މިނިމަމް ވޭޖް ރިޕޯޓް ދިރާސާކުރައްވަން ރައީސް މޭޒުކޮޅު ކައިރީގައި --ފޮޓޯ/ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަސްމީ މޭޒުކޮޅު ކައިރީގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ ތަފާތެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭބޭފުޅުންގެ މިފަދަ ފޮޓޯތައް މަދު ފަހަރެއްގައި ނޫނީ އާންމުކޮށްފައި ނެތުމަކީ ފޮޓޯ ހާއްސަވި އެއް ސަބަބެވެ. ރައީސް އޮފީހުން މި ފޮޓޯ އިއްޔެ އާންމުކުރުމާ އެކު މައްސުނި ހިޔާލުތަކަކާ އެކު އެ ފޮޓޯ ވައިރަލްވި އެވެ.
ފޮޓޯގައި އެ މަނިކުފާނު ހުންނެވީ ލުއި ހިނިތުންވުމެއްގައި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ރިޕޯޓް ދިރާސާ ކުރައްވާށެވެ. އެއީ، މަސައްކަތްތެރިންގެ ކުރިމަގު އަދި ދިގު އިންތިޒާރަކާ ގުޅިފައިވާ މުހިއްމު ރިޕޯޓެކެވެ. އެންމެ ދަށް އުޖޫރައިގެ ގޮތުގައި ކަނޑައަޅަން އެމަނިކުފާނު ނިންމަވާނެ އަދަދު ރައްޔިތުންނަށް މުހިއްމެވެ.
7th January 2020.
— The President's Office (@presidencymv) January 8, 2020
President @ibusolih takes a moment to review the Minimum Wage report. pic.twitter.com/APNWK5OkTW
ހުދު ގަމީސްކޮޅުގައި ރީނދޫ ޓައީއެއް ތުރުކުރައްވައި އެއް އަތްޕުޅުން ރިޕޯޓްގައި ހިފަހައްޓަވައި ބައްލަވަން ހުންނެވީ އަނެއް އަތްޕުޅުން ދަތްދޮޅީގައި ހިފަހައްޓަވައިގެންނެވެ. އެމަނިކުފާނަށް ޚާއްސަ ގޮނޑިކޮޅު ކައިރީގައި ދިވެހި ދިދަ ހުއްޓެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ފޮޓޯ.
އާއްމުންނަށް، އެ މަނިކުފާނުގެ މޭޒުކޮޅު މި ފެނުނީ އަދި އަލަށެވެ. އަދި މިއީ މިފަދަ ފޮޓޯއެއް އާއްމު ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރާއްޖޭގެ އެހެން ރައީސުންގެ ވެސް މި މަންޒަރު އެހާ އާއްމެއް ނޫނެވެ. ރަސްމީ މޭޒުކޮޅުގައި ނަންގަވާފައިވާ ފޮޓޯއެއް ފެންނާނީ ވަރަށް މަދު ފަހަރަކު އެވެ.
ރައީސް އޮފީހުގެ ރަސްމީ، ސޯޝަލް މީޑިއާ އެކައުންޓްތަކުން އެ ފޮޓޯފުޅު އާއްމުކުރުމާ އެކު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ގުޅުވީ އެހެންވެ ކަމަށް ވެދާނެ އެވެ. މުހިއްމު ދުވަސްތައް ނުވަތަ ނިންމުންތަކާ ގުޅުވައި، އޮބާމާގެ އެފަދަ ފޮޓޯފުޅުތައް ވައިޓް ހައުސް އިން އާއްމުކޮށްފައިވެ އެވެ. ރަސްމީ މަސައްކަތްޕުޅުގެ އިތުރުން މުވައްޒަފުންނާ އެކު ހުސް ވަގުތު ހޭދަކުރައްވާ ގޮތް ފޮޓޯ އިން ސިފަކޮށްދީފައި ހުރެ އެވެ.
ރާއްޖޭގެ ރައީސްގެ ވެސް އެއީ އެފަދަ ފޮޓޯ އެކެވެ. އެ މަންޒަރު ރައީސް އޮފީހުން އާއްމުކުރީ މަސައްކަތްތެރިންގެ އިންތިޒާރުގައި ރައީސް އުއްމީދީ ކުލަ ޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން ކަމަށް ވެދާނެ އެވެ. އެކަމަކު އެއް ބަޔަކު ހިތްހަމަނުޖެހުނީ އެވެ. ފޮޓޯ ނަންގަވަން ޝައުގުވެރިވެވަޑައިގަންނަވާ އަދި އަމިއްލަ ފުޅަށް ވަރަށް ރީތި ފޮޓޯފުޅުތަކެއް ނަންގަވާ ރައީސް، ފޮޓޯ އަށް ހުއްޓިވަޑައިގެން ހުންނެވި ޕޯސް ވެސް ކަމުނުދިޔައީ އެވެ.
