ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރޭ ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގެ ކަންކަން ހިނގާފައިވާ ގޮތާއި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދަމުން ދާ ކަމަށް ބުނާ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19 ފެތުރެން ފެށުމުން، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އިސްކަންދޭ މީހުން ކަނޑައަޅާއިރު ދައުލަތުގެ އިސް ވެރިންގެ ނުފޫޒު ބޭނުންކޮށްގެން އެ ފަރާތްތަކުގެ އާއިލާތަކާއި ރައްޓެހިންނާއި ގުޅުންހުރި މީހުން ގެންނަ ކަމަށް ބުނާ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުމުގެ ސަބަބުން ރާއްްޖެ އަށް ކުރިމަތިވެދާނެ ނުރައްްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ގެންނަން ބޭނުންވާ 200 ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ދެ ކުންފުންޏެއްގެ އިތުރުން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދިވެހި ދެ ކުންފުންޏަކީ މެޑްޓެކާއި ނާޑް ޕްރައިވެޓް ލިމިޓެޑެވެ. ދުބާއީގެ ކުންފުންޏަކީ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އެވެ.
Ventilator gennan havaalukuree ithubaaru huri bayakaa: Ameen
The most trusted news source in the Maldives
Mihaaru
ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ އިތުބާރު ކުރެވޭ ބަޔަކާ ކަމަށް މިނިސްޓަރު ވިދާޅުވުން
އެސްޓީއޯ އިން ވެންޓިލޭޓަަރު ގެެންނަން ހެލްތު މިނިސްޓްރީ އަށް މާ ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް އަމިއްލަ ކުންފުނިތަކަކާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަގުބޮޑުކޮށް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ކުރިން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އިތުބާރު ކުރެވޭ ކުންފުނިތަކަކާ ކަމަށެވެ.
ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ދަންނަވަން އަދި ދަތި ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެކަންކަން ހާމަ ކުރައްވާނެ ކަމަށް ޝިއުނާ ރޭ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ މީގެ ކުރިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ސުނާމީ ކާރިސާ އާއި މިނިވަން 50 ފާހަގަކުރުމުގައި ކަންކަން ހިނގިގޮތަށް ކަންތައްތައް ތަކުރާރުވާން އެ ކޮމިޝަނުން ބޭނުން ނުވާ ކަމަށެވެ. އެ ކޮމިޝަންގެ އިސްނެގުމުގެ މަތިން މައްސަލަތައް ބަލަން ފެށީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގެ ތަޖުރިބާތަކަށް ބަލާފައި ވަރަށް ބޮޑަށް އެބަ ބަލަން ކިހާވަރަކަށްތޯ ނިންމުންތައް ލިޔުމަށް ތިރިކުރެވިފައި ހުންނަނީ. ގަވައިދާ ގާނޫނާ އެއްގޮތަށް ކިހާވަރަކަށްތޯ ކަންތައްތައް ކުރެވިފައި ހުންނަނީ،" ޝިއުނާ ވިދާޅުވި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ބައްދަލުކުރުމުގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަނުން މައުލޫމާތުތަކެއް ބޭނުންވެގެން ހޯދަން އެދިފައިވާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ލޮކްޑައުންއާއެކު ޑޮކިއުމަންޓްތައް ހޯދުމަށާއި ބަޔާންތައް ނެގުމަށް ދަތިތަކާ ކުރިމަތި ވާ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅޭ ގޮތުން، އައިލެންޑް އޭވިއޭޝަން ފިޔަވައި އެހެން ތަންތަނުން ހޯދަން އެދުނު ލިޔެކިޔުންތައް ލިބިފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ އެ ބޭފުޅުން ގަބޫލު ކުރައްވާގޮތުގައި މިހާލަތު އިތުރުވެގެންދާ ނަމަ ހާއްސަ އޮޑިޓެއް ކުރަން ޖެހޭނެ އެވެ. އަދި މިހާލަތު ނިމުމުން ވެސް އެންމެ ފުރަތަމަ ކުރާ ކަމަކަށް ވާންޖެހޭނީ މިކަމުގެ ފުލް އޮޑިޓެއް ކުރުން ކަމަށް އަނޫލާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ފަރުވާ ދޭން ހަދާ ފެސިލިޓީތަކަށާއި ބައްޔާ ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުންގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އުމަރުބެ
04 May 2020
މިހާރު ހުރިހައި ހަރަދެއްކޮށް ނިންމަައިފި، ދެން ތިޔަހެން ބުނެ ބުނެ ހުއްޓައި ހަރަދުކޮށް ނިންމާލާނީ
ކޮވިޑްކުމާރު
04 May 2020
ސެނިޓައިޒަރ ލިޓަރަކަށް 1.8 ޑޮލަރު ބަޔަކު ހުށަހެޅި. ނަމަވެސް އެސްޓީއޯއިން 4.3 ޑޮލަރަށް ދިނީ ދުބާއީގަ ހުންނަ އިންޑިއާ މީހަކަށް. އެސްޓީއޯ އެމްޑީ ހުސެން އަމްރު ގެ ކޮރަޕްޝަނެއް.
