މިނިސްޓަރު ނަހުލާ، ޓްރާންސްޕޯޓުގެ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ބްރީފިންއެއްގައި ބައިވެރިވަޑައިގަންނަވަނީ: މިނިސްޓަރާ އެކު އިތުރު ހަތަރު މީހަކު ރިސޯޓުގައި މަޑުކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި -- ފޮޓޯ: މިހާރު
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވަނީ އޯނަރެއްގެ ހައިސިއްޔަތުން ކަމަށް ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ، މިނިސްޓަރު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވަނީ ރިސޯޓު އޯނަރުންނަށް ރިސޯޓުތަކުގައި ކަރަންޓީން ވެވޭނެ ގޮތަށް ހަމަޖެއްސި އުސޫލުގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޓެގް ޓީމުގެ ހުއްދަ ނަގައިގެން މިނިސްޓަރު ނަހުލާއާ އެކު އިތުރު ހަތަރު މީހަކު އެ ރިސޯޓެއްގައި މަޑުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓުތަކުގެ އޯނަރުން، ރާއްޖެ އިން ބޭރުން ރާއްޖެ އަށް ވަޑައިގެން ރިސޯޓުތަކުގައި ކަރަންޓީން ވެގެން ތިބޭ ގޮތަށް ހެދި އުސޫލުގެ ތެރޭގައި، އެގޮތަށް ދިވެހި ރިސޯޓު އޯނަރުންނަށް ވެސް އެ ބޭފުޅުންގެ ރިސޯޓުތަކުގައި ތިއްބެވިދާނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު މަޑުކުރައްވަނީ ކޮން ރިސޯޓެއްގައި ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. އަދި އެ ރިސޯޓަށް މިނިސްޓަރު ވަޑައިގަތީ ކޮން އިރަކު ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ފަސް ރިސޯޓު ހިންގާ އިރު ތިން ރިސޯޓު ވަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ސަރުކާރަށް ދޫކޮށްފަ އެވެ.
ރިސޯޓްތަކުގައި އެ ގޮތަށް މަޑުކުރައްވާ ނަމަ އަމަލު ކުރަން ޖެހެނީ އެހެން ގައުމުތަކުގެ ރިސޯޓު އޯނަރުން ވެސް އަމަލުކުރާ އުސޫލާ އެއްގޮތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭނީ ކަނޑައަޅާފައިވާ ވަކި އަދަދެއްގެ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސްޓާފުން ވެސް ހަމަ 14 ދުވަހު ކަރަންޓީން ކުރަން ޖެހޭނެ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓު މުވައްޒަފުން، އެ މީހުން މަސައްކަތްކުރާ ރިސޯޓުތަކުން ފޭބުން މަނާކުރުން ހިމެނެ އެވެ. ނަމަވެސް އެކަމަށް ލުއިދީ، އެ ރިސޯޓުގައި ހުރި އެންމެ ފަހު ޓޫރިސްޓު ފުރާތާ 14 ދުވަހު ދުވަސް ފަހުން ރިސޯޓް މުވައްޒަފުން ރަށަަށް ދެވޭނެ ގޮތް ހަމަޖެއްސި އެވެ.
ރާއްޖެއިން މިހާތަނަށް 982 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 46 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީންނެވެ. މިހާތަނަށް ހަތަރު މީހަކު ރާއްޖެ އިން މަރުވެފައިވާ އިރު އޭގެ ތެރޭގައި ބިދޭސީ އަކު ވެސް ހިމެނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ގޮދާ އައިސަ
16 May 2020
ނަހުލާއެއީ ކޮންރިސޯޓެއްގެ އޯނަރެއްތޯ
ބޮޑުވަޒީރު
16 May 2020
ގާނޫނު މިހާރު އޮތްގޮތުން ފިރިމީހާގެ ނަމުގައި މުދަލާ ފައިސާ ހުއްޓަސް ކައިވެނީގެ މުއްދަތުގައި ހޯދާފައިވާ ތަކެތިނަމަ އޭގެ ފުރިހމަ ހިއްސާ އަނބިމީހާ އަށް ލިބޭނެ. އެހެން ގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު. އެހެން ކަމުން މައްބުގެ ގާނޫނީ ތަރުޖަމާ ރަނގަޅު.
ތަރިބަލާ
16 May 2020
ޢެހެންވެތޯ ނަހުލާ އެކު ބޮޑު ޖަމާތެއް ދިޔައީ
ާއުނިމާ
16 May 2020
ކޮންމއ ޤާނަުނަކުން އެއްޗެއް ލިބެން އޮތަސް، ލިބުނީމާ ނޫނީ އޯނަރަކަށް ނުވާނެ، ސަންއައިލެންޑުގެ އޯނަރަކަށް ނުވާނެ ނަހުލާއެއް އަދިއެއް،
ނާހިދު
16 May 2020
މީގަ މައްސަލައަކީ ރިސޯޓްއޯނަރުންނަށް ރިސޯޓަށްދެވޭ ޤަވާޢިދެއްއޮވެފަ ރަށުގަ އަމިއްލަގެއެއް ހުރެފަ އެގެޔަށް ދިއުމުގެ ފުރުސަތު ނިކަމެތި ރައްޔިތުންނަށް ނެތީމަ. ނަހުލާއަކީ ރަގަނޅު މިނިސްޓަރެއްނަމަ މިޙަލަތުގައި ރިސޯަޓަކަށް ނުދިޔައީސް. ނަހުލާ ނޫސަސް މާލޭގައި ރިސޯޓަށް ދެވޭ ފެންވަރުގެ ބައިވަރު މީހުން އެބަތިބި. އެކަމަކުނުދޭ. ތިހެން އުޅެންބޭނުންނަމަ ރައްޔިތުންގެ ފައިސާއިން މުސާރަ ނުނަގާ. އޭރުން އެއްޗެކޭ ނުކީސް.
