ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

އިމާދުއްދީން ސްކޫލުގެ ވެރިން ވަކިކޮށް، ސްކޫލްގެ ހިންގުން އިސްކަންދަރުގެ ޕްރިންސިޕަލަށް

ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ ޖޫން މަހު އިމާދުއްދީން ސްކޫލަށް ވަޑައިގެން އެ ސްކޫލުގެ ވެރިންނާއި ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ ހަސަން މިއަދު އެ ސްކޫލްގެ މަގާމުތަކުން ވަކިކޮށްފި އެވެ. މި ބަދަލާ އެކު، އެ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފަ އެވެ.

ޝާތިރާއި ޝަކީބާ އަދި ލަތީފާ އަށް އެހެން ސްކޫލަކުން ނުވަތަ އެހެން ތަނަކުން މަގާމު ހަމަޖެއްސި ކަމެއް އަދި ނޭނގެ އެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އަށް ބުނީ ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޓީޗަރުންތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން ބެލެނިވެރިން ވެސް އެކަމަށް އެެދި ޕެޓިޝަނެއް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތި، ސްކޫލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބައެއް މީހުން ބުނެ އެވެ.

ޝާތިރު، އިމާދުއްދީންގެ ޕްރިންސިޕަލަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުޖާހިދު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ޝަކީބާ އާއި ލަތީފާ، އިމާދުއްދީން ސްކޫލުގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލަ ބޮޑުވެ، ސްކޫލު ދެ ފެކްޝަނަކަށް ބެހިފައިވާ ކަމަށާއި ޝަކީބާ އާއި ލަތީފާގެ ސަބަބުން އިމާދުއްދީންގެ ހިންގުމަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ޓީޗަރު ބުންޏެވެ.

"އެ ދެ މީހުންގެ [ޝަކީބާ އާއި ލަތީފާ] ކޯޅުން ވަރަށް ބޮޑު. އެ ދެމީހުން ބަދަލުކޮށްގެން ނޫނީ ސްކޫލު ހާލަތު ބަދަލެއް ނުވާނެ،" އެ ޓީޗަރު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އިމާދުއްދީން ސްކޫލަށް ގޮސް، ޑެޕިއުޓީ މިނިސްޓަރުންނާ ގުޅޭގޮތުން ސާވޭ ފޯމެއް ފުރުވި އެވެ. އެ ފޯމު، 80 ޕަސެންޓު ޓީޗަރުން ފުރިހަމަކުރި ކަމަށާއި ގިނަ ޓީޗަރުން ބޭނުންވީ ޑެޕިއުޓީ ޕްރިންސިލުންގެ މަގާމުގައި ތިއްބެވި ޝަކީބާ އާއި ލަތީފާ ސްކޫލުން ވަކިކުރަން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އެ ޓީޗަރު ބުނީ، ޝާތިރާއި ޝަކީބާ އަދި ލަތީފާ، މަގާމުން ވަކިކުރުމުގެ ކުރިން ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާ ވަަރަށް ގިނައިން ބައްދަލުކޮށް، އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކުރި ކަމަށެވެ. ފިޔަވަޅުތައް އެޅީ އޭގެ ފަހުންނެވެ.

"މިނިސްޓްރީން ބައިވަރު މީޓިންތައް ބޭއްވި. އެ މީހުން ބުނި މައިގަނޑު އިޝޫ ބަލާނަމޭ. ހުރިހާ ޓީޗަރުން އެއްކޮށް ބައްދަލުކޮށްފައި ބުނީ އެންމެ މީހަކާ ހެދި މައްސަލައެއް ނޯންނާނެއޭ،" އެ ޓީޗަރު ބުންޏެވެ.

71 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަލެ

09 February 2020

ބަލަ ޑީޑީ ބެހެއްޓީ ރިޓަޔަރ ވާން ކައިރި ވީމަ އޭ

The name is already taken The name is available. Register?

ދެއްވަދޫ

08 February 2020

ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްވެސް ބަދަލުކުރަން ފެނޭ !

The name is already taken The name is available. Register?

