ކޮވިޑް-19 އަށް ޓެސްޓްކުރަނީ: އެއްވެސް ތަފާތުކަމެއް ނެތި ފަރުވާދެމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އދ. އިން ބުނި -- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު
ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް ބަޔަކަށް ތަފާތުކުރުމުގެ އުސޫލެއް ރާއްޖެއިން ނުގެންގުޅޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނާ މިޝެލް ބެޝެލާ ވިދާޅުވެއްޖެ އެވެ.
މިޝެލް މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ ނޮން-އެލައިޑް މޫވްމެންޓް (ނާމް) ގެ ޖެނީވާ ޗެޕްޓާގެ ވާޗުއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ތަފާތުކުރުމެއް ނެތި އެންމެންނަށް ހަމަހަމަ ކަމާ އެކު ރާއްޖެއިން އަންނަނީ ފަރުވާ ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި މީހާ ނިސްބަތްވަނީ ކޮން ގައުމަކަށް ކަން ބެލުމެއް ނެތި އެންމެންނަށް ފަރުވާ ދެމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތައް ހިމާޔާތްކުރަން އދ. ގެ ހައި ކޮމިޝަންގެ އޮފީހުން ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރާއްޖެއިން ޖެނީވާ އަށް ކަނޑައަޅާފައިވާ މަންދޫބު ހާލާ ހަމީދު މި ބައްދަލުވުމުގައި ވިދާޅުވި އެވެ.
ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ރާއްޖެއިން 1976 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ބަންގްލަދޭޝްގެ 1046 މީހަކަށް މި ބަލި މިހާތަނަށް ޖެހިފައިވެ އެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1153 މީހަކު ރަނގަޅުވެފައި ވާ އިރު އަށް މީހަކު ވަނީ މަރުވެފަ އެވެ. 813 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބިދޭސީއަކީހިންދީބަހެއް
12 June 2020
ތަފާތު އެބަކުރޭ އަދިވެސް. ބިދޭސީއެއްވިއްޔާ ޕާސްޕޯޓާއި ވިސާ އޮންނަންޖެހޭކަމަށް އެބަބުނޭ، އެމީހުން ވިޔަފާރިިކުރަންވެސް ތަފާތުތަކެއްހުރޭ، މިހުރިހާކަމެއްވެސް ނައްތާލާފަ ބަންގާޅުގަ ހުރެފަ އައިސް ފުންމާލާގޮތަށް ދިވެހިންނާއި އެއްވެސް ތަފާތެއް ހުރެގެންނުވާނެ.
ޓިނު
12 June 2020
ކޮބާތަ އަދުރޭ . މިމ މީހުން މި ދައްކަނީ ރަގަޅު ވާހަކައެއްތަ؟
ސަންޕާޅޯ
12 June 2020
ދިވެހިން ކުޑަ ގޮޅިތަކުގައި ބޮޑު ކުލިދީގެން ތެޅިތެޅި ތިއްބައި ގުޅީފަޅު ހިއްކައި 40،000 އިލީގަލް ބިދޭސީންނަށް އެޕާޓްމަންޓް އެއަޅަނީ. ނޭނގެ ކީއްވެގެން ކަމެއް. ވެދާނެ ބޭރު އެހީ ހޯދަން ކަމަށް ވެސް. ސޫދާނު ރެފިއުޖީން ބައިތިއްބައިގެން މަހަކު 250 ޑޮލަރު މިޞްރު ސަރުކާރަށް އދ އިން ދޭ. ވެދާނެ އެކަހަލަ މަންފާއެއް ހޯދަން ކަމަށް ވެސް.
އަލީ ސޯލިހު
12 June 2020
މި ސަރުކާރަކީ ބަންގާޅީ ސަރުކާރަކަށްވެ ނިމިއްޖެ އެވެ. ވަގަށް އުޅުނަސް ހުއްދަނެތި ކޮވިޑުތެރޭ މަގުމަތީ އުޅުނަސް ގޫރިމަނާ ނުކުރެ އެވެ.. މީދާ ހޮރުހޮރު ކަހަލަ ގެސްޓު ހައުސް ގަވައިދާ ހިލާފަށް ހިންގިއަސް ބަދިގެ އެއްކަހަލަ ހަޑި ތަންތަނުގަ ބަންގާޅިން ރެސްޓޯރަންޓު ހިންގިޔަސް އޯކޭއެވެ، ވަގުވިޔަފާރި ކޮށްގެން ދިވެހިރާއްޖޭން މަހަކު ބަންގާޅަށް ބޭރުކުރާ ޑޮލަރުގެ އަދަދު އިގޭތޯ އެވެ. މިލިޔަނަކަށް ވުރެ ގިނަ ޑޮލަރު އެކަނިވެސް މަހަކު ބަންގާޅަށް ފޮނުވައެވެ.
