ވަޒީފާ އަށް ނުކުތުމުގެ ހުއްދަ ލިބޭނީ ޕެންޝަންގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް އެކަނި

މި ދުވަސްވަރު އޮފީސްތަކަށް ނުކުންނަ މުވައްޒަފުން އަމަލުކުރަންޖެހޭ ޚާއްސަ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވައިލާފައި.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވާ މިވަގުތު އެއްވެސް އޮފީހަކަށް ވަޒީފާ އަށް ނުކުމެވޭނީ ޕެންޝަންގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މި ދުވަސްވަރު ވަޒީފާތަކަށް ނުކުންނަ މީހުންނަށް ޚާއްސަ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވައިލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވަޒީފާތަކަށް ދާން ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ކޮށްފައިިވާ މުވައްޒަފުންނަށް ކަމަށެވެ. ޕެންޝަންގައި ރަޖިސްޓަރީ ކޮށްފައިވާ މުވައްޒަފަކު ނެތް ނަމަ، ހުއްދަ ދޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށެވެ.

ޕެންޝަން އޮފީހުން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި، ޕެންޝަން ފަންޑުގައި 154،385 މީހަކު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ވިޔަފާރިތައް ހުޅުވައި މުވައްޒަފުން ވަޒީފާ އަށް ނެރުމަށް ހުއްދަ ދޫކުރުމަށް ނިންމާފައި ވަނީ، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީ ކޮށްފައިވާ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެކަމަކު، ކަސްޓަމަރުންނަށް އެ ވިޔަފާރިއެއް ނުވަތަ އެ އޮފީހެއް ހުޅުވާލައިގެން ނުވާނެ އެވެ.

ބިދޭސީ މުވައްޒަފުން މަސައްކަތަށް ނުކުންނަ ނަމަ އެއީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށް ވާންޖެހެ އެވެ. ހުއްދަ ދޭނީ ރަޖިސްޓަރީ ވެފައިވާ ބިދޭސީންނަށް އެކަނި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ވިސާމް ވިދާޅުވީ، މުވައްޒަފުންނަށް ހުއްދަ ދޫކުރާނީ ވަކި އަދަދެއް ކަނޑައަޅައިގެން ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މަދު ނަމަ ހުއްދަ ދޭނީ ދެ މީހަކަށް ކަމަށާއި 10 އާއި 30 އާ ދެމެދު ނަމަ ފަސް މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަ ނަމަ، އޮފީހަށް ނުކުންނަށް ހުއްދަ ދޫކުރާނީ 20 ޕަސެންޓު މީހުންނަށެވެ. އެއީ ހަ މީހުންނެވެ.

ނަމަވެސް ބައެއް ވިޔަފާރިތަކުގައި އެއް އޮފީހަށް ވުރެ ގިނަ ތަންތަނުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، އެފަދަ ހާލަތްތަކުގައި މުވައްޒަފުންގެ އަދަދު މަދުވާ ނަމަ މިނިސްޓްރީގައި އެދުމުން ހާލަތަށް ބަލައި ހުއްދައިގެ އަދަދު އިތުރުކޮށްދޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

ބިދޭސީ މުވައްޒަފުން މަސައްކަތަށް ނުކުންނަ ނަމަ އެއީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށް ވާންޖެހެ އެވެ. ހުއްދަ ދޭނީ ރަޖިސްޓަރީ ވެފައިވާ ބިދޭސީންނަށް އެކަނި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ވިސާމް ވިދާޅުވީ، މުވައްޒަފުންނަށް ހުއްދަ ދޫކުރާނީ ވަކި އަދަދެއް ކަނޑައަޅައިގެން ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މަދު ނަމަ ހުއްދަ ދޭނީ ދެ މީހަކަށް ކަމަށާއި 10 އާއި 30 އާ ދެމެދު ނަމަ ފަސް މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަ ނަމަ، އޮފީހަށް ނުކުންނަށް ހުއްދަ ދޫކުރާނީ 20 ޕަސެންޓު މީހުންނަށެވެ. އެއީ ހަ މީހުންނެވެ.

ޕެންޝަނާއި އެކްސްޕެޓް ރެގިއުލަރައިޒޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ މުވައްޒަފުންނަށް އެކަނި އޮފީސްތަކަށް ނުކުމެ މަސައްކަތުގައި އުޅެން ހުއްދަ ދޭން ނިންމާފައިވާއިރު، މުވައްޒަފުންގެ ޖުމްލަ އަދަދުގެ ގޮތުގައި ހިމަނާނީ ވެސް ރަޖިސްޓަރީ ކޮށްފައިވާ މުވައްޒަފުން އެކަންޏެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުން ކޮށްފައިވާއިރު، ފިހާރަތަކާއި ކުންފުނިތަކުގެ ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން، އާންމުންނަށް ބޭނުންވާ އެކި ކަންކަމަށް ބޭރަށް ދިއުމުގެ ހުއްދަ ފުލުހުން ދޭއިރު ފިހާރަތަކާއި އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ހުއްދަތައް ދޫކުރަނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަނީ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ މަސައްކަތެވެ.