ރަތަފަންދޫ ބޯޅަދަނޑުގައި ރޯކޮށްލައިފި

ގދ. ރަތަފަންދޫ ބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލައިފި އެވެ.


ފުލުހުން ބުނީ މިރޭ 7:30 ހާއިރު ރަތަފަންދޫ ދަނޑުގައި ރޯކޮށްލިކަމުގެ ރިޕޯޓު ލިބުމުން މިރޭ 8:00 ހާއިރު އަލިފާންގަނޑު ނިވާލާފައި ވަނިކޮށް ދެވަނަ ފަހަރަށް ބަޔަކު އެތަނުގައި ރޯކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ ދަނޑަކީ ގުދުރަތީ ވިނަ ދަނޑަކަށް ވާތީ އެތަނުގަައި ރޯކޮޮށްލާފައިވަނީ ވިނަ ގަސްތަކާއި ކުދި ގަސްތަކުގަ އެވެ. އަދި ދެވަނަ ފަހަރަށް ރޯކޮށްލުމުން ފުލުހުންނާއި ރައްޔިތުން ވަނީ ދެ ގަޑިއެއްހާއިރު ފަހުން ނިއްވާލައިފަ އެވެ.

އަލިފާނުގެ ސަބަބުން މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.