ދިވެހިންނަށް އިސްކަންދޭ ރިސޯޓުތަކަށް ޓެކްސްގެ ލުއި ދޭންްޖެހޭ: އަލީ ވަހީދު

ޓޫރިޒަމް އިންޑަސްޓްރީގައި ދިވެހިންނަަށް އިސްކަަންދޭ ކުންފުނިތަކަށް ޓެކްސްގެ ލުއި ދޭންޖެހޭ ކަމަށްް ގަބޫލު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވެއްގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަލީ ވިދާޅުވީ، 60 ޕަސެންޓަށް ވުރެ އިތުރަށް ދިވެހިން ގެންގުޅޭ ރިސޯޓުތައް ވެސް އެބަހުރި ކަމަށާއި އެފަދަ ފަަރާތްތަކަށް "ހެޔޮ ގޮތް" ވާން ޖެހޭ ކަމަށެވެ. ޓެކްސްގެ ނިޒާމާއި ގާނޫނުތަކުގެ ތެރެއިން އެ އިންތިޒާމު ހަމަޖެހެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭން ނިމޭ އިރު، އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި އަދި ގަބޫލުކުރާ ގޮތުގައި ދިވެހިންނަށް އިސްކަންދޭ ތަންތަނަށް ޓެކްސް އިންސެންޓިވްސް އަންނަން ޖެހޭ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އޯގާތެރިކަމުގެ ސިޔާސަތެވެ. އެހެންވެ، މީހުން އިސްލާހު ވާނީ ހަރުކަށި ފިޔަވަޅު އަަޅައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ ރަނގަޅަށް ކަންތައްތައް ކުރ ފަރާތްތަަކަށް ރަނގަޅު ގޮތްތައް ހަދައިދިނުން ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޮބަހައްޓައިގެން ހަރުކަށި ފިޔަވަޅު އަޅައިގެނެއް ނޫން މީހުން އިސްލާހު ވާންވީ. މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލު އަންނަންވީ ހަމަ ލޯބި ދީގެން،" އަލީ ވިދާޅުވި އެވެ.

ރަނގަޅަށް ކަންތައްތައް ކުރާ ކުންފުުނިތަކަށް ލުއި ލިބޭނެ މަގަށް މަޖިލީހުގެ މެމްބަރުން މަސަައްކަތް ކޮށްދެއްވަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޮބަހައްޓައިގެން ހަރުކަށި ފިޔަވަޅު އަޅައިގެނެއް ނޫން މީހުން އިސްލާހު ވާންވީ. މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލު އަންނަންވީ ހަމަ ލޯބިދީގެން،--- އަލީ ވަހީދު

މީހުން ބިނާކުރަން އެހީވާނެ

ޓޫރިޒަމް އިންޑަަސްޓްރީ އަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސަައްކަތް އެ އިންޑަސްޓްރީގެ ފަރާތްތަކުން ކުރަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކުގައި ވެސް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ. އެކަމަކު، އެގޮތުން ކުރިއަށް ގެންދަން އުޅުނު ބައެއް ޕްރޮގްރާމްތަކަށް ތަރުހީބު ނުލިބުނު ކަމަށް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާ އިން ތަމްރީނު ހަދަން މީހުން ޝައުގުވެރިކުވުމަށްޓަކައި މީހުންނަށް ތަފާތު އެހީތެރިކަން ދިނުމަކީ ވިސްނުމެކެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ ތަމްރީނު ނިމުމާ އެކު، ވަޒީފާ ލިބޭނެ ކަމުގެ ކަށަވަރުކަން މިހާރު ވެސް މިނިސްޓްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޭތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ހަޔާ އެޑިއުކޭޝަނުން ދެކުނު ސަރަހައްދެއްގައި އިއުލާނު ކުރި ޕްރޮގްރާމަށް ހަމަ އެކަށީގެންވާ ތަރުހީބެއް ނުލިބިގެން އެ ޕްރޮގްރާމް ކުރިއަށް ނުދިޔައީ. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑުމެންނާ ބައްދަލުކުރީމާ އަޅުގަނޑުމެން މި ވިސްނަނީ ސްޓައިޕެންޑެން ދީގެން، ކިޔަވަން ދާ ކުއްޖާ އަށް އެއްޗެއް ދީގެން ވެސް ކިޔެވޭނެ މަގު ފަހިކުރަން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު އޮތް ގޮތް ބަލަން ސަރުކާރުން ވަނީ މިދިޔަ އަހަރު ހާއްސަ ސާވޭ އެއް ކޮށްފަ އެވެ. އެ ސާވޭ އިން އެނގިފައިވާ ގޮތުގައި ވަޒީފާއި ދިވެހިންނާއި ބޭރު މީހުންގެ ނިސްބަތް ހުންނަން ޖެހޭ މިންގަނޑުގައި ނެތް ގިނަ ރިސޯޓްތަކެއް ފާހަގަ ކުރެވުނެވެ. އެ ކަންތައްތައް އިސްލާހު ކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް އަންގައިފަ އެވެ.