ޚަބަރު / ކޮވިޑް-19

ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް: އައިޖީއެމްްއެޗް

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާ ހުޅުމާލޭގެ ސަހަރާގައި ވަޅުލުމަށްޓަކައި އޭނާގެ ސަންދޯއް ހިފައިގެން ސިފައިންގެ މީހުން ދަނީ.---ފޮޓޯ: އެމްއެންޑީއެފް

ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން އައިޖީއެމްއެޗްގައި މިއަދު މަރުވި ބަންގްލަދޭޝްގެ އުމުރުން 22 އަަހަރުގެ މީހާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަން މާ ގިނަ ވަގުތެއް ނުލިބުނު ކަމަށްް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ސްޕެޝަލިސްޓް ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ބިދޭސީ ފިރިހެންމީހާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސަައްކަތެއް ހޮސްޕިޓަލުން ކުރި ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު ވަރަށް ގިނަ ވަގުތު ފާއިތުވެފައިވާ ކަމަށެވެ. ޑރ. މޫސަ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާގެ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

"އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކަމަކު ސިކުނޑިއަށް ލޭ ފޭބުމުގެ ސަަބަބުން ވަރަށް ބޮޑަށް ވަގުތު ފާއިތުވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލްގައި ހުންނަ ފްލޫ ކްލިނިކަށް ދައްްކަން ގޮސްް ހުއްޓާ އޭނާ އަށް ފިޓްޖެހުމުންނެވެ. އެ މީހާ މަރުވި ސަބަބާ ބެހޭ ގޮތުން އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ މަރުވި މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެހިސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑރ. ފައިޝަމް ވާހަކަ ދައްކަވަނީ.

"ލޭ އަރަން ދިމާވި ސަބަބަށް ވެދާނެ ލޭހޮޅިއެއް ފަޅައިގެން ގޮސްގެން ސިކުނޑި ތެރެއަށް ލޭ އަރައިގެން ގޮސްގައި އޭނާއަށް ވީ އުނދަގޫތައް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.

ފިޓްޖެހުމާއި ހިތް ހުއްޓުން ފަދަ އެހެން ކަންތައްތަކަކީ އޭނާގެ ސިކުނޑިއަށް ވެފައި ހުރި ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވެދާނެ ކަމަށާއި ސިކުނޑިއަށް ލޭ އެރީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ސިކުނޑީގެ ތެރޭގައި ލޭހޮޅިއެއް އުފެދުމުގައި ހުރި އައިބަކަށް ވުން ވެދާނެ. އެހެން ނޫނިިއްޔާ މިސާލަކަށް ފަހަރެއްގައި ވެދާނެ ކޮންމެވެސް ކަހަލަ ކެންސަރެއްގެ އެހެން ނޫނިއްޔާ ޓިއުމަރެއްގެ އަލާމާތެއް ސިކުނޑީގައި ހުރީ ކަމަށް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާ ހުޅުމާލޭގެ ސަހަރާގައި ވަޅުލުމާ ގުޅޭ ކަންތައްތަކުގައި ސިފައިންގެ މީހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

ދެ ޑޮކްޓަރުން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލިބޮޑުވެ، މީހުންގެ ފުރާނަ އަށް ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ ހުރިހާ އެންމެން ވެސް ކޮވިޑް އަށް ޓެސްޓް ކުރުމެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ބަލާ މިންގަނޑަކީ މަރުވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ނަމަ އެއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ރެކޯޑް ކުރުމެވެ. އެގޮތުން ބިދޭސީ މީހާގެ މަރަކީ ރާއްޖޭގައި ކޮވިޑްގެ ދެވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ޑައިރެކްޓް ކޮންޓެކްޓަކާ ގުޅުން ހުރި އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބުނުއިރު ވަނީ މަރުވެފަ އެވެ. އެހެންވެ، ޓެސްޓު ހެދުމާއި އެހެން ބައެއް ކަންކަމުގައި އިހުމާލެއް އުޅޭ ކަމަށް ވާހަކަ ދެއްކެވޭތީ އެކަން ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މިހާތަނަށް 557 މީހުންނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 283 އެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. މިހާތަނަށް 183 ދިވެއްސަކަށް އެ ބަލި ޖެހިފައިވާއިރު އެންމެ ގިނަ މީހުން ފެނުނީ މާލެ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 ޖެހުނީ އިންޑިއާ މީހުންނަށެވެ. އެ ގައުމުގެ 52 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ އެންމެ 18 މީހުންނެވެ. ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.

