ޚަބަރު / ރައީސް އޮފީސް

އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!

ސަރުކާރު މުވައްޒަފުންތަކެއް ވެލާނާ އޮފީސް ބިލްޑިންގުގެ ބޭރުގައި: މާދަމާ އޮފީސްތައް ހުޅުވާނެ -- މިހާރު ފައިލް ފޮޓޯ

30 ޖޫން 2020

20 comments
angry icon 79%

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ހުޅުވަން ނިންމި އިރު، އޮފީހަށް ދާން ޖެހޭ ގަޑި އާއި އޮފީސް ހުޅުވާފައި ބަހައްޓާ ވަގުތާ ބެހޭ އަދި ގޮތެއް ނުނިންމަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މަޝްވަރާތައް އަދި ދަނީ ކުރިއަށެވެ.

އެނގިފައިވާ ގޮތުގައި އޮފީސްތައް ހުޅުވަން ނިންމިއަސް އާންމު ހާލަތުގައި އޮފީސްތައް ހުޅުވާ ގޮތާއި މާދަމާ އިން ފެށިގެން އޮފީސްތައް ހުޅުވާ ގޮތާއި އޮފީހަށް ދާން ޖެހޭ ގަޑި ތަފާތުވުން ވަރަށް ކައިރި އެވެ.

އާންމު ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 ން މެންދުރު 2 ޖަހަންދެނެވެ.

ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާއިރު، ބައެއް މުވައްޒަފުން އަދިވެސް ތިބީ ރަށްރަށުގައި ތާށިވެފަ އެވެ. އެ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ވެސް އަދި ސާފެއް ނޫނެވެ. މީގެ އިތުރުން ކައުންޓަރުތަކުން އާންމުންނަށް ޚިދުމަތް ދޭން ފަށާ ނަމަ، ރައްކާތެރިކަމާ އެކު އެ ކަން ކުރުމަށް ތައްޔާރު ވެފައިވާ މިންވަރެއް ވެސް ނޭނގެ އެވެ.

އޮފީސްތައް އަލުން ހުޅުވާއިރު، އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް މީގެ މަހެއްހާ ދުވަސް ކުރިން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނެރެފަ އެވެ. އޭގައި ބުނެފައިވާ ގޮތުން، އޮފީހުގެ މަސައްކަތްތައް ކުރާނެ ގޮތްތައް ނިންމާނީ އެ އޮފީހަކުންނެވެ. ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރާ އޮފީހެއް ނަމަ އޮފީހަށް ނުކުންނާނެ މުވައްޒަފުން ކަނޑައަޅައި، މަސައްކަތް ކުރާނެ ވަގުތުތަކެއް ވެސް ކަނޑައަޅާނީ ގައިޑްލައިންގައިވާ ގޮތުން އެ އޮފީހަކުންނެވެ. މުވައްޒަފުން މަސައްކަތް ކުރާ އިރު ތިންފޫޓުގެ ދުރުމިން ހުންނާނެ ގޮތަކަށް ކަންކަން ރޭވުމާއި އެ އޮފީސްތައް ޑިސް އިންފެކްޓް ކުރުން ވެސް ކުރިއަށް ގެންދާނީ އެ އޮފީހަކުން ކަމަށް އޭގައި ވެ އެވެ.

އެކަމަކު މާދަމާ އަލުން އޮފީސްތައް ހުޅުވާއިރު އޮފީސްތައް ޑިސްއިންފެކްޓް ކުރި ކަމެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި ބޮޑެތި އޮފީސްތައް ހުރި އިމާރާތްތައް އަދި ޑިސްއިންފެކްޓްކޮށްފައެއް ނުވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރިން ނެރެފައިވާ ގައިޑްލައިނުގައި، އާންމުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ދިނުމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވަނީ މާޗް 12 ގައި، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމާ އެކު އެވެ.

20 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 4%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޓެވަރ

30 June 2020

ކޮންމެ ގަޑިއަކަށް އޮފީސްތައް ހުޅުވިއަސް މަގުމަތި ތޮއްނުޖެހޭ ގޮތަށް ބަހައިގެން އޮފީސްތައް ހުޅުވާތި. ނޫނީ ބަހައިގެން އެކި ގަޑިއަށް މީހުން ނެރޭތި.

The name is already taken The name is available. Register?

ރާއިދު

30 June 2020

އޮފީސްތަކުގައި އަމަލު ކުރާނެ ގައިޑްލައިން ސިވިލް ސަރވިސް އިން ނެރެފިއެވެ. އޭގައި ވަނީ އޮފީސްތަކުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅާނީ އެއޮފީހަކުން ކަމަށެވެ. އެހެންވީމ ސިވިލް ސަރވިސް އިން އެނެރުނީ ހަމަ ވަރުގަދަ ގައިޑްލައިނެކެވެ.

