ޚަބަރު / ޖިންސީ އަނިޔާ

"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟

ކުދިންތަކެއް މަގުމަތީގައި ކުޅެނީ: ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަށް އިންސާފު ނުލިބުމުގެ ކަންބޮޑުވުން މި ރަށުގައި އެބައޮތް.

މި ރަށުގެ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނީ އެވެ! އަމިއްލަ ލޭ ހިނގާ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވި 82 އަހަރުގެ މީހާ ހައްޔަރުކުރީ ތިން އަހަރުގެ ކުއްޖާ އަށް ކުރިމަތިވި ކަންކަމަށް ފިޔަވަޅު ނޭޅި ނިޒާމުގެ ތެރޭގައި މައްސަލަ "ތާށިވެފައި" އޮއްވަ އެވެ.

ތަހުގީގުކޮށް، ޕީޖީން ދައުވާ އުފުލައި ކޯޓުގައި ޝަރީއަތް ވެސް ހިންގި އެވެ. "މުސްކުޅިވުމުން އިހްތިރާމްކޮށް"، އެކަމަކު "ކުދިން ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް" އިދރާތަކުން އޭނާ ދޫކޮށްލީ އެވެ. ގައިގައި އަތް ނުލާ ނަމަ ނުވަތަ އަނިޔާއެއް ނުލިބޭ ނަމަ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ވިސްނާ ބަޔަކު މި ރަށުގައި ވެސް ތިބުމަކީ ކަންބޮޑުވުމެކެވެ.

"ދެ އަހަރުގެ ކުއްޖާގެ މައްސަލައިގައި ވެސް އެހެން ހެދީ. ބައްޕީއޭ ބައްޕީއޭ ބުނެ ގައިން ހެކި ނުފެނުނު ނަމަ އަޅައެއް ނުލާނެ. އެ ވަރަކުން އެ މައްސަލައިގައި ވެސް ނޫޅޭނެ. ރިޕޯޓްކުރާ މީހާ ކުށްވެރިވާނީ. ބޮޑުވަރު ނުވަންޏާ މައްސަލައެއް ނޫން ކަމަށް ވިސްނާ މީހުން ވެސް ތިބޭ،" މި ރަށުގެ މީހަކު ބުންޏެވެ.

"ޖިންސީ ނިޔަތެއްގައި ކުއްޖަކާ ދިމާލަށް އެއްޗެއް ބުނެގެން ކަމެއް ކުރަން އުޅެގެން މައްސަލަ ޖެއްސިއަސް ވާ ކަމެއް ވެސް ނޯވޭ. ޖިންސީ ގުނަވަން ކުދިންނަށް ދެއްކި މައްސަލަތަކުގައި ވެސް ފިޔަވަޅެއް ނާޅާ. މާ ބޮޑު ކަމަކަށް ވެސް ނުހަދާ. މި ކަންކަން ބޮޑުވެގެން އެންމެ ބޮޑު އަނިޔާދެނީ."

އެކަމަކު ގާނޫނުގައި އެއީ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކެވެ.

ރަށެއްގެ މަގުމަތި: ޖިންސީގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ގާނޫނީ ނިޒާމުގެ ތެރައަށް ނުފޫޒާއި އަޅާނުލުމާއި ލަސްކުރުމާއި ފަރުވާކުޑަކުރުން ވަދެފައި އޮތް މިންވަރުން މި ރަށުގެ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކުއްޖަކާ ބެހެން އުޅުނު ކަމަށް ރިޕޯޓްކުރިއަސް ވާނެ ކަމެއް ނޯންނާނެ ކަމަށެވެ. މަލާމަތާއި ފުރައްސާރައާ ކުރިމަތިލާން ޖެހެނީ އެ މައްސަލަ ހުށަހެޅި މީހެކެވެ. އެހެންވެ ރިޕޯޓްކުރުމާ ދެކޮޅު ވިސްނުމުގެ ބާރުގަދަ އެވެ!

"އެ ކަހަލަ ކަމެއް ދިމާވީމަ ބައެއް މީހުން ބުނަން ވެސް ބުނާނެ، އަދި ގައިގައި އަތްލީކީއެއް ނޫނެއް ނޫންހޭ. ތިވަރު ވާކަށް ނުޖެހެއެއް ނޫންހޭ. އަހަރެމެން ކަންތައް ބޮޑުކުރަނީއޭ. --

މި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މިހާތަނަށް މި ރަށުގައި ފެންމަތިވި ގިނަ މައްސަލަތަކުގައި އާއިލާތަކަށް އިންސާފު ލިބިފައެއް ނުވެ އެވެ. ގާނޫނީ ނިޒާމުގެ ތެރޭގައި ތަޅާފޮޅައި އިންސާފު ހޯދުމުގެ ތަކުލީފުގެ ތެރެއަށް ވަންނަން ބޭނުން ނުވަނީ ޔަގީންކަމެއް ވެސް ނޯންނާތީ އެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލަ ހުށަހަޅާފައި ދެން ހަދާނެ ގޮތެއް މި ރަށުގެ ބައެއް މީހުންނަކަށް ނޭނގެ އެވެ.

