ޚަބަރު / ރާއްޖެ-މެލޭޝިއާ

މެލޭޝިއާ އިން 200 ދިވެހިން ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ބޯޓެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

08 އެޕްރީލް 2020 - 12:43

26 comments
angry icon 62%

މެލޭޝިއާގައި ނާދެވި ތިބި 200 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ރެސްކިއު ފްލައިޓެއްގައި އެ މީހުން ރާއްޖެ ގެނެސް، ހަމަޖައްސާފައިވާ އުސޫލުން ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ ޓޫރިސްޓު ވިސާގައި އަންނަ މީހުން ފިޔަވައި އެހެން އެންމެން ކަރަންޓީން ކުރާށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މެލޭޝިއާ އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. އަދި މެލޭޝިއާގައި ވެސް، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުން ދާތީ މީހުން ބޭރުގައި އުޅުން ކޮންޓްރޯލްކޮށް ވައިގެ ދަތުރުތައް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ދިވެހިން ބަލައި ދިޔަ މޯލްޑިވިއަންގެ ދަތުރުގައި، އެ އެއާލައިނުން ވަނީ ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ވެސް ގެންގޮސްދީފަ އެވެ. އަދި އެ ގައުމުގައި ތިބި ދިވެހިންނަށް ބޭނުންވާ ބައެއް ތަކެތި ފޮނުވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

މެލޭޝިއާގެ އިތުރުން އިންޑިއާގެ ކޮޗިން އިން 188 މީހުން އަދި ސްރީ ލަންކާ އިން 100 ދިވެހިން ވެސް ރާއްޖެ ގެނެސްފައި ވެ އެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ހުއްދަ ލިބޭ ވަރަކުން އެހެން ގައުމުތަކުން ވެސް ދިވެހިން ގެންނާނެ ކަމަށެވެ.

26 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 5%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

08 April 2020

މެލޭޝިޔާގަ ކޮވިޑް ވ ފެތުރެ އެވެ. ރައްޔިތުން 12 ގަޑިއިރުގެ ކާފިއު އަކަށް ތައްޔާރުވެ ހުންނާށެވެ. ރިސޯޓް ތަކަށް އެއަރޕޯޓުން ގެސްޓުން ބައިވަރު އެބަ އާދެ އެވެ.

The name is already taken The name is available. Register?

ޔަހްޔާ

08 April 2020

ތިޔަބުނި ހުސްގޮޑިއަކީ ނާދެވުނު ރައްޓެހިން.....ދެންވެސް ޖާގަލިބޭނީހަމަ އެމީހުންނަ...

The name is already taken The name is available. Register?

އިންލި

08 April 2020

ތިޔަބޯޓުން ފޭބިމީހުންން ބެލީމަ އެބައިގޭ އެއީކޮންބައެއްކަން....މިައުމުގަ އެކަކުއަނެކާ އަށްނޭގޭމީހަކު ނުހުންނާނެ

The name is already taken The name is available. Register?

ައޮހެއި

08 April 2020

އޯގާތެރި ވެރިކަމުގަތިބި މީހުންގެ އާޢިލާއާއި އެމިހުންގެ ރައްތެހިން ގެނެސްނިމުނީމަ އާދާގެބަޔަކަ ތިއިންޖާގައެއް ލިބޭނީ.....

The name is already taken The name is available. Register?

ޔާގޫތު ފފ

08 April 2020

ހަމަ އެކަނި ސަރުކާރުން ބޭނުންވާ... ޕަވަރ އޮތް މީހުން ގެންނަން ކުރި ކަމެއް

The name is already taken The name is available. Register?

ޥިސްނ8

08 April 2020

ހާލުގައި ޖެހުނު މީހުންނަށް ވުރެ ގިނައީ އިންސްޓަގްރާމް އަށް ދުވާލު ދެދަޅަޔައް ފޮޓޯއަޅާ ޒުވާނުން. ކަނެކްޝަން އޮތީމަ ގެނެވޭނެތާ...

The name is already taken The name is available. Register?

ޙަްްމނަބަބެހަހ

09 April 2020

ވ ރަނގަޅު ވާހަކައެއް. އެއީ އެމީހުން ހާލުގަޖެހޭ ގޮތަކީ. ކަމެއް ވާއިރަށް ދިވެހިން ތިބެނީ ހާލުގަ ޖެހިފައި. އަދިވެސް ގެނޭ އެހެން ޤައުމުތަކުގައި ތިބި ދިވެހިންވެސް، އެމީހުން އަންނަން ބޭނުން ނުވިޔަސް. މިފަހަރު ހުރިހާ ދިވެހިން ގެނެސް މިކަން ހުއްޓާލާނީ. ކޮންމެ ތަނެއްގަ ތިއްބަސް ބުނާ ގޮތަށް ނަހަދަންޏާ މިބަލި ޖެހޭނެ. ގެންނަ މީހެއްގެ ފަރާތުން ބަލި ފެތުރިއްޖެއްޔާ އެމީހަކާ ސަރުކާރު މިކަމުގައި ޒިންމާ ނަގަންޖެހޭނެ.