22 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 93%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިނިވަންއަލީ

05 May 2020

ގައިމީ ދިފާޢީ ބާރުގެ ކައްކާއިންނަކީ އެހެންޤައުމެއްގެ ބަޔަކަށްވީހިނދު ދެންކީއްކުރާ މިނިވަންކަމެއްތޯ ؟ އެއްދުވަހަކު ޒަހަރުލައި ދިފާޢީ ބާރުގެ އެންމެން ބަލިކޮށްލައިފިނަމަ ދެންހަދާނީ ކިހިނެއްތޯ ؟ އަދިވެސް މިނިވަންދުވަސް ފާހަގަކުރާތި! މަރުވިފަރާތަށް ސުވަރުގެ މިންވަރުކުރައްވާށި! އެސޮރު ކުރާނެކަމެއްނެތް..

The name is already taken The name is available. Register?

ހަކީމް

05 May 2020

އަޑުއެހިން މިބަލީގައި ބްލަޑް ކޮލޮޓް ވުމަކީ އާމު ކަމެއް ކަމަށް. ވަރަށް ގިނަ އާޓިކަލް އެބަހުރި މިކަމާބެހޭ ގޮތުން.

The name is already taken The name is available. Register?

ޔާރާ

05 May 2020

ބަލަ މީ ވަރަށް ފުރިހަމަ ސަރުކާރެއް އެއްވެސް ކަމެއްގަ ސުވާލު އުފެދޭނެ ކަމެއް ނޯންނާނެ ސީދާ ސޯލިހު ހިންހުންތެރި ކަމާ ރޭވުންތެރިކަން ހުރިހާ އިދާރާތަކުން ފެންނަމުންދާނި ލިޔާނެ އެއްޗެއް ބުނާނެ އެއްޗެއްނެތް

The name is already taken The name is available. Register?

ގެދާނޯމޮސް

05 May 2020

މީނަ ލައްވާ ބަޔަކު ޖަންގްޝަން ސާފުކުރުމުގައި ސިކުނޑިޔަށް ނުބައި ގޭހެއްގެ އަސަރު ކޮށްގެން މީގެކުރިން އުނދަގޫތަކެއް ކުރިމަތި ވެފައިވޯތޯ މީނަގެ އެކުވެރިން ގެ ކިބައިން ލަފާހޯދާ މިކަން ބެލުން މުހިންމެވެ. ދިވެހިންގެ އިހުމާލުން ގެންގުޅޭ ބިދޭސިންނަށް ލިބޭގެއްލުމުގެ މައްސަލަތަށް ބަލާނެ ކޮމިޝަނެއް ބަނގުލަދޭޝް ހައިކޮމިޝަނުން ހަދަން އެބަޖެހެއެވެ.

The name is already taken The name is available. Register?

ކޮމެންޓޭ1

05 May 2020

ލޭއޮލަވުމަކީ ކޮވިޑްގެ ކޮމޕްލިކޭޝަނެއް ބޮޑަށް ބަލިވާ މީހުންގެ. ޢެހެން މައްސަލަ ހުއްޓަސް މަރުވީ ކޮވިޑްގެ ސަބަބުން އެމއްސަލަތައްބބޮޑުވެގެން. ކޮވިޑުގެ ސަބަބުން ލޭއޮލަވުމުގެ މައްސަލަ ކުޑައީ އޯ ޕޮޒިޓިވް މީހުންގެ

The name is already taken The name is available. Register?

ާއަހުމޭ

05 May 2020

ލޭ އޮލަވީމަ ލޭ ގަނޑުވާނީ. މީނަ ލޭ ދިޔާވެގެން ނިކުތީ. އެހެންވީމަ ނޭނގޭ ވާހަކަ ނުދައްކާ މަޑުން ހުރޭ

The name is already taken The name is available. Register?

ތިޔާ

05 May 2020

ކީއްވެ ހުޅު މާލޭގަ ވަޅުލީ؟

The name is already taken The name is available. Register?

މުރާސިލް

05 May 2020

މިމީހާ ޔަކީ ބަޑޭރި ކޮށީގެ ބަދިގޭ ވޭޓަރެއް ކަަމަށް ވަނީ މީނަލައްވާ އެތާގެ ޖަންގުޝަން ފާއިތުވި 3 ދުވަހު ސާފުކުރުވިކަމށްވަނީ އެޔަކީ މިމީހުންލައްވާ ކުރުވައިގެން ނުވާނެ މަސައްކަތެއް އެޔައްފަހު އޭނަ ބަލިވެގެން ޑރ އަށްދައްކަން ދިަޔއީ

The name is already taken The name is available. Register?

