ޚަބަރު / އެޗްއާރުސީއެމް

23 ރަށެއްގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ކޮވިޑް-19 އާ ގުޅޭގޮތުން މިމަހުގެ ކުރީކޮޅު މައުލޫމާތު ހިއްސާކުރި 27 ރަށެއްގެ ތެރެއިން 23 ރަށުގައި އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ނެތް ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، ހެދި ދިރާސާއަށް ފަހު 23 ރަށެއްގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް ކަމަށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ. އެހެންވެ އެއީ ކޮން ރަށްތަކެއް ކަމެއް އަދި އެކަށީގެންވާ މިންވަރަށް ނެތުމޭ ބުނާ ސަބަބެއް ވެސް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރޭނެ ކަމުގެ ބިރު ހީވުމާއެކު ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޕީޕީއީ ފޮނުވައިފަ އެވެ. އެ ކިޓްގެ ތެރޭގައި ހިމެނެނީ ރައްކާތެރިވުމުގެ ގޮތުން ލާ ހެދުމާއި އަޅާ މާސްކްގެ އިތުރުން އަންގި އާއި މޫނު ނިވާ ކުރަން އަޅާ ޝީލްޑެވެ. އޭގެ އިތުރުން ބޮލާއި ފައި ނިވާ ކުރަން ލައްވާ އުރަވެސް ހިމެނެ އެވެ.

"ރަށެއްގެ އާބާދީއަށް ބަލައި ފޮނުވާފައި އެބަހުރި [ޕީޕީއީ]. ދެން ބޮޑެތި ރަށްތަކަށް ލިބޭލެއް ގިނަވާނެ. މި ރަށަށްވެސް ބޭނުންވާ ވަރަށް އެބަހުރި،" ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އުތުރު ރަށެއްގެ ޓާސްކް ފޯހުގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

އެޗްއާރުސީއެމްއިން ބުނީ މައުލޫމާތު ދިން 27 ރަށުގެ ތެރެއިން ހަތް ރަށެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު ނުވަ ރަށެއްގައި ހޯމް އައިސޮލޭޝަންގައި މީހުން ބައިތިއްބާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ވެސް މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ނެތް ކަމަށް ދެ ރަށެއްގެ ކައުންސިލިން ވަނީ ބުނެފަ އެވެ. އަދި މަސް ދުވަހަށް ވާވަރަށް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން ބުނެފައިވާއިރު ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ހަ ރަށަކުން ބުނެފައިވެ އެވެ. ސަރުކާރުން ކަނޑައަޅައިފައިވާ ރޭޓަށް ވުރެ ބައެއް ތަކެތީގެ އަގު ބޮޑު ކަމަށް ދެ ރަށެއްގެ ކައުންސިލުން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ރަށްރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންނަށް ކާބޯތަކެތި ލިބުން ދަތި ކަމަށް ތިން ރަށަކުން މައުލޫމާތު ދިން ކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައިވެ އެވެ.

Covid-19: 88 percent meehunnah kaaboathakethi hoadhan dhathi: HRCM

Covid-19: 88 percent meehunnah kaaboathakethi hoadhan dhathi: HRCM

The most trusted news source in the Maldives

Mihaaru

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކަށް ކާބޯތަކެތި ހޯދަން ދަތި ކަމަށް އެޗްއާރުސީއެމުން ބުނުން

އެ ބަޔާނުގައި ބުނިގޮތުގައި ގިނަ ރަށްރަށުގައި ވަނީ ބޯފެން ރައްކާކޮށްފަ އެވެ. އެކަމަކު ހަތަރު ރަށެއްގައި އެކަށީގެންވާ ވަރަށް ބޯފެން ރައްކާކުރެވިފައި ނެތް ކަމަށާއި ބައެއް ރަށްތަކުގައި މިނެރަލް ވޯޓާގެ އަގު ބޮޑުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޖުމްލަ 334 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް 14 ކައުންސިލަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ކުރިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން 53 ޕަސެންޓް މީހުންގެ ވަޒީފާ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 46 ޕަސެންޓް މީހުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކުގަ އެވެ. އަދި 25 ޕަސެންޓް މީހުން އަމިއްލަ މަސައްކަތެއްގައި އުޅޭއިރު 21 ޕަސެންޓް މީހުންނަކީ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހުންނެވެ.

ގޭގައި ތިބެގެން ތައުލީމް ހާސިލް ކުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގައި ކުދިންނަށް ފުރިހަމައަށް ބައިވެރި ނުވެވޭ ކަމަށް ހަތަރު ރަށަކުން ބުނެފައިވާއިރު ތިން ރަށަކުން ވަނީ އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފަ އެވެ.

އެޗްއާރުސީއެމުން ބުނީ އެ ދިރާސާއިން ފާހަގަވި ކަންކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފައިވާ ކަމަށެވެ.

11 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބޫ

18 May 2020

މިހާރު އެޗް ޕީ އޭ އިން ހަދާގޮތަކީ ޓެސްޓް ކުރުމެއްނެތި މާލޭގަ ބޭރުމީހުން އުޅޭ ހުރިހާތަނެއް މޮނީޓަރިންނަށް ލަނީ ދެން 14 ދުވަސްވަންދެ އެބިލްޑިންގުގަ ތިބިމީހުން ގޭބަންދުވީ. ބޮލުރޮނދިކެޑުނީ

The name is already taken The name is available. Register?

