ޚަބަރު / ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ސަރުކާރުން އިލްތިމާސްކޮށްފި

ރާއްޖޭގެ ރިސޯޓެއް. ރިސޯޓްތައް އަލުން ހުޅުވާއިރު ކުރީގެ މުވައްޒަފުން އަލުން ނަގަން ސަރުކާރުން އިލްތިމާސްކުރޭ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަންދު ކޮށްފައިވާ، ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލައި، ރިސޯޓުތައް އަލުން ހިންގަން ފަށާއިރު، އިގްތިސާދީ ދަތިކަމާ ގުޅިގެން އެ ތަންތަނުން ވަކިކޮށްފައިވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ރޭ އިލްތިމާސްްކޮށްފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް އިސްކަންދިނުމުގެ އިލްތިމާސް ރިސޯޓުތަކަށް ފޮނުވީ "ނިއު ނޯމަލް" ގައި އެ ތަންތަން ހިންގުމުގެ ގައިޑްލައިނާ އެކު ކަމަށެވެ. އެ އިލްތިމާސާ އެކު، ރިސޯޓުތަކުން އަމަލުކުރާ ގޮތް ސަރުކާރުން ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމަށް ރިސޯޓުތަކުން އެދެން ޖެހޭ ހާލަތްތައް ވެސް އަންނާނެ ކަމަށާއި އެ މުވައްޒަފުންނާ މެދު އަމަލުކޮށްފައިވާ ގޮތް އެފަދަ ހާލަތްތަކުގައި ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓްރީގެ އެހީތެރިކަަމަށް ރިސޯޓުތަކުން އެދެން ޖެހޭނެ ހާލަތެއްގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކުލި ނުދެއްކި ލަސްވާ ހާލަތެވެ.

ރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.

"ޓޫރިޒަމް މިނިސްޓްރީގެ ކައިރިއަށް ވެސް ހަމަ ރިސޯޓުތަކުން ވެސް އަންނަން ޖެހޭނެ ބައެެއް ފަހަރު ރެންޓް ނުދެއްކިގެން، ލަސްވެގެން އެހީތެރިކަމަަށް އެދި. އަޅުގަނޑުމެން މި ކަންކަމުގައި [މުވައްޒަފުންގެ ކަންތައްތަކުގައި] އަމަލުކުރި ގޮތް ބަލާނަން. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ރައްޔިތުންގެ ސަރުކާރެއް. އެހެންވީމާ ރައްޔިތުންނަށް އަމަލުކުރާ ގޮތަކަށް ،ރައްޔިތުންގެ ސަރުކާރަކުން އެ ފަރާތަކާ ދޭތެރޭ ވެސް އަމަލުކުރާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް މުވައްޒަފުންގެ މައްސަލައިގައި ވިސްނަވަނީ ރަނގަޅަށް ކަމަށާއި އެކަމުގެ ހައްލު އޮތީ މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮވިޑުން އަރައިގަތުމަށްޓަކައި އެ ތިން ފަރާތް ބައިވެރިވާ މަޝްވަރާ އަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"ރިސޯޓުގައި މަސައްކަތްކުރި މުވައްޒަފަކާ ދޭތެރޭ ގޯސްކޮށް އަމަލުކުރި ރިސޯޓަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ދުވަހަކު ވެސް ކާމިޔާބީއެއް ލިބޭނެ ހެނެއް. ފަތުރުވެރިން ވެސް ބަލާނެ އެ ރިސޯޓެއްގައި މަސައްކަތްކުރި މީހުންނާ ދޭތެރޭގައި އަމަލުކުރީ ކިހިނެތްތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުންނާ މެދު ގާނޫނާ ހިލާފަށް ކުރާ ކަންތައްތައް ބެލުމުގެ މެންޑޭޓް އޮތީ ލޭބާ ޓްރައިބިއުނަލަށެވެ. އެހެންވީމާ ރިސޯޓަކާ މެދު ފިޔަވަޅު އެޅޭނީ އެ އިދާރާ އިން ނިމިގެން ކަމަށާއި އެގޮތަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ކަން ކުރަން ތައްޔާރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

10 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

25 June 2020

ކުދިންނޭ މި ސަރުކާރުން ޖަހާ މަޅިއެއް. ރިސޯޓުން ކަޑައިލިނަމަ އަބުރާ ނުދާތި. މިހާރު ރާއްޖޭގެ ގިނަ ޒުވާނުން މަސްވެރިކަމާއި ދަޑުވެރިކަންކޮށް އަމިއްލަ ފައިމައްޗަށް ތެދު ވެވޭތޯ ބަލަނީ. ރިޒުގަކީ މަސައްކަތްކުރާ މީހާގެ ހައްގެއް.

The name is already taken The name is available. Register?

