ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެނީ ރައްޔިތުންގެ މަންފާއަށްޓަކައި: ރައީސް

ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުކޮށްދެނީ ސައްހަަ މައުލޫމާތު ނުލިބޭ ނަމަ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ފަދަ ކާރިސާގެ ހާލަތްތަކުގައި ސައްހަ ނޫން މައުލޫމާތު ފެތުރުމުން ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

"ބިރުވެރިކަމެއް ނެތި މިނިވަންކަމާ އެކު ހިނގާ މީޑިއާއެއް ވަރަށް މުހިންމު. އަޅުގަނޑުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދެނީ މި ސަބަބަށްޓަކައި،" ދުވަހުގެ މުނާސަބަތުގައި ހުރިހާ ނޫސްވެރިންނަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓްގައިވެ އެވެ.

ކުރީގެ ސަރުކާރުގައި ނޫސްވެރިކަމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ އެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ވެއްޓުނެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން މި ހާލަތު ބަދަލު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުގައި މި އަހަރު ރާއްޖެ އަށް ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ.

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލައި މިނިވަން ނޫސްވެރިކަމެއް ކަށަވަރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.