ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް އިއުލާންކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް މިރޭ އިއުލާންކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދާއިރާތައް ކަނޑައެޅީ ގުރުއަތު ލައިގެންނެވެ. މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރެ އެވެ.

އިލެކްޝަންސް އިން ބުނިގޮތުގައި ކުރިއާ ހިލާފަށް މި އަހަރު، ދާއިރާތަކުގެ ނަންތަކުގެ ގޮތުގައި ދީފައިވަނީ ނަމްބަރުތަކެކެވެ. އެގޮތުން ކޮންމެ އަވަށެއް ވެސް ގިނަ ދާއިރާތަކަކަށް ބަހާލައި، ނަމްބަރު ދީފައިވެ އެވެ.

މާލެއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް

- މާލެ ސިޓީ، 2، 4 (ހެންވޭރުގެ ބައެއް)

- މާލެ ސިޓީ، 9، (މައްޗަންގޮޅީގެ ބައެއް)

- މާލެ ސިޓީ 12، 14 (މާފަންނުގެ ބައެއް)

މާލެ ސިޓީ، 18 (ވިލިމާލެ)

އައްޑުއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް

- އައްޑޫ ސިޓީ، 3 (ހިތަދޫގެ ބައެއް)

- އައްޑޫ ސިޓީ، 6 (ފޭދޫގެ ބައެއް)

- އައްޑޫ ސިޓީ، 18، (ހުޅުދޫގެ ބައެއް)

- އައްޑޫ ސިޓީ، 12، ( މީދޫގެ ބައެއް)

ފުވައްމުލަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް

- ފުވައްމުލަކު ސިޓީ، 1، (ދަޑިމަގު، ދިގުވާނޑުގެ ބައެއް)

- ފުވައްމުލަކު ސިޓީ، 4، ( ފުނާޑުގެ ބައެއް)

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.