ސސސސ

05 May 2020

"މިސާލަކަށް ސިކުނޑީގެ ތެރޭގައި ލޭހޮޅިއެއް އުފެދުމުގައި ހުރި އައިބަކަށް ވުން ވެދާނެ. އެހެން ނޫނިިއްޔާ މިސާލަކަށް ފަހަރެއްގައި ވެދާނެ ކޮންމެވެސް ކަހަލަ ކެންސަރެއްގެ އެހެން ނޫނިއްޔާ ޓިއުމަރެއްގެ އަލާމާތެއް ސިކުނޑީގައި ހުރީ ކަމަށް ވެސް،" ސީޓީސްކޭން އެއްބަލާފަވެސް "ވެދާނެ" މިކަމުންވެސް އެނގެނީ ދިވެހި ޑރ.ގެ ހާލަތު.މިހާތަނަށް ރާއްޖޭގައި ރަނގަޅު ތިބެނީ ދެތިން ޑރ. މީހިތާމަ ހުރިކަމެށް.މިހާރު ޑރ ކަށްވަނީ ލިބޭ މުސާރައަށް އެދާއިރާގެ ނޮލެޖް ގިނަމީހުނަށް ނޭނގޭ

The name is already taken The name is available. Register?

މުސއްމޢ

05 May 2020

..ޓެސްޓް ނުހަދާ ޔަގީންކަމާއެކު ބުނާކަށް ނޭގޭޏެ...ދިވެހި ފިލްމުތަކުގަ ވާހެން ކަށީގަނޑު ޖައްސާލާފަ ކެންސަރަށް ބޭހެއް ނުދެވޭނެ..ވާނުވާ ނޭގެންޔާ ކަލޭ އަނގަނުތަޅާ މަޑޫންހުރޭ...

The name is already taken The name is available. Register?

ޑޮކްޓަރ2

05 May 2020

ތިޔަ އެއްޗެހި ކިޔަނީ ވަރަށް މޮޅު އަދި ރަނގަޅަށް މަސައްކަތް ކުރާ ޑޮކްޓަރަކާ ދިމާލަށް! ވަގުތު ނެތީމަ އެހާ ގިނަ ޓެސްޓެއް ނުހެދޭނެ (އާދައިގެ ސީޓީ ސްކޭން އަކުން އެއީ އެ ބުނާ ބަލި ތަކުން ކޮން ކަމެއްތޯއެއް ނުބުނެވޭނެ - ސީޓީ އެންޖިއޯ އެއް ބޭނުންވާނީ - މިއީ މީހަކު ފުރާނައަށް ނުރައްކާ ވަގުތެއްގައި ނުހެދިދާނެ އެއްޗެއް). (ފޭކް ޑޮކްޓަރެއް ބުނެފާނެ ސިޓީ ސްކޭން ބަލާފަ ޔަގީނޭ މިއީއޭ ސަބަބަކީ - ދެން ސސސސ ގަބޫލުކުރާނީތަ؟ އެކަމަކު އެއީ ތެދަކަށް ނުވެދާނެ)!

The name is already taken The name is available. Register?

ޑޮކްޓަރ2

05 May 2020

ޝުކުރިއްޔާ މުސއްމޢ.

The name is already taken The name is available. Register?

ރައްޔިތުންގެ އަޑު

05 May 2020

ވަރަށް ވެސް ހިތާމަވެރި ހަބަރެއް. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަަ އަކީ ބިދޭސީންގެ މައްސަލަ. އެކަމަކު މި ކަން ހައްލު ކުރުމުގެ ގާބިލު ކަމެއް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ހުރި ކަމަކަށް ލަފާ ނުކުރެވޭ. ސަރުކާރަށް ދެ އަހަރު ވާން ކައިރި ވާއިރުވެސް ފައްޔާޒު ހަމަ އެހެން ސަޅި އަނގަ ތެޅުމުގައި. އަމަލީ ގޮތުން އެއްވެސް ކަމެއް ހާސިލު ވެފައެއް ނެތް. ދެންވެސް މިކަން ހައްލު ކުރަން މިކަން ކުރެވޭނެ ވަރުގެ ގާބިލު މީހަކަށް މަގާމު ދިނުން މުހިންމު.

The name is already taken The name is available. Register?

falcon_autho

05 May 2020

ޓައިޓޭނިކް ލިބުނު ދުވަހަކުން ނުވަތަ އެއަރފޯސް ވަން ލިބުނު ދުވަހަކުން ފައްޔާޒަށް ގަވާޢިދާ ޚިލާފަށް ރާއްޖޭގައިތިބި ލައްކައެއްހާ ބަންގްލާދޭޝް މީހުން ފޮނުވާލެވޭނީ. އޭނާ ބުންޏެއްނުން އޮޑިއަކަށް ލާފައި ފޮނުވާ ނުލެވޭނެޔޭ. އެހެންވީމާ ދައުލަތުން ރައްޔިތުންގެ ފައިސާއިން އެމީހުން ބަލަހައްޓަން މިޖެހެނީ. މިދައްކަނީ ގަވާޢިދާ ޚިލާފަށް ފާޅުގައި ރާއްޖޭގައި ތިބިމީހުންގެ ވާހަކަ. މީހުން އެކިބޭނުންތަކަށް ގެނެސްފައިވާ ވިއްސަކަހާސް މީހުންގެ ވާހަކައެއް ނޫން.

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

05 May 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454