ވިލިނގިލީގައި މަރުވި މީހެއްގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރަނީ

ގއ. ވިލިނގިލީގައި މަރުވި މީހެއްގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރަން ފަށައިފި އެވެ.


އެނގިފައިވާ ގޮތުގައި ފުލުހުން ތުހުމަތުކުރަނީ 24 އަހަރުގެ އެ ޒުވާނާ މަރުވީ އޯވަޑޯޒްވެގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ ފަތިހު 5:00 އެ އަތޮޅު ހޮސްޕިޓަލަށް ފިރިހެނަކު ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަން ފަށައި އެކަމާ ގުޅުންހުރި މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.