މިނިސްޓަރު އިމްރާން: ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލުތައް ފުރިހަމަ އަށް ބަލައިގަތުމަށް އިމްރާން ގޮވާލެއްވި. ---ފޮޓޯ: ނިޝާން އަލީ/މިހާރު
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިންގިލާބީ ބަދަލުތަކާ އެކު ރަށާއި އަތޮޅުތައް ފުރިހަމަ މާނައިގައި ލާމަރުކަޒުކޮށް ހިންގަން ފަށާއިރު، އެ ނިޒާމު ފުރިހަމައަށް ބަލައިގަންނަ ބަޔަކަށް ރައްޔިތުންނާއި ކައުންސިލްތަކާއި މުއައްސަސާތައް ވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާތާ ނުވަ އަހަރު ފުރުން ފާހަގަކޮށް، ނެރުއްވި ޚިތާބެއްގައި ކައުންސިލްގެ ބެލެނިވެރިފަރާތްކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމް މިހާރު ވަނީ އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ގެނެސްދޭން ފައްކާވެފައި ކަަމަށެވެ. އެ ނިޒާމް ބާރުވެރިކުރުވަން، ގާނޫނަށް މި ފަހުން ގެނައީ އިންގިލާބީ ބަދަލުތަކެއް ކަން އިމްރާން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވާފައި ވުމުން، މަރުކަޒީ ސަރުކާރަށް ބަރޯސާވެފައި ތިބުން ނިމުމަކަށް އަތުވެއްޖެ އެވެ. ކައުންސިލްގެ ނަމުގައި ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ ބާރު ވެސް ކައުންސިލްތަކަށް ދޫކޮށްލާފައިވާ ކަން ފާހަގަކުރެއްވި އެވެ.
"ކުރިން ދުވަހަކު ވެސް މާލީ ގޮތުން ރަށާއި އަތޮޅުތަކަށް ސަރުކާރުގެ މާލީ ބާރުތައް ދޫނުކޮށްލާ މިންވަރަށް މިވަނީ ދޫކޮށްލާފައި،" އިމްރާން ވިދާޅުވި އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ނިންމުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަތޮޅާއި ރަށު ފެންވަރުގައި ސިޔާސަތު ކަނޑައެޅުުމާއި ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު އިތުރުކުރަން އޮތް ގޮންޖެހުމުން އަރައިގަތުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަަހަރަށް ދަންމާލުމަކީ ކައުންސިލްތަކުން ނަތީޖާ ނެރުމަށް ފަހިކޮށްދިން ފުރުސަތެއް ކަމަށެވެ.
އެ ނިޒާމަށް ތައްސައްރަފް ފުދިފައިވާ ބަޔަކަށް ރައްޔިތުން ވާން ޖެހޭއިރު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރަން މިނިސްޓަރު ގޮވާލެއްވި އެވެ. އެއާއެކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ފަހު ސިޔާސީ ވާދަވެރިކަން ނިމުމަކަށް ގެނެސް ރަށާއި އަތޮޅު އަދި ސިޓީ ތަރައްގީކުރަން އެންމެން އަތުގުޅާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މުޅި ރަށް މުޅި އަތޮޅު ޝާމިލްވާނެހެން، މުޅި ސިޓީގެ ރައްޔިތުންގެ ބައިވެރިވުން ހޯދައިގެން ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރަން މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން،" އިމްރާން ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ލާމަރުކަޒީރޢަްޖެތެރެ
26 February 2020
ލާމަރުކަޒީ ނިޒާމް ބަލައިނުގަނެގެން އުޅެނީ ރައްޔިތުންނެއްނޫން، އަދި ކައުންސިލްތަކަކުންވެސް ނޫނ، އެނިޒާމް ބަލައިނުގަނެވިގެން އުޅެނީ މިނިސްޓްރީތަކުންނާއި އެލްޖީއޭއިން، އެލްޖީއޭއާއި ހޯމް މިނިސްޓަރު އުޅެނީ އެޓޮލސް މިނިސްޓްރީ ހެދިގެން ކައުންސިލްތަކުން ކުރާ ކަންކަމަށް އަތްބާނަން، ކައުންސިލުތަކަށް އެންމެ ދުއްޕާންކުރަނީ ހޯމްމިނިސްޓްރީއިން
ސާނީޒް
26 February 2020
ތިބޭފުޅުން ތި ޕްރޮމޯޓް ކުރާ "އީ-ކައުންސިލް" ނިމުން ދުވަހަކުން ކަމަކަށް ވާ ވަރުގެ ކަމެއް ވީކަމަށް އެލްޖީއެއް ވާނީ.
ޝޮކްތެރަޕީ
26 February 2020
ރައިސް ޔާމިން މަގާމު ނުދިނީމަ. ރޔާމިނާ ދެކޮޅަށް ނިކުތީ. ދެއަގައިން ވާހަކަދައްކާ މީހުން ބަލައެއްނުގަންނަން.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
26 February 2020
ތިޔައީ ( ސިޔާސީ ) ޅެން ބަހުރުވަ. ދީނީ ( ޅެން ) ބަހުރުުވަ އަކީ ދަރިފުޅާ ގޭމް ކުޅެން ތިޔަ އިނީ ( މެންދުރު ) ކޮށްފިން ހެއްޔޭ އެހީމާ ދަރި ފުޅު ބުނާނެ ނަމާދު ނުކޮށް އިނީމާ މަންމާ މެންދުރު ނަމާދު ވިއްޔާ ފަހެ ނުކޮށް ވާނޭ ހޭ. ނުކުރާ ވާހަކައެއް ނުބުނޭނު. މުޅި ދައުލަތް ސަރުކާރު ރައީސް އިބޫ ރައީސް ނަޝީދު އެކަމުގައި އަދި ވަޒީރު ތިޔަ ވިދާޅު ވަނީ ތިޔަ އެއްޗެއް ބަލައި ގަންނަން ޖެހެޔޭ ދެއްތޮ