އެމްއެންޑީއެފްގެ ލޯންޗެއްގައި ރޯވެއްޖެ

އެމްއެންޑީއެފްގެ ލޯންޗެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.


މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ކ. ގުރައިދޫ ކައިރިން ދަތުރުކުރި ފަސްޓް އިންޓަސެޕްޓާގެ "ވެލާނާ ލޯންޗު" ގައި މެންދުރު ފަހު 3:55 ހާއިރު ރޯވެފައިވާ ކަމަށެވެ. އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އާޒިމް ވިދާޅުވީ ލޯންޗުގައި ރޯވި އަލިފާން ނިއްވާލީ އެ ލޯންޗުގައި ތިބި ކްރޫން ކަމަށެވެ.