ސްކިޕަރ

07 February 2020

ރާއްޖޭގެ ހުރިހާ ސްކޫލެއް މިގޮތަށް އިސްލާޙުކުރުމަކީ އުނދަގޫ، ބުރަ ކަމެއް. އެކަމަކު ބޮޑު މުސާރަ އާއި އެކު މިނިސްޓަރުންނަށް މަގާމު ދީފައި އެތިބީ މިފަދަ މަސައްކަތްތައް ރާވާ ހިންގުމަށް. ހެނދުނު 9-10 ޖަހާއިރު އޮފީހަށް ގޮސް 2 ޖަހާއިރު ގެއަށް އައިސް މަސް ނިންމާފައި ބޮޑު މުސާރަ ނަގައިގެން ލަކްޝަރީ ހޮލިޑޭ ހަދަން ދާކަށެއް ނޫން!

The name is already taken The name is available. Register?

ބަލަންޖެހޭ

07 February 2020

ށ. ފޭދޫ ސްކޫލުގަވެސް ތިކަހަލަ ނާތަހްޒީބު ބަޔަކު ތިބެނީ.. ބައެއް މާއްދާތަކުގެ 3 ގަޑި ހަފްތާއަކު ނަގަންޖެހޭ އިރު، 2 ގަޑި ނަގަނީ.. 2019 ވަނަ އަހަރު ސްކޫލުގަ ވަރަށް ރަނގަޅ ކުދިން ތިއްބަ ސްކޫލުން ބޭނުންވީ އިނގިރޭސި މާއްދާ އިން ކޯ ނަގަން.. އެ ކުދިންގެ ނަތީޖާ ބަލާބަ، 5 މާއްދާ އިން އޭ ހޯދިި ކުދިންގެ ގައިގަ އެކްސްޓެންޑެޑް ޕޭޕަރެއް ހަދާނެ ފެންވަރު ނުހުންނާނެތޯ.. ޓީޗަރުން ޒާތީ ވާތީ ޕޭރެންޓުން ތިބެނީ ހައްޕު ކިޔައިގެން...

The name is already taken The name is available. Register?

ހަދިޔާ

07 February 2020

ތިޔަތަން ރަނގަޅުކުރަން ބޭނުމިއްޔާ ރުޤުޔާ ކުރުނ ބުއދިވެރި.

The name is already taken The name is available. Register?

ޟާސް

07 February 2020

ހުރިހާ ޕުރިންސިޕަލްސް ބޭރު ކޮއްފަ ބެލެނިވެރިންނާ ސްކޫލު ތަށް ހިންގުން ހަވާލު ކޮއްލާ. އެއިރުން ރަނގަޅަށް ހިނގާނީ

The name is already taken The name is available. Register?

ހީނާ

07 February 2020

މަރަދޫފޭދޫ ސުކޫލު ޕުރިންސިޕަލްވެސް ވަރަށް ކަމުނުދާ ކަމުގެ އަޑުތަށް ފެތުރޭ. އިސްލާހުކުރަންޖެހޭ ހުރިހާތަނެތް އިސްލާހުކޮށްލައްވާ

The name is already taken The name is available. Register?

އާސީނުތަށި

07 February 2020

އެންމެ އަވަހަށް އަމިނިއްޔާ ސްކޫލް ރަނގަޅުކުރަން ފެނޭ. އެތާނގެ ގޮނޑު ކަމާ ކުދިންގެ އަޚުލާގު އަދި ފެންވަރު ދަށްކަމުގެ ވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ، އަޑުއެހިން ހުސެއިން ސައީދު އެތަނަށް ބަދަލުކުރަން އުލޭ ވާހަކަވެސް، އެހެން އެކަން ވެއްޖެއްޔާ ވަރަށް ރަނގަޅު

The name is already taken The name is available. Register?

މޫސަތައްޚާން

07 February 2020

ދަރުމަވަންތަ ސްކޫލް ހަމައަކަށް އަޅުވާލަން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް އާ ހަވާލުކޮށް ދިނުމަށް ވަރަށް އާދޭހާއެކު ދަންނަވަން

The name is already taken The name is available. Register?

ާއާސްތު

07 February 2020

ލަތީފާޔާ ޝަކީބާގެ ކޯލުންގަނޑު ނިމެންވީތާ ކިތަންމެ ދުވަހެއް

The name is already taken The name is available. Register?

ދުރުމި

07 February 2020

ވަކިބަކު އަޑީގައި ތިބެގެން ކުރިކަމެއް. އެތާނގެ ދުވަސްވީ މީހުންގެ ޚިޔާލު ބަލާލުން ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!