"މައްސަލައެއް ހުށަހަޅާފައި ދެން ހަދާނެ ގޮތެއް، ނިޒާމުގެ ތެރެއިން އެކަން ބަލާ ގޮތެއް އަދި އަޅާނެ ފިޔަވަޅުތައް ވެސް ނޭނގެ. މައްސަލަ ހުށަހަޅައިފި ނަމަ ސްލިޕްކޮޅެއް ލިބެން ޖެހޭ ކަން ވެސް އެނގުނީ ވަރަށް ފަހުން،" މި ރަށުގެ މީހަކު ބުންޏެވެ.

ނިޒާމު ހިނގާ ގޮތް އޭނާ އަށް ވިސްނެނީ މިހެންނެވެ؛ ފިޔަވަޅު ނާޅައިގެން އުފެދޭ ހިތްހަމަނުޖެހުމެއްގައި ވެސް ކުށްވެރިވެ ޖަލަށް ލާނީ އެ ހިތްހަމަނުޖެހުނު މީހެކެވެ. އޭރުން ވެސް ކުށްވެރިޔާ ހުންނާނީ މިނިވަންކަމާ އެކުގަ އެވެ. ކުށް ތަކުރާރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ކަނޑުހުޅުދޫގައި ދެ މީހަކު ހިނގާފައި ދަނީ. --ފޮޓޯ/މިހާރު

މުސްލިމާ ހަސަން ވެސް އެ ވާހަކަ އަށް ތާއީދުކޮށް، އޭނާ އަށް ދިމާވި ހާދިސާ ހަނދާންކޮށްދިނެވެ. ދެ އަހަރުގެ ކުއްޖާއާ ބެހުނު މުނިކާފަގެ ފަރާތުން އޭނާގެ ދަރިފުޅަށް ކުރިމަތިވި ޖިންސީގޯނާ އަށް ފިޔަވަޅު ނޭޅި ވަނިކޮށް، ދެ ވަނަ ފަހަރަށް ވެސް އެ ކުއްޖާ ބިރާ ކުރިމަތިލާން ޖެހުނެވެ.

"ހަގީގަތުގައި ނަފްސާނީ ގޮތުން ބިރުގަނޭ އަޅުގަނޑުމެން އެ މީހުން ކައިރިއަށް ދާން. ހިތަށް އަރަނީ މިއީ އެހާ ވަރުގެ މައްސަލައަކަށް ނުވާތީއޭ އެ މީހުން ފަރުވާކުޑަ ކުރަނީ،" މުސްލިމާ ބުންޏެވެ.

އިދާރާތަކުގެ އަޅާނުލުމާއި ބައެއް މީހުންގެ މި ވިސްނުމާ ހެދި މުސްލިމާ އަށް ވެސް އެތައް އުނދަގުލެއް ކުރިމަތިވި އެވެ. އަމިއްލަ ދަރިފުޅު ނުވަތަ އަވަށްޓެރިންގެ ކުދިންނަށް އޮތް ބިރަށް ހައްލެއް ހޯދަން އޭނާ ކުރާ މަސައްކަތުގައި އޭނާ ލަދުގަންނަން ޖެހުނު ފަހަރު އައި ކަމަށް ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެ ރަށެއްގައި ތިބޭ ފުލުހުން ނުވަތަ ޖެންޑާގެ އެހީތެރިކަން ނުލިބޭ ކަމަށް ބުންޏަސް ކުށްވެރިވަނީ އެހެން ބުނާ މީހެކެވެ.

އެހެން މީހަކު ބުނީ ކުޑަކުދިންނަށް ދިމާވާ އެފަދަ މައްސަލަތަކުގައި އާންމުން ސީރިއަސްވާ މިންވަރު ވެސް ކުޑަ ކަމަށެވެ.

"އެ ކަހަލަ ކަމެއް ދިމާވީމަ ބައެއް މީހުން ބުނަން ވެސް ބުނާނެ، އަދި ގައިގައި އަތްލީކީއެއް ނޫނެއް ނޫންހޭ. ތިވަރު ވާކަށް ނުޖެހެއެއް ނޫންހޭ. އަހަރެމެން ކަންތައް ބޮޑުކުރަނީއޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

ކަނޑުހުޅުދޫން ވެސް ބަދަލު ކުރަން ޖެހިފައި އޮތް އެއް ވިސްނުމަކީ މި އެވެ!

