ކަރަންޓީނަށް އެކި ރިސޯޓްތަކުން 2،288 އެނދު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖެހިފައިވާ ކަމާއި އެއީ ޖުމްލަ 2،288 އެނދު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ އިންތިޒާމްތަކެއް ހަމަޖައްސަން އެހީތެރިކަން ފޯރުކޮށްދެއްވި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެއިން ކޮންމެ ކަރަންޓީން ފެސިލިޓީއެއްގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ހުންނަވާނެ އެވެ.

ފޯކަލް ޕޮއިންޓްސް

ބިޔާދޫ އައިލެންޑް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، އަލީ ހާޝިމް، 9555344

ފަން އައިލެންޑް ރިސޯޓް: ސީނިއާ އެގްޒެކްޓިވް ޑިރެކްޓާ، އަލީ ރަޒާން، 9777426

ހޮލިޑޭ އައިލެންޑް: ޑެޕިއުޓީ މިނިސްޓަރު، އަސަދު ރިޒާ، 7779167

ހުޅުލޭ އައިލެންޑް ހޮޓެލްސް: ކަސްޓަމާ ރިލޭޝަން އޮފިސާ، ފާތިމަތު ދިޔާމާ އިބްރާހިމް، 9672767

މަލަހިނި ކުޑަ ބަނޑޮސް: ސީނިއާ ޕޮލިސީ ޑިރެކްޓާ، މުހައްމަދު ހުޝާން، 7684940

އެނބޫދޫ ވިލެޖް: އެންވައިރޮންމެންޓް އޮފިސާ، މިހައްމަދު ސިނާން، 9685119

ވަރު ބައި އެޓްމޮސްފިއާ: ކަސްޓަމާ ރިލޭޝަން އޮފިސާ، ގުސޭ އިބްރާހިމް މުހައްމަދު، 9533394

ވެލިދޫ އައިލެންޑް ރިސޯޓް: ސީނިއާ ޕޮލިސީ ޑިރެކްޓާ، އިބްރާހިމް ފަރުހާދު، 9195719

ދިގިރި ޓޫރިސްޓް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، ތޮއްޔިބު ޝަހީމް، 7864363

ރޯޔަލް އައިލެންޑް: އެސިސްޓެންޓް ޑިރެކްޓާ، އިބްރާހިމް ފިކުރީ، 9997816

މިނިސްޓަރު ކުރެއްވި ޓްވީޓް---

ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހާއްސަކުރީ ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ތިބެން ޖެހޭ ގޮތަށް އެޗްޕީއޭ އިން ނިންމުމުންނެވެ. އޭގެ ކުރިން ދިވެހީން އައިސޮލޭޓް ވަމުން އައީ ގޭގަ އެވެ.

މިހާރު ވެސް އެކި ފެސިލިޓީތަކުގައި 249 މީހަކު ކަރަންޓީން ކޮށްފައި އެބަ ތިއްބެވެ. ރާއްޖޭން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަށް ނުދިނުމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޗްޕީއޭން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.