ކޮވިޑް-19: ރާއްޖޭގައި އޮތީ ވައިޓް އެލާޓް

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެލާޓް ނެރޭނެ ލެވެލްތަކެއް ކަނޑައަޅާފައި ވާއިރު، ރާއްޖެ އަދި އޮތީ "ވައިޓް އެލާޓް" ގައި ކަަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެ އަށް މި ވަގުތު "ވައިޓް އެލާޓް" ކަނޑައަޅާފައި އޮތީ ރޯގާ ޖެހިފައިވާ މީހަކު އަދި ނުފެންނާތީ ކަމަށެވެ.

ކޮރޯނާވައިރަހުން ސަމާލުވުމަށް "ވައިޓް އެލާޓް" ގައި ކުރަންޖެހޭ ކަންތައްތަކަކީ ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމާއި ސިއްހީ ކަމާ ބެހޭ ފަރާތްތައް ތަމްރީނުކޮށް، ތައްޔާރީ ހާލަތުގައި ތިބުމާއި ބައްޔާ ގުޅިގެން މީހަކު ކަރަންޓީނު ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރާނެ ތަންތަން ތައްޔާރަށް ބެހެއްޓުމާއި އެކަހެރިކޮށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ފަރުވާ އަށް ބޭނުންވާ ބޭހާއި ރައްކާތެރިކަމުގެ އާލާތްތައް ގެނެސް ރައްކާކުރުމަކީ ވެސް މި ލެވެލްގައި ކުރަންޖެހޭ ކަމެކެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ ހާލަތު "ޔެލޯ އެލާޓް" އަށް ބަދަލުވާނެ އެވެ. އެ ހާލަތުގައި އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެއް ހެލްތު މިނިސްޓްރީއަކުން އަދި ނުދެ އެވެ.

ކޮރޯނާވައިރަހުން ސަމާލުވުމަށް "ވައިޓް އެލާޓް" ގައި ކުރަންޖެހޭ ކަންތައްތަކަކީ ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމާއި ސިއްހީ ކަމާ ބެހޭ ފަރާތްތައް ތަމްރީނުކޮށް، ތައްޔާރީ ހާލަތުގައި ތިބުމާއި ބައްޔާ ގުޅިގެން މީހަކު ކަރަންޓީނު ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރާނެ ތަންތަން ތައްޔާރަށް ބެހެއްޓުމާއި އެކަހެރިކޮށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ފަރުވާ އަށް ބޭނުންވާ ބޭހާއި ރައްކާތެރިކަމުގެ އާލާތްތައް ގެނެސް ރައްކާކުރުމަކީ ވެސް މި ލެވެލްގައި ކުރަންޖެހޭ ކަމެކެވެ.

ތިން ވަނަ ލެވެލް ކަމަށްވާ "އޮރެންޖް އެލާޓް" ނެރޭނީ ރޯގާ އުޅޭ ސަރަހައްދަކަށް ދަތުރު ކޮށްގެން، ރޯގާ ޖެހޭ މީހެއްގެ ފަރާތުން އެހެން ބައެއްގެ ގަޔަށް ރޯގާ އަރާ ހިސާބުންނެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ކަމަށް ނިންމައި "ރެޑް އެލާޓް" ނެރޭނީ އެހެން ގައުމަަކުން ރޯގާ ޖެހުނު މީހަކާ ގުޅުމެއް ނެތް ގޮތެއްގައި ރޯގާ ގައިންގަޔަށް އަރާ ހާލަތުގަ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަަތަމަ ފެނުނު ކޮވިޑް-19 މިހާތަނަށް ޖެހުުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ލައްކަ އަަކާ ގާތްވެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައްް ދައްކާ ގޮތުން، އެ ރޯގާ މިހާތަނަށް 95،000 އަށް ވުރެ ގިނަ މީހުންނަށް ޖެހުނު އިރު އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 މިހާރު ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އީރާން، ދެކުނު ކޮރެއާ އަދި އިޓަލީ ހިމެނެ އެވެ. ރޯގާ ފުރަތަމަ ފެނުނު ޗައިނާގައި އެ ފެތުރޭ މިންވަރު މިހާރު ވަނީ ނިސްބަތުން ދަށަށް ދާން ފަށައިފަ އެވެ.