އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު: ވަކީލުކަމުގެ ހުއްދައަށް ބޭނުންވާ ތަމްރީން އޭޖީ އޮފީހުގައި ހެދޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
ވަކީލުކަމުގެ ހުއްދަ ހޯދުމުގައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް އެޓާނީ ޖެނެރަލްގެ އޮފީހުގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް އެ އޮފީހުން ހަމަޖައްސައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލުން އެކުލަވާލި ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު އޮންނަ ގޮތުން ވަކީލުކަމުގެ ހުއްދަ ދެވޭނީ ބާ ކައުންސިލުން ކަނޑައަޅާ ތަންތަނެއްގައި އެއް އަހަރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެކަމަށް ބާ ކައުންސިލުން ގަބޫލުކުރާ ތަންތަނުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީސް ވެސް ހިމެނެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ޓްވީޓެއްގައިވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީން ޕްރޮގްރާމް އެ އޮފީހުގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ޤާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން މި އޮފީހުގައި ވަނީ ހަމަޖެހިފައި. @MvBarCouncil
— AG Office Maldives (@AGOmv) March 10, 2020
އޭޖީ އޮފީހުން ކުރި ޓްވީޓް
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައިވަނީ ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނާ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަން އެހީވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ އެވެ.
@AGOmv assures full support, facilitation and assistance required by the @MvBarCouncil in achieving the components of the training programme for trainee lawyers, following the enactment of Licensing Rules.
— I.Riffath (@ibriffath) March 10, 2020
އޭޖީ ކުރެއްވި ޓްވީޓް
އެޓާނީ ޖެނެރަލްގެ އޮފީހުން އެގޮތަށް ހަމަޖެއްސިއިރު، ބާ ކައުންސިލުން އިއްޔެ ވަނީ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ކުރިއަށް ވުރެ ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފަ އެވެ. އެގޮތުން ތަމްރީން ޕްރޮގްރާމްގައި އެއްފަހަރާ ސުޕަވައިޒް ކުރެވޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވަހީދު
10 March 2020
ރައްޔިތުން ހަޅޭލަވާގަތީމަ.
ހަނދު
10 March 2020
ގާނޫނީ ފަންނުގެ ބިލަށް އިސްލާހު ގެންނަވާ!އަދިވެސް ގިނަ ގުރެޖުޢޭޓުން ވަނީ ހަދާނެ ގޮތް ނޭނގިފަ!ގިނަގުރެޖުއޭޓުން ކިޔަވާ ނިންމީ ވަރަށް ހާލުގަ އެއީ ލޯނު ނަގައިންނާ ވަޒީފާއަދާކޮށްގެން.އެއީ،މިހާރު ރާއްޖެގެ ލައިފްސްޓައިލް.މިއަށް ރިއާޔަށް ނުކޮށް އަދި ލީގަލް ޕްރެކްޓިސް ކޯހެއްނެތި އެމެރިކާ ފެންވަރަށް ވުރެ މަތި ޓުރެނިން ހަދަން ވަރަށް އުނދަގޫވާނެ!
މާލޭއަލީ
10 March 2020
އޭޖީ އަށް ކިތައް މީހުން ތަމްރީނު ކޮށްދެވިދާނެތޯ؟ ކިޔަވާނިމިފަ އެބަތިބި 300 އާ ގާތްކުރާ އަދަދެއް. ތަމްރީނުހަދަން ދާނެ ތަނެއްނެތި، އިންތިޒާމެއް ނެތި ގާނޫނެއް ފާސްކޮށްގެން ތަންފީޒުކުރަން އުޅުނަކަސް ތަންފީޒެއް ނުކުރެވޭނެ. އިންތިޒާމުތައް ހަމަޖައްސަން ވަގުތާ މީހުންނާ ވަސީލަތްވެސް ބޭނުންވާނެ. އަވަސް އަރުވާލުމުގެ ނަތީޖާ ވަރަށް ހިތި މިހާތަނަށްވެސް.