ހައްޖަށް ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބާއްވާ ބްރީ ބިޑް މީޓިންއެއް ބުރާސްފަތި ދުވަހުގެ އެކެއް ޖަހާއިރު އިސްލާމިކް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ. އަދި މި މަހުގެ 23 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ. ފީގެ ގޮތުގައި ނަގަނީ 10،000ރ. އެވެ.

ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ހައްޖަށް ގެންދަން ކުރިމަތިލާން އިއުލާން ކުރުން-

ރާއްޖެއިން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭއިރު ބޮޑަށް ބަލަނީ ނަގާ އަގަށާއި އެ ޖަމާއަތެއްގެ ތަޖުރިބާގެ އިތުރުން ދޭ ހިދުމަތަށެވެ.

މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 28 ވަނަ ދުވަހާ އެވެ.

މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ފަސް ކުންފުންޏަކަށް ދިންއިރު އެ މައްސަލަ ބޮޑުވެ ޖަމާއަތަކުން އެކަން ވަނީ ކޯޓަށްވެސް ހުށަހަޅައިފަ އެވެ. ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަން ހިންގާފައިވޭތޯ ބެލުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައެޅީ އެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.