އެއާޕޯޓް ފެރީއަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި ފަސް މީހަކު ޒަހަމްވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުލޭ ނެރު ކައިރީގައި 10:30 ހާއިރު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެމްއެމްޑީއެފުން ބުނީ އެކްސިޑެންޓުވި ފެރީ ދޯންޏަކީ 13 ގެސްޓުންނާ އެކު އެއާޕޯޓުން ހުޅުމާލެއަށް ދަތުރުކުރި އުޅަނދެއް ކަމަށެވެ.

ލޯންޗާއި ފެރީ މިހާރު އޮތީ ތަހުގީގަށް މެރިން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.