އިސްމާލް އަލީ
12 June 2020
ދިވެހިންންށް ވުރެ މާ ބޮޑަށް ސަރުކާރން މިހާރު ހަރަދު ކުރަމުން ދަނީ ބަންގާޅިންނަށް. ބޭރު ގައުމުތަކުން ނަގާ ލޯނުވެސް މިހާރު ހަރަދުކުރަނީ ބަންގާޅިންނަށް. އަދި ހާއްސަކޮށް ވަގަށް އެތެރެވެގެން އުޅޭ ބަންގާޅިންނަކީ މި ސަރުކާރަށް ވަރަށް މުހިއްމު ބައެއް. އެމީހުންގެ ތެރެއިން ގައުމަށް އެބުރި ދާން ބޭނުންވާ މީހާ ސަރުކާރުން ޓިކެޓުވެސް މީ ކޮންފަދަ ކަމެއްތޯ... ދިވެހިންނަކަށް މިކަހަލަ ހަރަދުތަކެއް ނުކުރެ އެވެ
ގަބުރުސްތާނު
13 June 2020
އެމީހުން ކޮއްމެ ގޮތަކަށް އަޔަސް އާދެވުނީވެސް ދިވެހިންނާހުރެ. އަޅުންގެ ގޮތުގައި ގުލާނުކޮށްދެނީވެސް ދިވެހީންނަށް. ބަލިމަޑުކަމެއް އާއްމުވީމާ ދެން އެވީ ނުގައިދުން އުޅޭ ބައެކޭ ބުނެ އެއްމެން މަރަން!
ނަސީމާ މުޙައްމަދު
12 June 2020
އެކަމަކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދިވެހިންނާއި މެދު ޢަމަލު ކުރަނީ ވަރަށް އިހާނެތި ގޮތަކަށް. ފަހާ މީހުން ދިވެހި އަންހެނުންނަށް ބަވާފައިވާހަކަ ދެއްކުން ޢާއްމު ކަމެއް، ބިދޭސީ ސޭޓުން ވެސް ވަރަށް ރުންކުރުކޮށް ވާހަކަ ދެއްކުން ޢާއްމު.
ކހޖޖ
13 June 2020
އަޅުގަނޑު ބުނެލަން އޮތީ އެކަން އެގޮތަށް ދިމާވެފަ އޮތީ ދިވވެހިންގެ ސަބަބުންނޭ. އަޅުގަނޑަކީ ދެގައުމުގަ ވެސް އުޅިފަ ހުރި މީހަކަށް ވާތީ ވަރަށް ރީއްޗަށް އެ ތަފާތު އެބަ ފެނޭ. ބަންގްލަދޭޝްގަ އުޅުން އިރު އެގައުމުން ވަރަށް ރަނގަޅު މީހުންނާ ދިމާވެފަ ހުރީ އާންމު ޚިދުމަތް ދޭ ތަންތަނުން. އެއާ ޚިލާފަށް ރާއްޖޭގަ މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ފަރާތުން ބޮޑާކަން ފެންނަނީ. އެހެންވީމަ ބުނެވޭނީ ރާއްޖެއައިސް އެމީހުން ރާއްޖޭގެ އާދަކާދަތައް ދަސްކުރީއޭ
ދިއްދޫ ހަންދަރު ޙަސަނު
12 June 2020
ކޯލިޝަންގެ ހެއު ވެރިކަމުގެ ފޮނި މީރުކަން މުޅި ދުނިޔެއަށް ހާމަވެ މުޅި ދުނިޔޭގެ އުދަރެހުގައި ދިވެހިރާއްޖެ ވިދާ ބަބުޅަން ފަށައިފި 4 ލީޑަރުން ގުޅިގެން ރާއްޖެއަށް ތި ހޯއްދަވައިދެއްވީ ދުނިޔޭގެ ފެންވަރުގެ ތާޖެއް ލީޑަރުންނަށް ޝުކުރު
ކޮންމެ ކަމަކަށް މައު ވައްދާނެ
12 June 2020
ލޮލް. އޮޅުވާލަން ނޫޅޭ. މިކަމުގެ ހަގީގީ މޭސްތެރިންނަކީ ކޮބައިކަން ދިވެހިންނަށް އެނގޭ
ކަކުނިބޯ
12 June 2020
އދ އިން ތިބުނީ ބަރާބަރު ވާހަކައެއް މިތަނުން ތަފާތެއް ނެތި ދެވޭ ހިދުމަތަކީ ތިއީ ގޭތެރެއުންވެސް ގެއިންބޭރުންވެސް ފަހަނާތެރއިން ސާމަޕަލްނަގާ ޓެސްޓްކޮށް ކޮވިޑަށް ޕްސިޓިވްވެއްޖިއްޔާ ހިލޭ ބޭސްފަރުވާ ކިހާ ސަޅި އަދި ގިނައިން ބަލާނެ ބަންގާޅިންނަށް ފަރުވާދެވޭތޯ އެއީ އސްރަށްވެހިންވީމާ ދެން އަނެއްކާ ކޮވިޑްއަށް ނޫން ބަޔަކަށް ފަރުވާ ނުވެސް ދެވެނީ މިޤައުމުގަ އެކަމު ކޮވިޑަކަށް ފަރުވާއެއްނެތް ކިކޭ މިލިޔެވުނީ ފޫނެތް ބާލިދީއަކަށް ފެންފުރަނީއޭތަ
އަޝްރަފެ
12 June 2020
ތަފާތުކުރޭ. ދިވެހިންނަށްވުރެން ބަންގާޅީންނަށް ކަންކަން ރަނގަޅަށް ކޮށްދޭކަމަށްވޭ.
ނަޒްލާއްތަ
12 June 2020
ކުރީގައި ބަންގާޅީން ކިޔަސް މިހާރު ކިޔަނީ ބަންގްލަދޭޝް މީހުން. ސަޅިއެއްނު! ރާއްޖެ ހޮޕް ހޮޕް!
އަހައްމަދޫ
13 June 2020
ބަންގްލަދޭޝް ބެއިފުޅުން. މަބްރޫކޮވެސް ކިޔުއްވަނީ އެހެން