ކޮވިޑް-19 އަތުވެދާނެތީ ތައްޔާރުވުމުގެ ޑްރިލްއެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ކޮވިޑް-19 އަށް ހޭލުންތެރިކުރަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެސްއެމްއެސް ފޮނުވަން ފަށައިފި އެވެ.
އެ ބަލީގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރާއްޖޭގައި އުޅޭ އެންމެންނަށް އެކަމާ ގުޅޭ މައުލޫމާތު ފޮނުވާނެ ކަމަށެވެ. ބޭނުމަކީ ރާއްޖޭގައި ކޮވިޑް-19 އޮތް ހާލަތު ބަޔާންކޮށް ވާނުވާ އަންގައިދިނުން ކަން ފާހަގަކުރެއްވި އެވެ.
ދިވެހިންނަށް، ދިވެހި ބަހާއި އިނގިރޭސީން އެސްއެމްއެސް ފޮނުވާއިރު، ބަންގްލަދޭޝް މީހުންގެ ފޯނުތަކަށް ފޮނުވަނީ ބަންގްލާ ބަހުންނެވެ. ރާއްޖޭގައި މޮބައިލް ގެންގުޅޭ އެހެން ގައުމުތަކުގެ މީހުންނަށް މެސެޖް ދާނީ އިނގިރޭސި ބަހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
If you develop fever and cough within 14 days after travelling abroad, or after coming in contact with a confirmed or probable case, call HPA @ 1676 and inform, they will assist.
— Saifulla Waseel (@SaifullaWaseel) March 10, 2020
Please DO NOT COME TO ANY OF THE HOSPITALS. This is a precautionary measure to limit the spread.
އެޗްޕީއޭއިން ފޮނުވާ މެސެޖުތަކުގައި، މަބްރޫކު ވިދާޅުވީ، އެންމެ ފުރަތަމަ ބަލާނީ އެ ދުވަހަކު އޮތް ހާލަތު ބަޔާންކޮށްދޭން ކަމަށެވެ. އެއަށް ފަހު ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދޭނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ ބޭނުމަކީ އެންމެން ބައިވެރިވެގެން، އެންމެން ކުރާ ކަމެއްގެ ގޮތުގައި މިކަމާ ދެކޮޅަށް މަސައްކަތްކުރުން،" މަބްރޫކް ވިދާޅުވި އެވެ.
1676، ހަދާންކުަރައްޗޭ...#COVID19 pic.twitter.com/rWMBJnWjl1
— HPA Maldives (@HPA_MV) March 10, 2020
އެޗްޕީއޭއިން ފޮނުވި ފުރަތަމަ މެސެޖުގައި ބުނެފައިވަނީ ކޮވިިޑް-19 އިން ރައްކާތެރިވާން ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮންނަން ނުވަތަ ސެނެޓައިޒާ ބޭނުންކުރުން މުހިއްމު ކަމަށެވެ. އޭގެ ފަހުން ރޭ ފޮނުވި މެސެޖުން ދީފައިވަނީ، އެ ބައްޔަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދާއި ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުންގެ އަދަދެވެ.
މިއަދު މެސެޖު ވެސް ހާއްސަކޮށްފައިވަނީ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށެވެ.
ޗައިނާގައި އުފަންވެ، ދުނިޔޭގެ 119 ގައުމަށް މިހާރު ފެތުރިފައިވާ ވައިރަހުން ރައްކާތެރިވާން އާއްމުން ހޭލުންތެރިކުރަން ޑޮކްޓަރުންނާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ އާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް އެތައް މައުލޫމާތު އަންނަނީ ހިއްސާކުރަމުންނެވެ.
މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުން ޖެހޭ ކޮވިޑް-19 މިހާތަނަށް 118،909 މީހުންނަށް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 65،150 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 4،270 ގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މގރނ
11 March 2020
މިކަންހިލިގެންއުޅޭތާ 4 މަސްވާދަނީ. މިމެސެޖުއައިސް ރައްޔިތުންހޭލުންތެރިކުރެވެންވާނީ، އިއްޔެއަކު މިއަދަކުނޫން. ތި އެޗުޕީއޭއެއްގެ މަސައްކަތް ވަރަށް ދޯހަޅި! މިހާރުމިފެންނަނީ މިނިސްޓަރަށް ފާޑުކިޔޭކަންތައް!
ވޮނަދޫ
11 March 2020
އެޗްޕީއޭއިން އެސްއެމްއެސް ފޮނުވަމުންދަނީ ހިމަބިހި ކްރައިސިސްއިން ފެށިގެން. މިއަދު ފެށުނީ އާންމު މައުލޫމާތުވެސް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން. ވާނުވާ ނޭނގުނަސް ކޮމެންޓު ކުރާތި. ގައުމު ކޮނޑަށްލައިގެން ހަނާވާއިރުވެސް ބައެއް މީހުންނަށް ހީވާކަހަލަ ހެލްތު މިނިސްޓަރު މި ކުރަނީ ޒާތީ މަސައްކަތެކޭ. ގައިމު މި ރާއްޖޭ ތާރީހުގައިވެސް އަދި އެޗްޕީއޭ މިހާ ހޭލާ އޮވެގެން ވަގުތުން ވަގުތަށް މައުލޫމާތު ހިއްސާ ކުރަމުންދިޔަ ދުވަހަކާ ދިމާނުވޭ
ރަބަރު
11 March 2020
މަށަށްވެސް މެސެޖް ލިބޭ މަށަކީ ކުރިންވެސް ސެނެޓައިޒަރ ގެންގުޅޭ މީހަކަށްވާތީ އަތުގައިހުރި އެއްޗެއް މިހާރުހުރީ ގަންނަން ނުލިބޭ މާސްކްވެސް އަތުގަހުރޭ ހުސްވީމަ ނުލިބުނު އެސްޓީއޯ ފާމަސީން ދިނީ 3 އެއިން އެއްދުވަހުވެސްނުވާނެ. މިހެން އުޅެނިކޮށް މިއަދު މާސްކް 100 ލިބިއްޖެ. ވަރަށް އަގުބޮޑުކޮށް ލިބުނީ. އެސްޓީއޯ އިން އެދެވޭގޮތަށް ތިކަން ނުކުރާނަމަ ބްލެކްމާކެޓް އުފެދޭނެ. ބޮޑުންނަށް ބައި އެޅޭނެ. މިވަގުތުވެސް މުއްސަނދިވާން އުޅެނީ ކިހިނެއް ރަގަޅުވާނީ.
ތެއާސާ.
11 March 2020
ބަލަ ކަމުގެ މާހިރުން އެއް ގޮވަނީއެއްނު އަތް ދޮންނަން އެންމެ ރަނގަޅީ ސައިބޯނި ލައިގެންނޭ.. މާސްކުވެސް އަޅަންވާނީ ބަލި މީހުންނާ އެމީހުންގެ އެހީތެރިން އެކަންޏޭ.. އަޑު އަހާބަލަ.
ރާއްޖެ
11 March 2020
އެސްއެމްއެސް ފޮނުވަން އަދި ތަންކޮޅެއް އަވަހެއް ނޫންތަ؟