ދުބާއީގެ އެކްސްޕޯއަކަށް ދިޔަ މީހުން އެޗްޕީއޭ އިން ހޯދަނީ

މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރަން އެ އެޖެންސީން ރޭ އެދިއްޖެ އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ފެބްރުއަރީ 16-20 އަށް ދުބާއީގައި އޮތް "ގަލްފް އެކްސްޕޯ" އަށް ދިޔަ މީހުން އެ އިދާރާ އަށް އެކަން އަންގަން އެދޭ ކަމަށެވެ. އެކަމަކު އެ މީހުންގެ މައުލޫމާތު ހޯދަނީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ކޭސްތަކާ ގުޅިގެނެއް ނޫނެވެ.

ނަމަވެސް، އެޗްޕީއޭ އިން ބުނާ މުއްދަތުގައި ދުބާއީ އަށް ދިޔަ މީހުންނާ، ރާއްޖެ އިން މިހާތަނަށް ފެނުނު ކޮވިޑް-19ގެ ބައެއް ކޭސްތަކަކާ ގުޅުމެއް އޮތް ކަން ޑރ. އަފްޒަލްގެ ވާހަކަ އިން ދޭހަ ވެ އެވެ.

"... ކޮންމެހެން މިހާރުގައި ހިނގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ތަކެއް ހުންނަ ކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން އެކަން އިތުރަށް ބަލަން އަޅުގަނޑުމެން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

"އޭގެ ހިސްޓްރީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރާ މިންވަރަށް ވުރެ ދިގުވެފައި ހުރުމާއި މި ބަލި ޖެހިފައި، ސިމްޕްޓަމްތައް މައިތިރި ވެފައި އަލުން ސިމްޕްޓަމްތައް ފެށިފައި ވުމާއި މި ކަހަލަ، ތަންކޮޅެއް އާއްމުކޮށް މި ބަލީގައި ފެންނަ ކޯޒް އޮފް އިންފެކްޝަން އަށް ވުރެ ތަފާތު ގޮތްތަކަށް ފެންނާތީ އަޅުގަނޑުމެން ބޮޑަށް ބޭނުން ވަނީ ބަލައިލަން މި ގޮތަށް އިތުރު ބަޔަކު ވެސް އެބަ ތިބި ތޯ،" ޑރ. އަފްޒަލް

ގަލްފް އެކްސްޕޯ އަށް ދިޔަ މީހުން ރިޕޯޓްކުރަން އަންގާ އަސްލު ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ފަހުން ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ، ފެއާ އަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އާ އަލާމާތްތަކެއް ހުރި ކަމަށް ޚަބަރު ލިބިފައިވާ ކަަމަށެވެ. އެގޮތުން އެ މީހުންގެ ބަލީގެ މުއްދަތު އާއްމުކޮށް ބަލާ މިންވަރަށް ވުރެ ދިގު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"އޭގެ ހިސްޓްރީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރާ މިންވަރަށް ވުރެ ދިގުވެފައި ހުރުމާއި މި ބަލި ޖެހިފައި، ސިމްޕްޓަމްތައް މައިތިރި ވެފައި އަލުން ސިމްޕްޓަމްތައް ފެށިފައި ވުމާއި މި ކަހަލަ، ތަންކޮޅެއް އާއްމުކޮށް މި ބަލީގައި ފެންނަ ކޯޒް އޮފް އިންފެކްޝަން އަށް ވުރެ ތަފާތު ގޮތްތަކަށް ފެންނާތީ އަޅުގަނޑުމެން ބޮޑަށް ބޭނުން ވަނީ ބަލައިލަން މި ގޮތަށް އިތުރު ބަޔަކު ވެސް އެބަ ތިބި ތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެެއީ ވަކިވަކިން ހިނގާފައިވާ ކަމެއްތޯ ނުވަތަ އެކްސްޕޯ އަށް ދިޔަ މީހުންނަށް ހާއްސަ ކަންތައްތަކެއްތޯ ބަލަން އެޗްޕީއޭ އިން ބޭނުންވެ އެވެ..

އެކަމަކު އެއީ، ޔޫއޭއީގެ ކޭސްތަކެއް ކަން ނުވަތަ ރާއްޖޭގެ ކޭސްތަކެއް ކަމެއް ނުވަތަ އެހެން ގައުމެއްގެ ކޭސްތަކެއްކަން އޭނާ ސާފުކޮށް ވިދާޅެއް ނުވެ އެވެ.