މިހާތަނަށް 2،000 މީހުން ކެންސަލްކޮށްފި

ކޮރޯނާވައިރަހުގެ ބަލި މީހަކު ރާއްޖެ އިން ފެނިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޗައިނާގެ ވޫހާން ސިޓީން ފެތުރުނު ވައިރަހުގެ އަސަރު ހުރި މީހަކު ފެނިއްޖެ ނަމަ އެންމެ ފުރަތަމަ އެއާޕޯޓުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަޅަން ޖެހޭ ކޮންމެ ފިޔަވަޅަކަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.