މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ އަވަހާރަވެއްޖެ

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން މިއަދު އަވަހާރަވެއްޖެ އެވެ.


އަމީނާ 85، އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް ގެކޮޅުގައި ކަމަށް އެނގިފައި ވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީން ދީދީގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އަމީނާ އަވަހާރަވިއިރު، އެ ކަމަނާގެ ހަތަރު ބޭފުޅަކާއި ފިރިކަލުން ދުނިޔޭގައި އެބަހުންނެވި އެވެ. އަމީނާގެ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.