ވުހާން ވައިރަސް އާއި ގުޅިގެން ފަތުރުވެރިންތަކެއް މާސްކް އަޅައިގެން: ޔޫއޭއީ އިން އެ ވައިރަސް ފެނި ހުރިހާ ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން ވަނީ އެދިފައި -- މިހާރު ފޮޓޯ/ހުސެން ވަހީދު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވުހާން ވައިރަސް ފެނި، އެ ގައުމުގައި ތިބި ހުރިހާ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން އެދެފި އެވެ.
އެންމެ ފުރަތަމަ ޗައިނާ އިން ފެނި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ވުހާން ވައިރަސްއާ ގުޅިގެން، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވާން ކުރިން ވެސް އޮތީ އެދިފަ އެވެ.
ދިވެހިން ގިނަ އަދަދަކަށް އުޅޭ މެލޭޝިއާ އާއި ސްރީ ލަންކާ އިން އެ ވައިރަސް ހުރި މީހުން ފެނިފައި ވާއިރު، އެ ވައިރަސް ހުރި ޗައިނާ މީހަކު ޔޫއޭއީ އިން ވެސް ފުރަތަމަ ފަހަރަށް މިއަދު ވަނީ ފެނިފަ އެވެ.
އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫއޭއީގައި ތިބި ހުރިހާ ދިވެހިން ވެސް އެ އެމްބަސީގައި ރަޖިސްޓްރީވާން އެދޭ ކަމަށާއި އޮންލައިން ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
ވުހާން ވައިރަސް ހުރި މީހުންގެ އަދަދު އިތުރުވަމުން ދާއިރު، މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.
ރާއްޖެއިން މިހާތަނަށް އެ ވައިރަސް ހުރި މީހަކު ފެނިފައި ނުވިޔަސް، ސަރުކާރުން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެގޮތުން ރާއްޖެ އަންނަ ހުރިހާ މީހުން އެއާޕޯޓުގައި ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ވައިރަސް ހުރި މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
Aseeru
29 January 2020
ތިހީވަނީ ކޮރޯނާ ވައިރަސްގެ ނަމުގައި، އިންކަމްޓެކްސް ނަަގަން ޑާޓާ އެެއްކުރަން އުޅޭހެން. މީރާ އުޅެނީ ކަމުގެ ހުރިހާ ކަމެއް ނުބަލާ ހަމަ ފައިސާ ވެއްދޭތޯ. ޑަބަލް ޓެކްސޭޝަން ވެއިވް ކުރުމުެގެ އެއްވެސް ކަމެއް ކުރެވިފައިވާ ތަނެއްނުފެނޭ!
މޫސަ
29 January 2020
ރާއްޖެރިން ކްރޯނާ ވައިރަސް ހުރި މީހަކު ފެންނާނީ ރަނގަޅަށް ސްކޭން ކުރެވިގެން. ރާއްޖެއަށްވުރެ މާމަދުން ޗައިނާ މީހުން ދަތުކުރާ ގައުމުތަކުންވެސް ކްރޯނާ ވައިރަސް އަށް ސައްކުކުރެވޭ މީހުން އެބަ ފެނޭ. ޙަޤީޤަތުގައި މި ސަރުކާރުން ބޭނުމެއްނުވޭ ރަނގަޅަށް ސްކޭން ކުރާކަށެއް. ދެ ލާރިފޮތީގައި ބަގުޑި ބައްދަން ބޭނުމީ. ދިވެހިންގެ ފުރާނައިގެ އަގެއްނެތް
ލީޒާ
29 January 2020
ކިހިނެއް ރާއްޖެގައި ނެތް ކަމެއް އިގެނީ ރައީސް އުޅުއްވަނީ ދުވުމުދައި ނަސީދު އުޅުއްވަނީ ކެންޕޭނުގައި މާރިޔާ އުޅުއްވަނީ ހެލްކޮޕްޓަރެއްގައި އަޅާގަނެގެން ހެލްތު މިނިސްޓަރ އުޅެނީ ފޮޓޯނަގާދޭ މީހަކު ހޯދަން ޓްއަރިޒަމް މިނިސްޓަރ އުޅުއްވަނީ ސާވީސްޗާޖު ބެހޭ މިން ވަރު ބޮޑުވެގެން ދެން ބުނެބަލަ މި ވައިރސް ފެންނާނެގޮތެއް