މާދުރުތަރި
04 May 2020
ނުބެލޭނެ! ސިޔާސީ ބޮޑުން (މައުމޫނު، ޔާމީން، ނަޝީދު، އިބޫ، ގާސިމް) އެންމެންގެ ރުހުމާއި ސީދާ ހުއްދައާއި އެކު ކަރަޕްޝަން ހިންގަނީ! ބޭރުފުށުން މާ ނިޔަނެތި މާތް ބަޔަކަށް ވެގެން އުޅެނީ! ކޮންމެ ވެރިކަމެއްގައިވެސް ރައީސް އޮފީހުގައި އަދި ސިޔާސީ މަގާމްތަކުގައި ބޮޑުން ބޭނުންވާ ފައިސާ (ކަޅު) ހޯދާނެ މީހުން ތިބޭ މަގާމްތަކުގަ!
އެންދެރި
04 May 2020
ސުނާމީގަ ވެސް ވ ބޮޑެތި ގޯސް ވަނީ ހަދާފަ އެވެ. 15 ދުވަހުން 500 މިލިއަން ހަރަދު ވީމަ އެއީ ބަލަން ޖެހޭ މައްސަލަ އެކެވެ. 1 ހާސް ރުފިޔާ އަށް ލިބޭއެއްޗެއް 5 ހާސް ރުފިޔާ އަށް ގަނެފަ ހުރެދާނެ އެވެ. މައްސަލަ ބެލުމަކުން ގޯހެއް ނެތެވެ. ކުއް ނުކުރާ މީހަކަށް އަދަބެއް ނުލިބޭނެ އެވެ.
ޢަލީ ކަރީމް
04 May 2020
ޥ ރަގަޅު، ކުރިއަށް
ޢިބޫ
04 May 2020
ތި އޭސީސީ އަކަށް އެއްވެސް ކަމެއް ނުވާނެ ހާވަހާވާފަ ބުނާނެ މަށްސަލައެއްނެތޭ. އެމް އެމް ޕީ އާރުސީ މައްސަލައަށް ކިހިނެއްވީ މިހާރު ކޮމިޝަންގެ މެންބަރުން އެތިބެނީ އެ މައްސަލަމަތީ އިށީދެގެން މީހަކު އެމައްސަލަބަލާފާނެތީ. އަދި އަދަށްވެސް ފައިސާގަޖެހުނު މަޖިލިސް މެންބަރުންގެ ނަންތަށްވެސް ހާމަކޮއްލަންނުކެރުނު ބައެއްތީ.
ކިފުރިސާލްރަމަޒް
04 May 2020
ބަލަންޖެހޭ ކިހިނެއްތޯ މަގާމްތަކަށް މީހުން ހަމަޖެއްސީ. ކަންކަންގޯސްވަނީ ނެޕޮޓިޒަމްއާއިވެސް ހެދި. ކޯވިޑް ކޮމެޓީގަ އަލީޝިޔާމް، ހަމީދު، ސަބްރާ، ތޮއްޔިބު، ރުގިއްޔާ. މިއެންމެންނުލާ ހަމަނުވީތަ؟ ހާދަފައިސާއެކޭ އެއްގެޔަކަށް، ގައުމުން، އެކަކު އަޔަންކުރާމީހުން މިއީހުސް. ބައްލަވާމިކަން އަވަހަށް. ގޯހުންގޯހައްމިދަނީ މިހެންވެ.
ހަކީމް
04 May 2020
ވަކި ކަމެއް ނެތް. ވަރަށް މާޔޫސް ވެއްޖެ. ނަޝީދު ގެ ވެރިކަމުގައިވެސް މިހާރު ރިސޯޓް އޯނަރު ރީކޯ މޫސައަށް ތިލަފުށި ހިއްކަން ކުރިޔާލާ އެތަކެއް މިލިޔަން ރުފިޔާއެއްދިން. މައްސަލަ ޖެއްސީމަ ބުނީ ދާށޯ އޭސީސީ އަށް. ވީކަމެއް ހަރާން. އާޙިރުގައި މޫސަ އަކަށް އެކަމެއް ނުވެސްވި އަދި ބަދަލުވެސް ދޭންޖެހުނީ ދައުލަތުން. މިހާރު މުއްސަނދި މަހުޖެނެއް. މީއަދި ކަންހިނގާ ގޮތުގެ ކުޑަ މިސާލެއް. ދީބާޖާ ، ބިގް ، މިހާރު ދެން މިއޮތީ ކޮވިޑް އާއި ޖެހިފަ.
ޟާސް
04 May 2020
ބަލާފަ އެންމެން ސާފް ހުދު ފޮތިކޮޅަކަށް ހަދާލާތި. ނުވަތަ އެތާނގެ ޕިއޯނު ގެންގޮސް ހުރިހާ ކަމެއް އޭނަ ބޮލަށް ކަނޑާލާ ޕީޖީ އަށް މައްސަލަ ފޮނުވާލާތި. ތި އޭސީސީ ތަކާއި އެކު މިޤައުމު އުޅާތާ އެތަށް ޒަމާނެއްވެއްޖެ. ކުއްލިޔަކަށް ލާނެ ގަމީސްގަނޑެއްހާ މިންވަރު ނެތްމީހުން ސަރްކާރަށް ވަނުމާއި އެކު ނުވަތަ ޕާރޓީ ބަދަލް ކުރުމާއި އެކު މަހްޖަނުންނަށްވާއިރް ތި އޭސީސީ އޮންނަނީ އަބަދުވެސް ކޯމާ އެއްގައި.
ފަޔާ
04 May 2020
ރަނގަޅު. ނަޝީދަށް ފުރުސަތު ނުދޭތި އޭސީސީއަށް ނުފޫޒު ފޯރުވަން.