ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު މިދިޔަ ބުދަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 22 އަހަރުގެ ފިރިހެނަކު އިއްޔެ އަދި މިއަދު 30 އަހަރުގެ ފިރިހެނަކު ވެސް ހަައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހަައްޔަރު ކުރުމުގެ އިތުރުން އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.