ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ކާރުކޮޅަށް މިއަދު ގެއްލުންދިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލުގައި ހުރި ކަމަށް ބެލެވޭ މީހަކު އުޅަނދުތަކަކަށް ގެއްލުންދޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ފުލުހުން ދިޔައިރު ނައިބު ރައީސްގެ ކާރުކޮގެ ވައިޕަރާއި ނަމްބަރު ބޯޑު ބިންދާލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 20 އަހަރުގެެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅަށް ފެން ޖެހި މައްސަލައެއް ވެސް ފުލުހުން ތަހުގީގުކުރި އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި، އެ ކާރުކޮޅަށް ފެން ދިޔައީ އެ ސަރަހައްދުގެ ގެއެއްގެ ޓެރަސް މަތީގައި ހުރި ގަސްތަކަށް ފެން ދެނިކޮށެވެ.