ދަރުމަވަންތަ ހޮސްޕިޓަލް: ހާލު ބޮޑު 33 މީހަކު ފޮނުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ހާލު ބޮޑު މީހުން އިތުރު ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދަ ކުންފުނިން މިއަަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދަން ދާ އަވަށްޓެރި ގައުމުތަކުގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން މިވަގުތު ފަރުވާ ދެވެން ނެތް ހާލު ބޮޑު 33 މީހަކު ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އާސަންދަ އިން ބުނެފައި ވެ އެވެ.
ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ބޯޑަރުތައް ބަންދުކޮށްފައިވާ މި ހާލަތުގައި ދަތުރުކުރުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށެވެ. އެކަން ފޮރިން މިނިސްޓްރީން ހަމަޖައްސަމުން އަންނަ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ފަރުވާ އަށް ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ބަލި މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ އާއި ސްރީ ލަންކާގެ ސަރުކާރާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.
"އެކަމުގެ މަޝްވަރާތައް ކުރަމުން މިހާރު އަންނަނީ. އަދި ވަކި ގޮތެއް ނުނިންމާ،" މިއުވާން ވިދާޅުވި އެވެ.
އަވައްޓެރި ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތު މިހާރު އެންމެ ގޯހީ އިންޑިއާގަ އެވެ. އެ ގައުމުގެ 250،000 އަށް ވުރެ ބަލި ޖެހިފައިވާއިރު 7،700 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 2،000 އިން ދަށުގަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިދިޔަ ހަފުތާގައި ބޭއްވި މީޑިއާ ބްރީފިންގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ގިނަ ބަޔަކު މިވަގުތު އެބަތިބި ކަމަށެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އޭގެ ތެރެއިން އެންމެ ހާލު ބޮޑު މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މާކުން
11 June 2020
މަޖުލީހުގެ ރުހުން ހޯދަން ޖެހޭނެ
މޫސަ ގޯތި އާދަނު
11 June 2020
ހިތުގެ ބަލި ކެންސަރު އަދި ކިޑްނީ ގެ ނުރައްކާތެރިކަން ދިމާވާ ފަރާތްތަކަށް ދިމާވާ ސިއްހީ ކުއްލި އެހީތެރިކަން ނުލިބޭނެ އުސޫލުން އިއުލާނު ކޮއްފައިވާ ފުރަބަންދު ގެ ހާލަތަކީ ޑަބްލިއުއެޗްއޯގެ މިންގަނޑާ ތައާރަޒްވޭ. ސިއްހީ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބަޔާންކުރާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ބަޔާންކުރާ ކޮމިސަނަރ ޖެނަރަލް ގެ މަގާމަށް ސިވިލް ސާވިސްކޮމިސނުން މީހަކު އައްޔަނު ކޮއްފައި ނުވާ މައްސަލައިގައި ފިޔަވަޅު އަލަންޖެހޭ . ބޮޑު އިހުމާލެއް!
ލުތުފީ
11 June 2020
ބޭސްފަރުވާ އަށްދާންޖެހޭ ޤައުމު މުރަބަންދުގައި ވަނިކޮށް އެގައުމަށް ބޭސްފަރުވާއަށް މީހުންފޮނުވަން އުނަދަގޫވާނެކަން އެގެންވާނެ. ކޮންމެ ގައުމެއްގަވެސް އެގައުމެއްގަ ކަންކުރާނެ އުޞޫލްތަކެއް ކަނޑއަލާފަ އޮންނާނެ. އަހަރެމެން ބޭނުންވާ އިރަށް އެ އުޞޫލްތަށް ބަދަލުކޮށް އެމީހުންގެ ހޮސްޕިޓާތަށް އަހަރެމެނަށް ހުޅުވައެއްނުލާނެ.
ރެނދަން
10 June 2020
މި ސަރުކާރު އައިފަހުން އާސަންދަ އިގެ ހިންގުންވަނީ ބޮންސުންލާފަ. ކަންކަން ނުވާވަރުގެ މީހުން މިވަރުގެ މުހިންމު ކަންކަމާ ހަވާލު ކުރާތީ މައްސަލަޔަކީ... ހުރިހާ ކަމެއް އެނގި މަބޮޑޭވެފަ ތިބޭ މީހުންނާ މިކަހަލަ މުހިންމު ތަންތަން ހިންގަން ހަވާލު ކުރީމަ ވަނީ ހަލާކު. ރައްޔިތުންނަށް ލިބެނީ ގެއްލުމާ ނިކަމެތިކަން. މަގުމަތީ އާ ސޯޝިއަލް މީޑިއާގަ އަދިވެސް ބޭސް ފަރުވާ ހޯދަން ސަލާން ޖަހާ މީހުން ގިނަކަމީ އާސަންދަ ފެއިލް ވެފަ އޮތް ކަމުގެ ނިޝާނެއް.
އިސްލާހު
10 June 2020
ރާްްޖެއިން ބޭރަށް ބޭސް ފަރުވާއައް ދިއުނަކީ ވަރައް ތަކުލީފް. ޢަދި ވަރައް ހިތްދަތި ކަމާއެކު އާއިލާއާ ދުރުގަ އުޅެން ޖެހޭ ކަމެއް. ރާއްޖޭގައޮ ތިބެގެން ފަރުވާ ކުރެވޭނެ ގޮތް ހައްދަވައި ދެއްވާ
ޖީހާޏް
10 June 2020
ފޮރިން މިނިސްޓަރަށް ތިކަން ވާނެބާ؟ އެމްޑީޕީ އެއްވެސް މިނިސްޓަރަކަށް އަދި މިހާ ތަނަށް ދެއްކުނު ނަތީޖާއެއް ނެތް. ފައްޔާޒަކަށް ބިދޭސީންގެ މައްސަލަ ހައްލެއް ނުވި، އަމީރަކަށް ފައިސާގެ ކަންތަކުގައި ވާނުވާ ނޭނގެ، މާރިޔާ ދީދީ ގައުމުގެ ދިފާއީ ބާރު ވިއްކަނީ އިންޑިޔާއަށް، އަސްލަމަކަށް ކޮންސްޓަކްޝަން ސައިޓުތަކުގައި ހިނގާ ކަންތަކެއް ހަމައެއް ނުޖެއްސުނު، އައިޝަތު އަލީއަކަށް ސްކޫލު ކުދިންނަށް ކިޔަވައި ދޭނެ ގޮތެއް ނޭނގުނު. މިއީތޯ ރައްޔިތުންނަށް ހައްގު މިންވަރަކީ؟