ހަރީރާ
15 May 2020
ނަހުލާ އަކީ މިނިސްޓަރެއް އެހެންވީމާ އޭނާގެ އެއްވެސް ވިޔަފާރީގެ މަސްލަހަތެއް އެއީ ހުއްދަކަމެއްތަ؟ މަ ހީކުރީ ނުބޭއްވޭކަމަށް. ދެން ފިރިމީހާއާއެކު ދިއުން އަދި އެއީ އެހެން ކަމެއް ނޫންބާ؟
ގާސި މު
15 May 2020
ނަހުލާގެ ނަނބަރު ދީބަލަ!
ގާކޮށި ހުސޭނު
15 May 2020
ކޮވިޑުން ސަލާމަތްވާ ސަރުކާރުގެ ހުރިހާ މިނިސްޓަރުންނާ ރަށްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ފިއްލަވާ ރިސޯޓް ތަކުގަ ﷲ އިރާދަކުރެއްވި މީހަކަށް ބަލި ޖައްސަވާނެ. ނިކަމެތިން ބަލިތަށްތެރޭގަ މަގުމަތި ވެފަ
ބޮޮގުތިލަދުންމަތި
16 May 2020
މީގެ އަދި އެކަކުވެއްޖެ ގެއްލިފަ..ބާރަށުދާއިރާގެ މެމްބަރު އަހުމަދު. މިކަމެއްޖެހުނު ދުވަހުން ފެށިގެން ވީ ދުނިޔެއެއްނޭނގޭ..ދާއިރާ އައް އެންމެ ފަހުން އެހީވެދެއްވީ އިހަވަންދޫ ދާއިރާގެ ދީލަތި މެމްބަރުު ސައްލެ..
ހަސަނު
15 May 2020
ނަހުލާގެ ފިރިމީހާ ގެން ގުޅޭ ރިސޯޓަކީ ނަހުލާގެ ވެސް ރިސޯޓު. އަމިއްލަ މިލްކެއް ނޫނަސް ނަހުލާ ދެ އަފުތާ ހުންނަން އޭނާގެ ފިރިމީހާގެ ރިސޯޓުގަ ހުރުމުގަ ނެތް އެއްވެސް މައްސަލައެއް.. މުހިންމީ ކަރަންޓީނުވުން..
ާއުނިމާ
15 May 2020
އަހަރެން އަމިއްލަ ރަށުގަ އަމިއްލަ ގެދޮރުގަވެސް ހުރުން މައްސަލައެއް ނެތެއްނޫންތޯ، އެކަމަކު ހުއްދަނުލުބިގެން ނުދެވިފައި ކިތައްމީބުންތޯ ތިބީ، ނަހުހާއަށް ދަތުރުކުރެވުނީ އޯނަރުވެގެނޯ އަދި އޯނަރާ އެއްކޮށް ގުރޫޕެއްވެސް ދިޔަޔޯ! ހަމަ މޮޅުމީހުނަށް މޮޅުގޮތް، ނިކަމެތިންނަށް ނިކަމެތިގޮތް
ގެދާނޯމޮސް
15 May 2020
މިމީހުންނާ ބެހޭގޮތުން ތެދު މައުލޫމާތު ލިބޭނީ ފޭސްބުކާއި ވައިބައިންނެވެ. މަބްރޫކް ކައިރީ މިގޮތަށް ބުނާށޭ ބުނީމާ އެއޮތީ އެކަން އޮންނަ ގޮތަށް ބުނެދީފައެވެ.
ހަންޓޯ
15 May 2020
ނަހުލާއަކީ ވިލާ ޗެއާމަން ގާސިމްގެ 100 ޕަސެންޓް ހިއްސާއޮތް އަދި ގާސިމްގެ ހިއްސާގައި އަތްލެވޭ ކަނބަލެއް. ކޮންބޭކާރު ކޮމެންޓްތަކެއް ކުރާކަށް. އެންމެނަށްވެސް އިންގޭންފަދައިން ނަހުލާއަކީ ރިސޯޓް އޯނަރެއް. އަދި ވަޒީރަކަށްވީމަ ހިއްސާ ނެތަސް ނަހުލާގެ ދަރިންނަކީ ރިސޯޓްއޯނަރުން. ވީމާ އެދަރިންގެ މަންމަގެ ހައިސީޔަތުންވެސް ނަހުލާއަށް ރިސޯތަށް ދެވޭނެ. އޯނަރުންގެ އާއިލާއަށް ރިސޯޓަށްދެވޭނެ.
ާއުނިމާ
15 May 2020
އަތްލެވުނަސް އަތްކޭތުނަސް އޯނަރަކަށް ނުވާނެ، އެހެންވީރު ޤާސިމުގެ 4 އަތްބާއި ހުރިާ ކުދިންނާއި، ތިމާގެ މީހުން އޯނަރުގެ ހުއްދާގެ ދަށުން ދަތުރުކޮށް ގައިދުރުކުރަންވީދޯ! ނިކަން ހަމަޖެހޭވަހަކަ ދައްކަބަލަ
އަބޫބަކުރުބެ
15 May 2020
ލޮކްޑައުނަށްފަހު އަދިކިރިޔާ ނަހޫގެ ޚަބަރެއްމިވީ. ލޮކުޑައުނަށްފަހު މިއުޅެނީ އެކަމަނާގެ ފިރިކަލުންގެ ޚަބަރެއްނުވެގެން.
ާއުނިމާ
15 May 2020
ބެޗީއވަހަށް މީހަކަށް ރައްޔިތަކަށް އެއްޗެއް ދޭންޖެހިދާނެކަމަށް