ނަންނެއް

25 June 2020

ކޮބާތަ ވަން އެންއޮންލީ ކަނޑާލި ކުދިންކޮލު. އެކުދިން ނަށް ހާދަދެރަގޮތެކޭ ޢެހެދީ. ޢެކަންބަލާނި ބައެއް ނެއްތަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 June 2020

އެމީހުންގެ މުޅި ހަޔާތް ތިޔަބުނާ ރިސޯޓް ތަކުގެ ވެރިންނަށް ހިދުމަތް ކުރުމުގައި ހޭދަކުރި މުވައްޒަފުން އެންމެ ހާލުގައިޖެހުނު ވަގުތު އެމީހުން ވަޒީފާއިން ވަކިކޮށް އެއްލާލި ނުބައި ޖާހިލު ބަޔަކު އަލުން ވަޒީފާ ދިން ކަމުގައިވިޔަސް އެއީ "ސައިބޯނި ބޮއްކެއްފަދަ ހިދުކޮޅެއްގެ ކަމެއް" ކަން ޔަޤީން. # ރިސޯޓް ތައް ދޫކޮށް ރަށަށް ދިޔަމީހުން ބަލާންވީ ރަށުގައި ހުރެގެން އާމްދަނީއެއް ލިބޭނެ ކޮންމެވެސް ކަމެއްކޮށްގެން އާއިލާއާއި އެކުގައި ރަށުގައި އުޅެވޭނެ ގޮތެއްއޮތްތޯ.

The name is already taken The name is available. Register?

ލާދީނީ ފިކުރު

25 June 2020

މި ސަރުކަާރައް އެއްކަމެއްވެސް ނުވަާނެ.. މުޅި ދައުލަތް ލޫޓްވާލައިފި..

The name is already taken The name is available. Register?

ޢެޑްމުންޑޯ

25 June 2020

ތި އިލްތިމާސް ބަލައިގަންނަނީ ކޮންބައެއް ، ބޫން ބޫން ބޫން

The name is already taken The name is available. Register?

1828

25 June 2020

ރިސޯޓްތަކަކާއި ސަރުކާރަކަށް ނުކުޅެވޭނެ. އެކަމަކު ރިސޯޓްތަކުން ސަރުކާރާއި ބޭނުން ގޮތަކަށް ކުޅޭނެ. އަލީވަހީދުމެން ޖެހޭނީ ހަމަ ބަލަން ތިބެން. އެއްކަމެއްވެސް ނުކުރެވޭނެ.

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

25 June 2020

ރާއްޖޭގެ ހުރިހާ ރިސޯޓްތައް ބަންދުކޮށް މުވައްޒަފުން ފޮނުވާލި އިރު ކޮންމެ ރިސޯޓެއްގަވެސް މަދު ބަޔަކު ބޭތިއްބި. އެކަމަކު ހުރިހާ ރިސޯޓްތަކުންވެސް ބޭތިއްބީ ބިދޭސީން. މިކަން ނުބެލިގެން އުޅެނީ ނޭގީތީއެއް ނޫން. ނުބެލިގެން އުޅެނީ ރިސޯޓްތަކުން ފޮނުވާ ސިޓީތަކުގެ ޖަވާބު ހިފައިގެން ޚުދު މިނިސްޓަރު އަމިއްލަފުޅަށް ރިސޯޓްތަކަށް ކޮމްޕްލިމެންޓަރީގަ އަންހެން ކުދިންނާއި އެކު ގޮސް އުޅޭތީ. އިނގޭތީ މި ބުނީ. ލޮލުންފެނި އަތުން ހިފޭތީ މިބުނީ.

The name is already taken The name is available. Register?

އިޔެ1

25 June 2020

ގާނޫނާއި ހިލާފައް މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކުރީމަވެސް ބުރަކަށީގައި ފިރުމާފައި ލޯބިން ބުނެލަނީ. ބަލަގަ ބަޔެއްގެ ހަލާލު ރިޒުޤެއް ގާނޫނާއި ހިލާފަށް ނިގުޅައިގަތީމަ ފިޔަވަޅު އަޅާބަލަ.

The name is already taken The name is available. Register?

މޯޑް

25 June 2020

މުންސަދި މަހުޖަނުން ސަރުކާރުން ގޮވަ ގޮވަ އޮށްވަ އެއްނު ވަޒީފާއިން ދިވެހިން ކެޑީވެސް އެއްވެސް ރަހުމެއްނެތި. ދެން އަބުރާ ހިލާ ވަޒީފާ ދޭނެތަ

The name is already taken The name is available. Register?

ޙަލީފާ

25 June 2020

އެ ހުރިހާ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ނުކޮށްދޭހާ ހިނދަކު، އެއިން އެއްވެސް ރިސޯޓެއް ހުޅުވަަން ހުއްދަ ނުދީބަލަ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454