The name is already taken The name is available. Register?

2122

30 June 2020

ކޮބާ މަޖިލިސްކުރާ ގެއިން މިކަމަށް ހުކުމެއް ނެރެންވީނު.

The name is already taken The name is available. Register?

ރާއްޖެ

30 June 2020

ސަޕްރައިޒް ވާ ވަރަށް ރެޑީ ވުން.

The name is already taken The name is available. Register?

ޏަމްޏަ.

30 June 2020

ޓުވިޓަރ އިން ގައުމު ހިންގާ މީހުންނަށް އެހެން ކަންކަން ކުރާކަށް ވަގުތެއް ނޯވޭ

The name is already taken The name is available. Register?

ތަފާތު

30 June 2020

ރާއްޖޭގައި ވެރިކަން ކުރަނީ ކިތައް ސަރުކާރުތަ؟؟އެކި މުއައްސާ އެކިގޮތައް..މުޅިގައުމު ހުންގާނުނެތް އޮޑިއަކަށް ވެއްޖެ .ދެވޭ ދިމާލެއް މިސްރާބެއް ނޭންގޭ..މިނިސްޓްރީތަކުން ގޮތެއް ސަރުކާރުން އެހެންގޮތެއް މަޖިލީހުން އެހެން ގޮތެއް..

The name is already taken The name is available. Register?

ޕޫބެއަރ

30 June 2020

ހެލްތުން މި ޕްލޭން އެކުލަވާލިތާ ދުވަސް ގަމޑެއް ވެއްޖެ. ދެން ތިބި މީހުންނަށް މިކަން ކޮށްނުލެވުނު ދޯ. މި އެމްޑީޕީ އަކީ ހަމަ މެޑަލް ޖަހަން ތިބޭ ބައެއް. ދެން ކަން ކުރާ މީހުންނަށް ބެވުމާ ޖެއްސުން ކުރުން ކަމަކީ

The name is already taken The name is available. Register?

ބުރޯފުޅުގެ

30 June 2020

މިރޭ ބާރަޖެހީމަ ޓުވީޓްކުރަން މަޑުކޮށްލިނަމަ

The name is already taken The name is available. Register?

ގުޑިއަރުވާ އަހަންމަދު

30 June 2020

ކީއްކުރާނީ.. މިހާ ކުއްލިގޮތަކަށް އޮފީސްތައް ހުޅުވަން ޖެހުނީމާ އެގޮތަށް ނިންމަން ވަގުތު ކޮޅެއް ބޭނުންވާނެ!

The name is already taken The name is available. Register?

ގަޓް ބްރޯ

30 June 2020

މިހާރު މި އެނގުނީ އެންއީއޯސީއޭ ކިޔައިގެން މެޑަލް ޖަހަން މިތިބީ ހެލްތު މިނިސްޓްރީއިން ކުރި މަސައްކަތުންކަން. ގައިމު އެ މިނިސްޓްރީއިން އެބައޮތް 3 ފޭސްއަކަށް ބަހާލައިގެން ލުއިތަކެއް ދޭން ނިންމާ އިއުލާންކޮށްފައި 18 މެއި ގައި. ކީއްވެތޯ އެހެން ވުޒާރާތަކަށް މި ޕްލޭނާ އެއްގޮތަށް ދުރާލާ ތައްޔާރު ނުވެވުނީ؟ ދެންވެސް ތަން ތަން ހިނގަން ބޭނުންނަމަ ނަތީޖާ ނެރޭ މީހުންނާ ހަވާލުކޮށްބަލަ

The name is already taken The name is available. Register?

ޓަކިބެ

30 June 2020

ކޯޑިނޭޓަރުން ގެ ފެންވަރެއް ނެތީމަ އެހެން މީހުން ބޭނުންކުރާ ނަމުގަ ކޮމެންޓެއް ކޮށްލަން މިކެރެނީވެސް. ތީތި ކަޑައޭ ބްރޯ!!

The name is already taken The name is available. Register?

މިނިސްޓްރީ އޮފް ޖުހާ

30 June 2020

ޓަކިބެއަކީ ކޮމެންޓުކުރާ ކޯޑިނޭޓަރެއްތޯ އެހެން މީހުންނަށް ކޯޑިނޭޓަރަށް ގޮވަނީ؟ އެހެންވެސް ވެދާނެ ޕީޕީ ޕާޓީ ވެރިކަމުގައި އޮތް އިރު ކޯޑިނޭޓަރުންނާއި މަޖިލީސް މެންބަރުން ތިބީ ސަނާ ކިޔަންށާ ޗޮކުލެޓް ޕާރުސަލް ކުރަން ވިއްޔާ.. ހައްހައްހާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!