ހިތާމަކުރަން

18 May 2020

ކޮބާ ލަދު... 1 ބިލިއަން ހުސްކުރި އިރު... ފުކެއް ބޮޑު ވަރު ތީ... ގިނަ ރައްޔިތުން ނަކަށް ވާނުވާ ނޭގެ.. މީ ވަރަށް ވާހަކަ.

The name is already taken The name is available. Register?

ގުދާރު

18 May 2020

މިމީހުންވި ކަން ކަމަށް ގޮތް ކިޔަން ތިބެން. އެވެނި އެއްޗެއް ނެތް މިވެނި އެއްޗެއްނެތް. ކަމެއް ކުރަން އަމަލީގޮތުން އުޅޭނެ ކަމެއް ނެތް.

The name is already taken The name is available. Register?

އުލްފާ

18 May 2020

ހުރިހާ ރަށެއްގައި ޕީޕީއާއި ސެނިޓައިޒާ ހުރި. އައްޑޫ ކައުންސިލުންވެސް ނެތޭ ކިޔާ ދޮގު ބަޔާން ނެރުނުތާ އިރުކޮޅެއް ނުވަނީސް އެނގި ހާމަވީ ހޮސްޕިޓަލުގައި އެ ތަކެތި ހުރިކަން. ތި އެޗްއާރްސީއެމް އަކީ ވެސް އެއްވެސް ފާއިދާ ހުރި މަސައްކަތެއް ކުރި ތަނެއް ނޫން. ވެދާނެ މިހާރު ނަޝީދު ހިތްހަމަ ޖައްސައިދޭން ސަރުކާރު ކުށްވެރިކޮށް ނެރޭ ބަޔާނެއް ކަމަށް. އޭރުން މަޖިލީސް މެދުވެރިކޮށް މަގާމުގައި ތިބެވޭނެކަމަށް. ސަހަރޯ.

The name is already taken The name is available. Register?

ތީމް

18 May 2020

އެޗް އާރު ސީ އެމް އާއި ބެހޭ މައްސަލައެއްނޫން

The name is already taken The name is available. Register?

‫އަކުރަމް

18 May 2020

‫ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގަ ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ވަސީލަތްތަކެއް ނެތް. ސެނިޓައިޒާވެސް މަރުކަޒު ބަޖެޓުން ގަންނަމުން އައީ. މިހާރު މީހަކު ސެނިޓައިޒާ ފުޅިއެއް ހަދިޔާކޮށްފި.

The name is already taken The name is available. Register?

ކަކުނިބޯ

18 May 2020

މަޖުލީހުން ވަކިކޮށްފާނެތީވެ ބަޔާނެއްނެރެލީތާއެވެ. ހަ މަ ވަކިކޮށްލާނީ ހެހެހެ މިހާރުން ކޮން ކަރަލެއް ފަޅާކަށް

The name is already taken The name is available. Register?

ދެންހަމަ ވެރީ ސޮރީ

18 May 2020

ބޭރުކޮށްލާތީ ކޮންމެވެސް އެއްޗެކޭ ކިޔާލަނީ ދެއްތޯ؟؟ ދެން ކުރާނެކަމެއްނެތް، އަވަހަށް މޭޒުމަތި ސާފުކުރައްވާފައި ހުރިހާ މެންބަރުން ގެއަށް ވަޑައިގަންނަވާ މިއޮތްފަދަ ރޯދަ މަހު އިތުރުފުޅުތައް ނުހައްދަވައި.

The name is already taken The name is available. Register?

ނިރު

18 May 2020

ނުހުނަންވީ ސަބަބެއް ނުވިސްނޭ 800 މިލިޔަނަށް ވުރެ ގިނަ ލާރި ތަޅާ ބުރުވާލާފި . ނިކަމެތި މީހަކަށް ބައިރުފިޔާ އެއްވެސް ދިއްކޮއްނުލާ

The name is already taken The name is available. Register?

ނަތޫ

18 May 2020

ތަފްސީލުތައް އެހެރީ ރައްޔިތުންނަށް ފެންނަ ގޮތަށް ޝާއިއު ކޮށްފައި. 178 މިލިއަނަކީ ކެޕިޓަލް އިކިއުޕްމެންޓް. 398 މިލިއަން އެއީ ސަޕްލައިސް އާއި އިކުއިޕްމަންޓް. އަދި ގްރާންޓް އެންޑް ކޮންޓްރިބިއުޝަން އެންސްބްސިޑީސްއަށް 110 މިލިއަން.

The name is already taken The name is available. Register?

ރާއްޖެ

18 May 2020

ރައްޔިތުންގެ ލޮލަށް ފެންނަން ހުރީ ވާރޭ ހިޔާ ނުވާ ކަރަންޓީނު ފެސިލިޓީ ތަކާއި މަހުޖަނުންގެ އެދުން ފުއްދަން ރިސޯޓްތަކަށް ކަރަންޓީނު ކުރަން މީހުން ގެންދިޔަތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!