އެކަކު ބުނީ އަސްލެއް ނޫން ކަމަށާއި ރައީސް ހުންނެވީ މާބޮޑަށް ފޮޓޯ އަށް ހުއްޓިވަޑައިގެން ކަމަށެވެ. އެހެން މީހެއްގެ ހިތްހަމަނުޖެހުން އަމާޒުކުރީ ފޮޓޯގްރާފަރަށެވެ. ރައީސްގެ އެފަދަ ފޮޓޯ ނަގާނެ ގޮތުގެ ހިޔާލުތަކެއް ވެސް ބައެއް މީހުން ދީފައިވެ އެވެ.
Dear Photographer,
— 𝔸𝕩𝕩 🌸 (@Axowra) January 9, 2020
Little Idea Here,
Thanks ! pic.twitter.com/H6QoQYDyzc
އެހެން މީހަކު ބުނިގޮތުގައި ރައީސްގެ ރަސްމީ ގަޑީގެ ފޮޓޯ އާއްމުންނަށް ހިއްސާ ކުރުމަކީ މައްސަލައެއް ނޫނެވެ. އޮބާމާގެ ސީރިއަސްކަން ފެންނަ ގިނަ ފޮޓޯތަކަކީ ވެސް އެކަަމަށް ތައްޔާރުވެ ނަގާފައިވާ ފޮޓޯތަކެއް ކަން އޭނާ ހަނދާންކޮށްދީފައިވެ އެވެ.
އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެ ތަފާތު ފޮޓޯ، މިނިމަމް ވޭޖާ ގުޅުވުމެވެ.
ޓުވިޓާގައި ކޮމެންޓްކުރި އެއް ބަޔަކު އެދިފައި ވަނީ ވީ އެންމެ އަވަހަށް މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ މާބޮޑަށް މިހާރު ވެސް ލަސްވެފައި އޮތް ކަމެކެވެ.
Hopefully it will not send back to commission again. Dear president please send this draft to people's majilis as soon as possible.
— Chon juvan 🌻 (@imranibrahim10) January 8, 2020
Maa bodahves lasvejje. Sarukaarun beynunvaa ehen hurihaa kameh kurevifa MW ah lasvaan jehey sababeh neh. Verikan badhalukuree magsadhehga kan handhaan bahahtavaa @ibusolih
— Fans of MP Nizar #NizarForMayor (@mayornizar) January 8, 2020
ފޮޓޯއާ މެދު އެއްބަޔަކު ވަރަށް ސީރިއަސްކޮށް ހިޔާލު ފާޅުކުރި ނަމަވެސް އަނެއް ބަޔަކަށް މި ފޮޓޯ ވީ "މީމް" ހަދަން އެއް ވަނައިގެ ފޮޓޯއަކަށެވެ. ރައީސް ހުންނެވި ގޮތަށް އެއްބަޔަކު ފޮޓޯ ނަގައި އެކި ކެޕްޝަންތައް ޖެހި އެވެ. އަދި ރައީސްގެ ފޮޓޯގެ ވާތް ފަރާތުން ފެންނަން ހުރި ގޮނޑީގައި އެކި މީހުން އަދި ކާޓޫން ކެރެކްޓާތައް އިށީނދެ ތިބި ގޮތަށް ފޮޓޯތައް އެޑިޓްކޮށްގެން ވެސް އެބަ އުޅެ އެވެ.
ރައީސުންގެ ރަސްމީ ފޮޓޯތަކަކީ އާއްމުންނާ އޮންނަ ގުޅުމުގެ ބައެކެވެ. އެކަމަކު މިފަދަ ތަފާތު ފޮޓޯތައް ދިވެހިންނަށް އަދި އަލެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހސަނު
13 January 2020
ދެއްކުން ތެރިކަންއެކަނި. މިހާޔަށްބަލާފަވެސް އެގޭނެ ކަމެއްގަ އުޅޭމީހަކުވިއްޔާ. ސެލްފީނެގުން ނޫން ކަމެއްނޯވޭ. ގައުމު މިއްދާހަމަޔަށް ދިޔައިރުގަ ދިޔައީ ދަށަށް.
ޚާމިދޫ
11 January 2020
ދެއްކުން ތެރިކަަން މޫނު މައްޗައް ބަލާލީމަ ވެސް އިނގޭ ހުސް ޑުރާމާ
މުރަނާ
11 January 2020
ހުސް ފޭކު. މައުމޫނުގެ ތިރީސް އަހަރުގެ މުޅި ދައުލަތުގެ ބަޖެޓަކީ 29 ބިލިޔަން. މި ސަރުކާރުން މިދިޔަ އަހަރު 33 ބިލިޔަން ޚަރަދުކޮށްގެން ކުރީ ކޮން ކަމެއް. އާ ނިޒާމެއްގެ ދަށުން އާ ގޮތަކަށް ވައްކަން ބައްޓަންކުރީކީ ނޫންބާ؟
ރިވިއު
11 January 2020
ތިޔަބުނާ ރަން ތިރީސް އަހަރު ރާއްޖޭގެ ކިތަށް ރަށުގައި ނަރުދަމާއާއި ބަނދަރު ހެދުނުތަ؟ އެއްއަތުގެ އިނގިލިން ގުނާލެވުނަސް ރަނގަޅު! ތަރައްގީކުރަން ބޭނުމިއްޔާ ކުރެވޭނީ ކެރިގެން އަދި ފައިސާވެސް ޚަރަދުކޮށްގެން!
