ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކ، އއ، އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް، ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުން ބުނީ، މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު މެންދުރެވެ. މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް، އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އެތަނަކުން ނުބުނެ އެވެ.

ކުޑަކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އުފެދުނު ކަންބޮޑުވުންތަކުގައި އެކަމާ ގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ކަމާ ގުޅޭ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ވަނީ އަންގައިފަ އެވެ.