41 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 22%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގިލި

20 January 2020

އަންހެނުން ފިރިހެންކުދިންނާ ބެހޭ މައްސަލަ މިކަހަލަ ދަނޑިވަޅުތަކުގަ ވަޅުޖަހާތީ ދެރައީ. އެވާހަކަ ދައްކާނެ މީހަކު ނެތް.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

20 January 2020

ދެކުނުގެ އަތޮޅެއްގެ ނުފޫޒު ގަދަ މުސްކުޅިޔާ އެއްގޭ ހަތަރު ކުދިން ރޭޕްކުރި މައްސަލައަށް ވެސް ވީ ގޮތެއް އަދިވެސް ނޭނގޭ. ނުފޫޒު ގަދަ މުސްކުޅިޔާގެ ރަށް ވެސް ނޫސްތަކުން ހާމަ ނުކުރޭ. ދޮށީ ކުއްޖާ ބޮޑުވެ މީހަކާ އިނދެ މާލެއަށް ދިރިއުޅުން ބަދަލުކުރި ފަހުން ކޮއްކޮމެންނާ ބެހޭކަން އެނގިގެން އޭނޭ އެތައް މިތަނަށް ދުވެ ކަމެއް ނުވެގެން އެންމެ ފަހުން ނޫހުގައި އެކަމުގެ ރިޕޯޓެއް ޖެހީމާ މުސްކުޅިޔާ މާލެ ގެނެސް މައްސަލަ ބަލަނީޔޯ ވެސް ނޫހުގައި ފަހުން އޮތް.

The name is already taken The name is available. Register?

އެރަށުކުއްޖާ

20 January 2020

ތިބުނާ މީހާ ދޫކޮށްލައިފި އޭނަވިޔަފާރީގަ އަވަދިނެތިއުޅެނީ.އެއީ މަޝްހޫރު ވދ ގދއަތޮޅު

The name is already taken The name is available. Register?

މޯރޗް

23 January 2020

ތި ބުނާ މީހާ މައްސަލަ ބަލަން ކަމަށް ބުނެ މާލެ ގެނައިމަ ސައިކަލް ފަހަތު އިދެގެން މަގުމަތީ މާލެ ކުޑަ ކުރަން އުޅުނީ އެދުވަސްވަރު.

The name is already taken The name is available. Register?

2020

19 January 2020

ހަފްތާއެއް ވަންދެން ފޯރީގަ އުޅޭނެ ލިފްޓްގޮޅިން މީހަކު ވެއްޓުނީމަ ޗެކްކުރުން މިހާރު ކިތައްް ލިފްޓްގޮޅިބާ އެހާލަތުގަ ހުރީ ހީވެސް ނުވޭ މީ މިހާރު ދިވެހިން ވާޖިބު އަދާކުރާ ގޮތަކީ

The name is already taken The name is available. Register?

‫ދިވެހިދަރި

20 January 2020

ސަރުކާރު ޖަޒީރާ ވީމަ ވާގޮތްތީ, ކެއްކޮއްލާ...

The name is already taken The name is available. Register?

ަަައަހަރެންވެސް

19 January 2020

އަހަރެންގެ އުމުރުން އެންމެ 11 އަހަރުގައި އަހަންނާ ދެފަހަރަށް ބެހެން އުޅުނީ އަހަރެންގެ މަންމައާ އެއްބަނޑު ދައްތަގެ ފިރިމީހާ، އަހަރެން ބޮޑުބެ ކިޔާ، ރަށު ބޮޑު މިސްކިތުގެ މުދިމު. އަާއިލާ މީހެއް ކައިރީ އެވާހަކަ ދުލުން ބުނެވުނީ އުމުރުން 18 އަހަރު ވީ ފަހުން. އެކަމަކު ހިތާމައަކީ އެއްވެސް މީހެއް އެކަން ގަބޫލު ނުކުރީމަ. އޭނާ މުދިމަކަށް ވީމަ. އޭނަ އަދިވެސް މިނިވަން ކަމާ އެކު ރަށުގަ އެބަ އުޅޭ. އުމުރުން މިހާރު 27 އަހަރު އެކަމަކު އަދިވެސް ހަނދާންނުނެތޭ!

The name is already taken The name is available. Register?

ސޮސެޖް

19 January 2020

މުދިމުންންނަށާ، ގުރުއާން ޓީޗަރުންނަށާ، ޝައިޚުންނަށް މަރެއްކަހަލަ ރަށެއް.

The name is already taken The name is available. Register?

2000

19 January 2020

ކަޑުހުޅުދޫ ތިވަނީ ދިވެހިރާއްޖޭގައި ކުޑަކުދިންނާ ބެހުމުގެ ރެކޯޑް ހޯދާފައި

The name is already taken The name is available. Register?

ހައްވަަާ

19 January 2020

ތިޔޮއް ކާށިދޫގަވެސް ތީގެ ފަރަންޖިން މަދެއްނޫން ގިނަރައްރަށުގެެ ހާލަތު

The name is already taken The name is available. Register?

އެންދެރި

19 January 2020

ދިރާގު އަދި އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ބައެއް މީހުން ވީޑިޔޯތައް ބަލައިގެން މޮޔަ ވަނީ އެވެ.

The name is already taken The name is available. Register?

ޝާން

19 January 2020

ދެޓްސް އިމްޕޮސިބަލް ބްރޯ. ޑްރަގް ނެތް ގައުމަކަށް ހެދުން. ޕޯނޮގްރަފީ ނުބެލޭ ގައުމަކަށް ހެދުން. އަލްކަހޯލް ނުގެންގުޅޭ ގައުމަކަށް ހެދުން. ވައްކަމާއި ފޭރުން މީހުން މެރުން މިހިރަ މިހިރަ ކަންތައްތަކަކީ ހުއްޓުވޭނެ ކަންތައްތަކެއް ނޫން ސަބަބު ވަރަށް ސާފު. ހުއްޓުވަންތިބި މީހުންނަކީ މިކަން ކުރަން ފޫގަޅާފަ އެންމެ އިސް ސަފުގަ ތިބި މީހުން. ސޯ ފޮގެޓް އިޓް އެންޑް ޓޭކް ކެއަރ އޮފް ޔޯ ސެލްފް..

The name is already taken The name is available. Register?

ޜޔތރރ

20 January 2020

ވ ވ ވ ބޮޑު ތެދެއް

The name is already taken The name is available. Register?

ރަދީފުގެ ރަދީފު

19 January 2020

ކަނޑުހުޅުދޫ ބަޔަކު ކުރިކަމެއް ފަޅާއަރާފަ މިއޮތީ. އޭގެ މާނައެއްނޫން އެރަށަކީ އޭގެ ރަށެކޭ. ޖެނެރަލައިޒު ނުކުރޭ. މިކަހަލަ މީހުން ރާއްޖޭގެ ހުރިހާ ރަށަކުވެސް އުޅޭނެ. ދެން މިހެން ބުނަންމިޖެހުނީ ވަކިރަށެއްވެގެން މީހުންނަށް ނަފުރަތުކުރާ ހިސާބަށްކަންކަން ގޮސްދާނެތީ. އަހަރެން ސްކޫލު ދުވަސްވަރު މާލޭ ބޭފުޅެއްގެ ކުއްޖަކާއި ދޮރާށިކައިރީގައި ވާހަކަ ދައްކަން ހުއްޓާ އެކުއްޖާ ބައްޕަ ބުނިކަމަށް އެކުއްޖާބުނި ރަށްއަހާފަ ދެންމީގެ ފަހުން މަށާއި ވާހަކަ ނުދައްކަން

The name is already taken The name is available. Register?

ހަހަހަހަ

19 January 2020

އަހަރެން ދަންނަން ހިހިހިހި

The name is already taken The name is available. Register?

މާރިޔާ

21 January 2020

އައިހޭޓް އައްޑޫ

The name is already taken The name is available. Register?

އަބުލްބަރކާ

19 January 2020

ދެކުނު އަތޮޅު ތަކުގައި ވަރަށް އާމުކޮށް ކުރާ ކަމެއް" އަބިފިރިޔާ ވާ ފިރިޔާ" ސިއްރު ލޯބިވެރިން ގެން ގުޅުން . އަންހެންވެސް ފިރިހެންވެސް. ކިތައް އާއިލާގަ ނަސްލު އޮޅުވާލެވިފައިވާ ކިތައް ކުދިންތިބި ތޯ ބަލާލަމާ. ބުނަން މިއުޅެނީ ކުރީ ޒަމާނުވެސް ވަރަށް އަދައިގެ ކަންތަކަށްވެ އޮންނަ ސަގާފަތެކޭ. ވަރި ކޮށްފަ އެއްކޮށް ނިދާ ލިވިން ރިލޭޝަން ޝިޕްގަ އުޅުން. ދަރިންނަށް މެ ދެވެނީ ވަރަށް މެސެޖު ތަކެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!