީހާއަށް ގެއްލުމެއް ނުލިބުނަސް އޭގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބުމަކީ ގޯހެއް.
ރިޔާޒް ރަޝީދު
20 December 2019
ދޫ ހެދުން ލުން ވެސް މަނާކުރަންޖެހޭ
މަސަލަސް
19 December 2019
ކޮން އިލްތިމާސްއެއް. ގަވާއިދެއް ހަދަގެން ވިޔަސް މަޖުބޫރުނުކޮށް ތިކަމެއް ނުވާނެ.
އައްސަދު
19 December 2019
ތިދެން ބޮޑުވަރު. މަގު މަތީގެ ސަލާމަތަށްޓަކާ ތިނުން ކަމެއް ކުރަން ނޭގުނު. ދެން އޮތީ ސްޓިކާ ޖެހުން. ކީއްތަ ވާނީ މަގުމަތީގެ ނިޝާންތައް ފުރިހަމަކޮށް، ރޮނގުބުރި ދަމާ ހެދިއްޔާމު. ދުނިޔޭގެ މިނޫނީ ގައުމެއް ނޯންނާން މަގުމަތި މިހާ ނާމާންތަނެއް. ދުއްވާ މީހުން ކުއްވެރިކުރީމާ ތިމަންނާމެންގެ ޒިންމާ އަދާ ކުރެވޭ ހެން ހީވާ ކަހަލަ
ވެރޯނިކާ
19 December 2019
މާލޭ ހައިވޭގަ ދުއްވާމީހުން އެކަނިތަ މިމީހުނަށް ފެންނަނީ ދައުލަތުގެ ފައިސާއިން މުސާރަދީފަ ތިބޭއިރު. ރާއްޖޭގެ އެހެން ހައިވޭތަކުގަ ދުއްވާމީހުނަށްވެސް ތިއިލްތިމާސް ކުރަންނުޖެހޭތަ.
އަލިފު ޔާ
19 December 2019
މަނާކުރުން މާބޮޑަށްވެސް ލަސްވެއްޖެ. އެންމެންގެ ރައްކާތެރި ކަމަށްޓަކައި
މަސަލަސް
19 December 2019
އަދި ވެސް މަނާ ކުރީއެއް ނޫން. ހަމަ ހުއްދަ.