ފުޓްބޯޅަ ކުޅެންދިޔަ ބަޔަކު ތިބި ޑިންގީއެއް ބަންޑުންޖަހާލައިފި

ނ. މިލަދޫން އެ އަތޮޅު މަނަދޫ އަށް ފުޓްބޯޅަ ކުޅެންދިޔަ ބަޔަކު ތިބި ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.


ފުލުހުން ބުނީ މިރޭ 7:30 ހާއިރު މަނަދޫ ނެރުމައްޗަށް ބަންޑުން ޖަހާލި ޑިންގީގައި 11 ފިރިހެނުން ތިބި ކަމަށެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން މިވަގުތު ތިބީ މަނަދޫގަ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ޑިންގީ އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ކަނޑުމަތީ ހާދިސާތަކުގައި ގެއްލޭ މީހުންނާއި ލިބޭ ގެއްލުންތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ.