ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

އާ ސީޕީއާ އެކު، ޖަލުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އާއި އާ ޕްރިޒްންސް ކޮމިޝަނަރު އަހުމަދު (ވ).

21 ޖެނުއަރީ 2020 - 21:22

7 comments

އާ ކޮމިޝަނަރު އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅާ އެކު، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަލުތަކުގެ އިސްވެރިޔާގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި އަބްދުﷲ މުނާޒް ވަކިކުރައްވައި، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލަށް އައްޔަން ކުރެއްވި، ރ. ކަނދޮޅުދޫ ރިހިތަޅާގޭ، އަހުމަދު މުހައްމަދުފުޅު މިހާތަނަށް ހުންނެވީ އިންސްޕެކްޓަރު އޮފް ޕްރިޒްންސް އަށެވެ. އެއީ ޖަލުގެ ހާލަތު ބެލުމަށް ފަހު، ސީދާ ހޯމް މިނިސްޓަރަށް ކަންކަން ރިޕޯޓު ކުރަންޖެހޭ މަގާމެކެވެ. އެހެންވެ، މިދިޔަ ނުވަ ވަރަަކަށް މަސް ދުވަހު އާ ސީޕީ ވަނީ މިނިސްޓަރު އިމްރާނާ އެކު އެ މިނިސްޓްރީގައި ވަރަށް ގާތުން މަސައްކަތް ކުރައްވައިފަ އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ ޓުވީޓް

ޕްރިޒްންސް ކޮމިޝަނަރަކަށް ޒުވާން އަހުމަދު އައްޔަން ކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ، ޖަލުތައް އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި މިނިސްޓަރު ވަނީ ޖަލުގެ އިސްވެރިޔާގެ މަގާމު އަހަރެއްހާ ދުވަހު ފުރުއްވި މުނާޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖަލުތަކުގެ ހާލަތު ބަލައި ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕެއިންގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަނީ ޖަލުތަކުގެ އޮޑިޓެއް ތައްޔާރުކޮށްފަ އެވެ.

ޖަލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކުލަވައިލި 290 ސޮފްހާގެ ރިޕޯޓު ތަންފީޒު ކުރުމަކީ މިހާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު މި ސަރުކާރަށް ވެސް އޮތް ގޮންޖެހުމެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ޖަލުތަކުގެ އިސްވެރިޔާގެ މަގާމުން މުނާޒް ވަކިކުރެއްވިއިރު، އޭނާ އަށް ވެސް އެ ރިޕޯޓު ތަންފީޒު ކުރުމުގައި ނަތީޖާ ނުނެރެވުނު ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށް ވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައި ވެ އެވެ. އަދި އެއީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ކަނޑައަޅާފައި ވެ އެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރަން، ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ" ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ވެސް މިދިޔަ އަހަރުގެ ޖޫން 3 ގައި ހޯމް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. އާ ސީޕީ އަކީ ވެސް އެ ކޮމިޓީގެ މެމްބަރެކެވެ.

އާ ޕްރިޒްންސް ކޮމިޝަނަރު އަހުމަދު ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އެ ޔުނިވާސިޓީން އޭނާ ވަނީ ސޯޝަލް ޕޮލިސީގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.

އަހުމަދު ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ.

7 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 15%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނބޫ

26 January 2020

އާ ސީޕީ އެއް ބާ ސީޕީ އެއް ކިޔާނެ ކަމެއް ނެތް ނުބަހައްޓާނަން ބޭރު ކޮށްލަން ހަމަޖެހިފަ އޮތީ.

The name is already taken The name is available. Register?

އަންނަނީ ހިނި

26 January 2020

ކެކެކެ އެހެން ދޯ ކުރިން ބުނީ އެއީ ކުރެވޭނެ ކަންކަމެއް ނޫނޭ މިހާރު ކުރެވޭނެތަ ހަމަ؟

The name is already taken The name is available. Register?

ބިގް ސަރ

22 January 2020

އާ ސިޕީ އަށް މަރްހަބާ. ތަން އިސްލާޙް ކުރެވޭނެ ފަދަ ޤާބިލް އިޚްލާސްތެރި މީހެއް ދޮނާ އަކީ

The name is already taken The name is available. Register?

ަސއހ

22 January 2020

އިމްރާނު ވަކިކުރަންޖެހެނީ. އިމްރާނުގެ ނޮލެޖުނެތީ.

The name is already taken The name is available. Register?

ޖުލައި

21 January 2020

މުނާޒައް ނުވި ވަރެއް ވަކި ވާނެކަމަކަށް ނުފެނޭ. އާސީޕީ ދާއިރާގެ އެއްވެސްކަހަލަ ތަޖުރިބާ އެއް ނެތް. ޖަލުތައް އިސްލާހުކުރުމުގެ ހެޔޮވިސްނުމަށްތުރެ ކޮންޓްރޯލްކުރުމުގެ ވިސްނުން ބޮޑު. ނުފޫޒުން ބޭނުންވާ ކަންކަން ކުރުން.

The name is already taken The name is available. Register?

ިޕޮސް

21 January 2020

ހަމަ ރަނގަލަ ތިބުނީ

The name is already taken The name is available. Register?

ކިސްކަ

21 January 2020

ނަޒީރުވެސް މާ ރަނގަޅު ވާނެ ހޯމް މިނިސްޓަރުކަމަށް. ތަން އެއްކޮށް ތިޔަ ހަލާކުވަނީ. އެއް އަހަރު ވޭސްޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454