ގއ. ވިލިނގިލީ: އެ ރަށުގެ ޒުވާނެއްގެ މަރާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވޭ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގއ. ވިލިނގިލީގައި މަރުވި މީހެއްގެ މައްސަލައިގައި ހަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައި އޮތް މީހެއްގެ މައްސަލައިގައި 18-24 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންތަކެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެނގިފައިވާގޮތުގައި ފުލުހުން ތުހުމަތުކުރަނީ 24 އަހަރުގެ މުހައްމަދު މުސްތަފާ (މޯޑު) މަރުވީ އޯވަޑޯޒްވެގެން ކަމަށެވެ.
ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނާތީ މިކަމާ ގުޅިގެން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މޯޑު ރޭ އަތިރިމަތީގައި އުޅުނީ އޭނާގެ ރައްޓެހިންތަކަކާ އެކު އެތަނުން މީހެއްގެ އުފަން ދުވަސް ފާހަގަކުރަން ކަމަށެވެ. އެ އުޅުމުގެ ތެރޭގައި ޕާޓީ ޑްރަގްސް ބޭނުންކޮށް އޭނާ ވެއްޓުމުން ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި އޭނާ ބޭއްވީ ރައްޓެއްސެއްގެ ގޭގައި ކަމަށާއި އޭގެ ފަހުން އެ ގެއިން އޭނާ ހޮސްޕިޓަލަށް ގެންގޮސް ރައްޓެހިން ފިލީކަމަށް، ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވަހީދު
14 March 2020
ބަޔަކު މާލޭގައި ހިންގި ވިޔަފާރީއެއް ފުޅާވެ ރަށްރަށަށް ފެތުރުނީ، ފުރަތަމަ މާލޭން އައްޑޫއަށް އެއަށްފަހު ލާމަށް، ދެން މެދުރާއްޖެތެރެ ފަތަހަ މިކުރަނީ، މަސްވެރިން ވެސް މިދަލުގައި ޖައްސައިގެން އުޅެނީ. ރައްޔިތުން ވަރަށް ވިސްނައިގެން ތިބެންވާނީ.
އަހުމަދުބޭ
13 March 2020
މިއީ ދެން ހާދަހިތާމަވެރި ކަމެކެވެ، ކޮރޯނާ ވައިރަސް އާއެއްވަރަށް މިގައުމުގައި މިޑުރަގު ވައިރަހަށް ރައްޔިތުންގެ ކަންބޮޑުވުން ނުގެންދަނީ އަޅެފަހެކީވެބާވައޭ ހިތައްއަރައެވެ، މިކަން ހައްލުކުރަން ސަރުކާރަށް ޕުރެސަރ ނުކުރަނީ ކީއްވެބާވައޭ ހިތައްއަރައެވެ، މިގައުމުގައި ގުރަގު ވައިރަސް އާ ގޭންގު ވައިރަސްގެ ނުރައްކާ މުސްތަގުބަލްގައި މިގައުމަށް މާބޮޑުވާނެއެވެ، ހެޔޮނުވާނެ މިއެންމެން އައިސޮލޭޓް ކޮއްގެން ރަގަނޅުވޭތޯ ބަލައި ދީބަލާށެވެ.
ހައް ދުންމަތި
13 March 2020
މިދުވަސްކޮޅު ތިޔާ ބޯއެއްޗެތި މަދުކޮށްބަލަ ގައުމުމިވަނީ ބިރުވެރިކަމެއްގައޭ