ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ: ޝިފާ

ސައްހަ ލިޔެކިޔުންތައް ނެތި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތެއް ކުރިމަގުގައި އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޝިފާ ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަހު ވެސް މިހާރެކޭ އެއްގޮތަށް ވިޔަފާރިވެރިން ގަވައިދަށް ބޯލަނބާ ނަމަ މުޅި މާލެ އަކީ ރަނގަޅު ތަނެއްގެ ގޮތުގައި ހިންގުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ގަވައިދާ ޚިލާފަށް މާލޭގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ނުދޭނެ ކަމަށް މޭޔަރު ވިދާޅުވިޔަސް މިއީ މިހާތަނަށް އެއްވެސް ބަޔަކަށް ހައްލު ކުރެވިފައިވާ ކަމެއް ނޫނެވެ. ކޮވިޑް-19 އާ ގުޅިގެން މިހާރު ކޮންމެވެސް ވަރަކަށް ބިދޭސީންގެ ކަންކަން ހަމަޔަކަށް އެޅިފައި އޮތަސް ބައެއް ފިހާރަތަކުގެ ސޭޓުންނަށާއި ބައެއް ވިޔަފާރިތައް ލީޑް ކުރުމުގައި އަދިވެސް ތިބީ ބިދޭސީންނެވެ. އެކަމަކު، އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ވަނީ ގަވައިދާ ޚިލާފު ބިދޭސީން އަނބުރާ ފޮނުވައިލުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. ޚާއްސަކޮށް، ރާއްޖޭގައި އެންމެ މައްސަލަ ބޮޑުވެފައިވާ ބަންގްލަދޭޝްގެ މީހުން ގެނައުން އެއް އަހަރަށް ވަނީ މެދުކަނޑާލައިފަ އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ އިލީގަލް ވޯކާސް ނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ކުންފުނިތަކަކަށް ކުރިއަށް އޮތް ތަނުގައި ނޯންނާނެ. އެހެންވީމާ އެކަން ހުރިހާ ބޭފުޅުން ވެސް ވިސްނައި، މިހާރު އަވަހަށް ރަޖިސްޓަރީ ކޮށްފައި ތިބި ބިދޭސީން ހޯދަން މި ބާރު އަަޅަން،" ޝިފާ

މާލޭގައި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅޭ މައްސަލައިގައި ޝިފާ ވަނީ، ކޮވިޑް-19ގެ ބިރުވެރިކަމަށް ފަހު ވެސް ވިޔަފާރިތަކުން ސަމާލުކަން ދީގެން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ބޭނުން ގަވައިދަށް ފައްތައިގެން، ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނުލިބޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ އިލީގަލް ވޯކާސް ނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ކުންފުނިތަކަކަށް ކުރިއަށް އޮތް ތަނުގައި ނޯންނާނެ. އެހެންވީމާ އެކަން ހުރިހާ ބޭފުޅުން ވެސް ވިސްނައި، މިހާރު އަވަހަށް ރަޖިސްޓަރީ ކޮށްފައި ތިބި ބިދޭސީން ހޯދަން މި ބާރު އަަޅަން،" ޝިފާ ވިދާޅުވި އެވެ.

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މީގެ ކުރިން ވެސް އެ މީހުން ރަޖިސްޓަރީކޮށް، އެ މީހުން ގަވައިދަށް ފެއްތުމަށް ސަރުކާރުން ލިސްޓެއް ހެދި އެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ބިދޭސީން އަނބުރައި ފޮނުވައިލުމަށް ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު އަނެއްކާވެސް ތޮއްޖެހިފައި ތިބި ބިދޭސީންގެ ކަންކަން ބަލައި އެފަދަ މީހުންގެ ތެރެއިން ގިނަ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ވެސް 2،000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ވަނީ ގައުމުތަކަށް ފޮނުވާލައިފަ އެވެ. އަދިވެސް ރާއްޖޭގައި ގަވައިދާ ޚިލާފުވެފައިވާ 50،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން އެބަތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.