The name is already taken The name is available. Register?

ބޮޑުމީހާ

08 April 2020

200 މީހުންނަށް އެ ލިބުނީ ދައުލަތުގެ ހަރަދުގައި 14 ދުވަހުގެ ހުރުމާއިކެއުން ރިސޯޓް ފެންވަރުގަ. ބަލި މަޑުކަމެއް ފެތުރިގެން އުޅޭއިރު މެލޭސިޔާގައި އެމީހުން ހާލުގައި ޖެހުނީ ބޯހިޔާވެހިކަން، ކާނެ އެއްޗެއް، ބޭސްފަރުވާ ނުލިބިގެންތޯ ބަލަންޖެހޭ. މެލޭޝިޔާގައި ބޮޑު ޚަރަދުކޮށްފަ އެމްބަސީ ހިންގަނީ މިކަހަލަ ވަގުތުތަކުގައި އެހީވާން.

The name is already taken The name is available. Register?

އޯކޭ

08 April 2020

މީ ވަރައްރަނގަޅު ކޮމެންޓެއް. މެލޭސިޔާ ސިންގަޕޫރުން ބޮޑުހަރަދުކޮށްފަ ގެންނަނޖެހޭ މާގިނަ ބަޔަކުތިބޭނެހެނެއް ހިޔެއްނުވޭ

The name is already taken The name is available. Register?

ޅސޖސހ

09 April 2020

ހާލުގަ ޖެހިގެންނެއް ނޫން. އެހެން މީހުން ހާލުގައި ޖައްސަން އެއަންނަނީ. އެ ޤައުމުންވެސް ބުނާގޮތަށް ހަދަން ބޭނުމެއް ނުވާ ދިވެހިން ނާދެވިގެން މިއުޅެނީ. އޭރަށްތާ ކޮންމެ ދުވަހަކު ހެނދުނު ހެލްމެޓް އަޅައިގެން ހުޅުމާލެއްދާ މަގުމަތީ ބާރުބާރަށް ލަވަ ކިޔަމުން ދެވޭނީ. ގިނައިން ޕާޓީ ކުރެވޭނީ. ވިސްނޭ މީހުން އެބަމަޑުކުރޭ. ބަލި ޖެހިއްޖެއްޔާ މެލޭ މާ ސޭފްވާނެ.

The name is already taken The name is available. Register?

ހަކީމް

08 April 2020

މެލޭޝިއާ އިން 200 " ބޭފުޅުން " ގެނެސްފި. ވަރަށް ބޭއިންސާފުން ކުރި ކަމެއް.

The name is already taken The name is available. Register?

ތސ ގެ ދަށްފުށް

08 April 2020

"އަޅުނގަނޑުމެން ބެލީ ބޮޑަށް މާލެގެކިޔަވާ ކުދީންނާއި އާއިލާތައް ގެނެވޭތޯ.. އަދި މުވައްސަސާތަކުގެ ވެރިންގެ ރިކްއެސްޓްވެސް މީގައި ހިމެނޭ.. ދެން ބާކީ ހުރި ޖާގަ މުސްކުޅިންނާއި އެމްބަސީގެ މުވައްޒަފުންނަށް ދެވޭތޯ ބެލީ.." މިވާހަކަ އެންމެންކާރީގަ ނުދެއްކޭނެ ދޮއްތޯ؟ މީ ވިދާޅުވި ފަރާތުގެ ބަސްފުޅަކީ..

The name is already taken The name is available. Register?

އޯކޭ

08 April 2020

3000 ކުދިންނާ މީހުން ގެންނާނެގޮތެއް ބުނެދީބަލަ، ނުވާނެ އެކަމެއް، އެކަމު އމަބަސީމެދުވެރޮކޮށޤ ހަމަ ރަނގަޅަސް އެހީވެވިދާނެ، އެވަރަށް އެމްބަސީގަ މުވައްޒަފުންވެސްއެބަތިބި

The name is already taken The name is available. Register?

އޯވާބުްކް

08 April 2020

200 މީހުންގެ ބޯޓެއް އެޅިޔަަސް ގެނައީ މަދުން.... ކޮޗިން އިން ގެނެވުނީ 189 މީހުން.. ކީއްވެތަ ފުލް ނުވަނީ.. ބާކީ ސީޓު ފެނިފަ ފުލައިޓަށް އެރިމީހުންވެސް ދެރަވި... އަންންބޭނުން އެހާގިނަބަޔަކު ތިބީމަ... ދެން ފެލަައިޓެއް އޯވާބުކް ކުރަންފެނޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!