ހސަނު
13 January 2020
ކެވުނު ދިމާލަކުން ކެވޭތޯ. މިހާރު ވައްކަން ކުރަނީ މާމޮޅަށް. ކޯޓްމެދުވެރިކޮށް އެކަންކުރަނީ. ހަދިޔާ ދިނުން އޮންނަނީ މިސަރުކާރުން. ނުލިބޭވަރަކަށް ހަރަދު އެބަކުރޭ، ރައީސް ޔާމީނު ގައުމުގެ ތިޖޫރީ ފުރުވާދީފަ ދިޔައީ މިމީހުންއައިސް ހުސްކުރުން އޮންނަނީ. މީގެ ކުރިންވެސް ތިޔަހެން ބަޔަކު އުޅުނު.
މައިތިރި
11 January 2020
މާނަކުރެވެނީ ދެންކުންތެރިކަމަށް.
ޖޭމް ބަޓަރު
10 January 2020
މަކަރާއި ހީލަތްތެރިކަން.
ދޯރި
10 January 2020
އޮބާމާ އާއި ކުލިންޓަނާއި ބުސް އާއީ ރޭގަން ފަދަ އެމެރިކާ ވަރަށް ގިނަ ރައީސުއްގެ މި ފަދަ ފޮޓޯތަށް ޓައިމް އަދި ނިއުސްވީކް މަޖައްލާއިން ރާއްޖޭގެވެސް އެތައް ބަޔަކަށް ވާނީ ފެނިފައެވެ. އެއީ ސޯސަލް މީޑިޔާ މިހާ އާންމު ނުވާއިރު އެވެ.
ރިޒޫލް
10 January 2020
މެގާޕުރޮޖެކްޓު ސަރްކާރް.
ރަންޖަރީ
10 January 2020
އޮބާމާ އޮފީހުގައި ރަނުން ޖަރީކޮއްފަ ނެތެވެ. އެއީ ގައުމުގަ އުޅޭ ނިކަމެތި މީހުން މަތިން ހަނދާން ހުރި ކަން އަންގައި ދިނުމުގެ ރަމްޒެއްގެ ގޮތުން ވިސްނާފަ ޒަމާނުއްސުރެ އޯވަލް އޮފީސް ފަރުމާ ކޮއްފަ އިއްނަ ގޮތެވެ. އެއްމެ އާދައިގެ ވަކަރު ބޭނުން ކޮއްގެންނެވެ. ރާއްޖޭގެ ރައީސުން އޮފީސް ވެސް މިހުއްނަނީ ރަނުން ޖަރީކޮއްފަ އެވެ. ނިކަމެތިން އުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. އިބޫ އައް ވާރުތަ ވިއިރުވެސް ރަނުން ޖަރީ ކޮއްފަ އިންކަންވެސް ފާހަގަ ކޮއްލަން.
ކެވެލި
11 January 2020
މައުމޫން ވަރަށް ލައިކްވާނެ އަރަބި ވައްތަރަށް ޖަރީކޮއްފައި މަޚުމާ ޖަހާފައި ހުންނަ ތަންތަން.. އެހެންވެ އެގޮތަށް އެހެރީ ރައިސް އޮފީސް ހަދާފައި..
ކެޕްރިކާ
10 January 2020
އޮބާވާވެސް ވެދާނެ ހަމަ ފޮޓޯއަށް ޕޯޒްކޮށްފައިކަމަށް. ނަމަވެސް އޮބާމާގެ ފޮޓޯއިން މަސްއޫލިއްޔަތުގެ ސީރިޔަސްކަމާ، ހައިބަތު ދައްކުވައިދޭ. އަޅުގަނޑުމެންގެ ރައީސްގެ ފޮޓޯ، އެ ލުއި ހިނިތުންވުމާއެކު ބޮޑަށް ވައްތަރީ އިންސްޓާ މޮޑެލް ފޮޓޯއަކާ. މިއީ ވެރިމީހާ ކިބައިން ފެންނަން ބޭނުންވާ ސިފައެެއް ނޫން.
ނިކަމެތި
10 January 2020
މިކަހަލަ ފަގީރުން ގިނަ ގައުމެއްގަ ރައީސު ރަނުން ޖަރީ ކޮއްފަ އިން އޭސީ ކޮޓަރިއެއްގަ އިނީމަ ކަޑަ
ހުތުރު
10 January 2020
މައުމޫންގެ ވެރިކަން ނިމުމުން ތީމުގޭގަ ރަންފަށަލައެއް އަޅާފަހުރި ފާޚާނަތައްޓެއް ދައްކަން ކިއޫ ހަދައިގެން މީހުން ވެއްދި ޕާޓީ މީހުންގެ ވެރިކަމުގައި އެމީހުންގެ ރައީސްގެ މޭޒުގައި ރަން އެވަރަށް ހުރުމުން މިހާރު ހަމަ އޯކޭ؟